Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާ އަށް ޖަވާބު ދޭން ވަގުތު ނަގާނެ، އެމީހުންގެ ސުން ގަޑި އަކީ އަހަރަމެންނަށް މުހިންމު އެއްޗެއް ނޫން: އީރާން

އެމެރިކާގެ ސިޔާސީ ލީޑަރުން ކަނޑައަޅާ ސުން ގަޑި ތަކަކީ އީރާން އަށް އެއްވެސް މުހިންމު ކަމެއް ނޫން ކަމަށާއި، އެފަދަ ސުންގަޑި ތަކަކީ އެންމެ ފަހުގެ ވަގުތު ކަމަށް ބަަލައިގެން އީރާން އިން މަސައްކަތް ނުކުރާ ކަމަށް ވެސް ބަޣާއީ ވިދާޅުވި. އެއާ އެކު އޭނާ ވިދާޅުވީ، އީރާން އިން ކުރާ މަސައްކަތް ކުރާނީ އެ ޤައުމުގެ އަމިއްލަ ގޮތުގައި ކަމަަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މެއި 2026 | ހޮނިހިރު 09:26
އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ.

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ. | ރޮއިޓާސް

އެމެރިކާގެ ހުށަހެޅުން ތަކަށް ޖަވާބު ދިނުމުގައި ލަސްވަނީ އެ ލިޔުމުގައި ހިމެނޭ ޓެކްނިކަލް ކަންކަން ދިރާސާކޮށް ބެލުމަށް، ވަރަށް ގިނަ ފަރާތް ތަކަކުން ބައިވެރިވާން ޖެހޭތީ ކަމަށް އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވެއްޖެ އެވެ. 

އެމެރިކާ އިން އުންމީދު ކޮށްގެން ތިބީ، ހުކުރު ދުވަހުގެ ވަގުތެއްގައި އީރާން އިން ޖަވާބު ހުށަހަޅާނެ ކަމަށެވެ. ނަމަވެސް އީރާން އިން މިހާތަނަށް އެއްވެސް ޖަވާބެއް ހުށަހަޅާފައި ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބަޔާނެއް ނެރުއްވާފައި ވަނިކޮށް، ބަޣާއީ ވިދާޅުވީ އެމެރިކާގެ ހުށަހެޅުން މިހާރު ވެސް ދިރާސާ ކުރަމުން އަންނަ ކަމަށާއި، އެކަމަށް ރައްދު ދޭނީ އެކަމަަށް އެންމެ އެކަށީގެންވާ ވަގުތުގައި ކަމަށެވެ. 

އެމެރިކާގެ ސިޔާސީ ލީޑަރުން ކަނޑައަޅާ ސުން ގަޑި ތަކަކީ އީރާން އަށް އެއްވެސް މުހިންމު ކަމެއް ނޫން ކަމަށާއި، އެފަދަ ސުންގަޑި ތަކަކީ އެންމެ ފަހުގެ ވަގުތު ކަމަށް ބަަލައިގެން އީރާން އިން މަސައްކަތް ނުކުރާ ކަމަށް ވެސް ބަޣާއީ ވިދާޅުވި އެވެ. އެއާ އެކު އޭނާ ވިދާޅުވީ، އީރާން އިން ކުރާ މަސައްކަތް ކުރާނީ އެ ޤައުމުގެ އަމިއްލަ ގޮތުގައި ކަމަަށެވެ. 

އެމެރިކާގެ ހުށަހެޅުމަށް އީރާން އިން ޖަވާބި ދިނުމުގައި، ވަރަށް ގިނަ އިދާރާ ތަކާއި، ވަރަށް ގިނަ ފަރުދުން ބައިވެރިވާން ޖެހޭ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. މި މަޝްވަރާ ތަކުގެ ޓީމު ލީޑު ކުރައްވަނީ އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް އެވެ. އަދި އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އަކީ ވެސް މި މައްސަލައިގެ ވަރަށް މުހިންމު ބައިވެރި އެކެވެ. މީގެ އިތުރުން ހަނގުރާމަ ހިމެނޭހެން އީރާންގެ ސަލާމަތީ ކަންކަން ބަލަހައްޓާ ނެޝަނަލް ސުޕްރީމް ސެކިއުރިޓީ ކައުންސިލް ވެސް މި މަސައްކަތުގައި ބައިވެރިވެ އެވެ.

އެންމެ ފަހުގެ މަރުޙަލާއެއްގެ ގޮތުގައި، އެމެރިކާ އަށް ފޮނުވާ ޖަވާބަށް އީރާންގެ ރޫހީ ލީޑަރު ހުއްދަ ދޭން ޖެހޭނެ އެވެ. އެހެންކަމުން މި ހުރިހާ މަރުޙަލާއެއް ފުރިހަމަ ކުރުމަށް ވަގުތު ނަގާނެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިސްމާއިލް ބަޣާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ނައިބު ރައީސް އަށް ޤަތަރުގެ ބޮޑު ވަޒީރު ގޮވާލެއްވީ، އީރާން އާއެކު މަޝްވަރާތައް ފެށުމަށް

އެމެރިކާގެ ނައިބު ރައީސް އަށް ޤަތަރުގެ ބޮޑު ވަޒީރު ގޮވާލެއްވީ، އީރާން އާއެކު މަޝްވަރާތައް ފެށުމަށް

09 މެއި 2026
އީރާން އަށް އަސްކަރީ ގޮތުން އެހީތެރިވާ ކަމަށް ބުނެ، 10 ފަރާތަކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

އީރާން އަށް އަސްކަރީ ގޮތުން އެހީތެރިވާ ކަމަށް ބުނެ، 10 ފަރާތަކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

09 މެއި 2026
ޓްރަމްޕް އާއި އެމެރިކާ އޮތީ އީރާން އިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި

ޓްރަމްޕް އާއި އެމެރިކާ އޮތީ އީރާން އިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި

09 މެއި 2026
އީރާންގެ ސިފައިންގެ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

އީރާންގެ ސިފައިންގެ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

08 މެއި 2026
ހަމަލާ ތަކެއް ބަދަލު ކުރި ނަމަވެސް، ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ކުރިއަަށްދާ ކަމަށް

ހަމަލާ ތަކެއް ބަދަލު ކުރި ނަމަވެސް، ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ކުރިއަަށްދާ ކަމަށް

08 މެއި 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު