Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ އަރަބިއްޔާ

ސައުދީ އަރަމްކޯގެ ފައިދާ 25 އިންސައްތަ އިތުރުވެއްޖެ

މިއީ އިޤްތިޞާދީ މާހިރުން ލަފާ ކުރި މިންވަރަށް ވުރެ ބޮޑު ކުރިއެރުމެއް. އެލްއެސްއީޖީގެ ކޮންސެންސަން އަންދާޒާ ތަކުން ކުރިން ލަފާ ކޮށްފައި އޮތީ އަރަމްކޯ އަށް ފުރަތަމަ ކުއާޓަރުގައި ލިބޭނީ 30.95 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މެއި 2026 | އާދީއްތަ 08:08
ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި، އަރަމްކޯގެ ލޯގޯ.

ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި، އަރަމްކޯގެ ލޯގޯ. | ރޮއިޓާސް

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި، ސައުދީ އަރަމްކޯ އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ 25 އިންސައްތަ އިތުރުވެއްޖެ ކަމަށް އެ ކުންފުނިން ހާމަ ކޮށްފި އެވެ. 

އާދީއްތަ ދުވަހު އެ ކުންފުނިން އާންމު ކުރި ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި، މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިމުނު ފުރަތަމަ ތިން މަސް ދުވަހު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 32.5 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފަ އެވެ. 

މިއީ އިޤްތިޞާދީ މާހިރުން ލަފާ ކުރި މިންވަރަށް ވުރެ ބޮޑު ކުރިއެރުމެކެވެ. އެލްއެސްއީޖީގެ ކޮންސެންސަން އަންދާޒާ ތަކުން ކުރިން ލަފާ ކޮށްފައި އޮތީ އަރަމްކޯ އަށް ފުރަތަމަ ކުއާޓަރުގައި ލިބޭނީ 30.95 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ކަމަށެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ސާފު ނުކުރާ ތެލާއި ކެމިކަލް އުފެއްދުންތައް ވިއްކި މިންވަރު އިތުރުވުމާ ގުޅިގެން، ކުންފުނީގެ ޖުމުލަ އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، ހަތް އިންސައްތަ އިތުރުވެ، 115.49 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފަ އެވެ. 

އަރަމްކޯގެ ފައިދާ އަށް މިފަދަ ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ނުތަނަވަސްކަމުގެ ސަބަބުން ހޮރްމޫޒް ކަނޑު އޮޅިން މުދާ އުފުލުމަށް ބޮޑެތި ހުރަސް ތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. އީރާން އިން އެ ސަރަހައްްދުގެ ކަނޑުގެ މަގުތައް ބަންދުކުރުމާ ގުޅިގެން ހަކަތައިގެ ސަޕްލައި އަށް ބުރޫ އަރައި، ދުނިޔޭގެ ބާޒާރުގައި ތެލިގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. 

މި ހަމަލާއާ ގުޅިގެން ކުރިމަތި ވެދާނެ ގެއްލުން ތަކުން ސަލާމަތް ވުމަށްޓަކައި، ސައުދީ އަރަމްކޯ އިން ވަނީ އެ ކުންފުނީގެ "އީސްޓް-ވެސްޓް" ސާފު ނުކުރާ ތެޔޮ ހޮޅިލައިންގެ ބޭނުން ފުރިހަމަ ޤާބިލުކަމާ އެކު ހިފަން ފަށައިފަ އެވެ. މިގޮތުން، ސައުދީގެ އިރުމަތީ އައްސޭރިން ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ޔަންބޫ ބަނދަރަށް ތެޔޮ ފޮނުވާ މިންވަރު އިތުރުކޮށް، ސަޕްލައި މެދު ނުކެނޑި ކުރިއަށް ގެންދިޔުމަށް އެ ކުންފުނިން ވަނީ ޚަރުދަނާ ފިޔަވަޅު ތަކެއް އަޅައިފަ އެވެ. 

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އެކްސްޕޯޓަރުގެ ގޮތުގައި އޮތް ސައުދީ އަރަމްކޯ އިން ހޯދި މި ކާމިޔާބީ އަކީ، ސަރަހައްދީ ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި ވެސް އެ ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން ހުރިކަން ހާމަކޮށްދޭ ކަމެއް ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސައުދީ އަރަމްކޯސައޫދީ އަރަބިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންއާ ދެކޮޅު ހަދާ ޤައުމު ތަކަށް، ހޮރްމޫޒް ކަނޑު އޮޅީގައި ދަތި ތަކެއް ކުރިމަތި ވާނެ ކަމަށް އެ ޤައުމުން ބުނެފި

އީރާންއާ ދެކޮޅު ހަދާ ޤައުމު ތަކަށް، ހޮރްމޫޒް ކަނޑު އޮޅީގައި ދަތި ތަކެއް ކުރިމަތި ވާނެ ކަމަށް އެ ޤައުމުން ބުނެފި

10 މެއި 2026
ރޫބިއޯ، ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

ރޫބިއޯ، ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

10 މެއި 2026
ޑްރޯން އާއި މިސައިލް ތަކުން ހަމަލާ ދޭން ތައްޔާރު، މިތިބީ އޯޑަރު އަންނަންދެން: އީރާން

ޑްރޯން އާއި މިސައިލް ތަކުން ހަމަލާ ދޭން ތައްޔާރު، މިތިބީ އޯޑަރު އަންނަންދެން: އީރާން

10 މެއި 2026
އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

10 މެއި 2026
އާންމުންގެ ތެރެއިން ނުފެނުނު ނަމަވެސް، އީރާންގެ ރޫހީ ލީޑަރު ދަނީ ހަނގުރާމައިގެ މުހިންމު ކަންކަން އެކުލަވާލަމުން: އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓު

އާންމުންގެ ތެރެއިން ނުފެނުނު ނަމަވެސް، އީރާންގެ ރޫހީ ލީޑަރު ދަނީ ހަނގުރާމައިގެ މުހިންމު ކަންކަން އެކުލަވާލަމުން: އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓު

09 މެއި 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު