އީރާން އަށް އަސްކަރީ ގޮތުން އެހީތެރިވާ ކަމަށް ބުނެ، 10 ފަރާތަކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި
އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓް އިން ހާމަ ކޮށްފައިވާ ގޮތުގައި މި ފިޔަވަޅުތައް އަމާޒުވި ފަރާތްތަކުގެ ތެރޭގައި، ހޮންކޮން އާއި ޗައިނާ އަށް ނިސްބަތްވާ ބައެއް ކުންފުނިތައް ހިމެނޭ. މި ފަރާތް ތަކުން ދަނީ އީރާންގެ އަސްކަރީ ޕްރޮގްރާމް ތަކަށް ބޭނުންވާ މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާ ކުރަމުން ކަމަށް އެމެރިކާ އިން ތުހުމަތު ކުރޭ.


އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް. | ގެޓީ އިމޭޖަސް
އީރާންގެ އަސްކަރިއްޔާ އަށް ބޭނުންވާ ހަތިޔާރާއި، ރޯ މެޓީރިއަލް ހޯދައި ދިނުމުގައި އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓް އިން 10 ފަރާތަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
މި ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ އީރާން އިން އުފައްދާ "ޝަހީދު" މަރުކާގެ ޑްރޯންތައް ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ހޯދައި ދިނުމުގައި ބައިވެރިވާ ކުންފުނި ތަކުގެ އިތުރުން، ވަކި ވަކި ފަރުދުންނަށެވެ.
އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓް އިން ހާމަ ކޮށްފައިވާ ގޮތުގައި މި ފިޔަވަޅުތައް އަމާޒުވި ފަރާތްތަކުގެ ތެރޭގައި، ހޮންކޮންގ އާއި ޗައިނާ އަށް ނިސްބަތްވާ ބައެއް ކުންފުނިތައް ހިމެނެ އެވެ. މި ފަރާތްތަކުން ދަނީ އީރާންގެ އަސްކަރީ ޕްރޮގްރާމް ތަކަށް ބޭނުންވާ މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާ ކުރަމުން ކަމަށް އެމެރިކާ އިން ތުހުމަތު ކުރެ އެވެ.
މީގެ އިތުރުން އީރާންގެ ޣައިރު ޤާނޫނީ ވިޔަފާރީ ތަކަށް އެހީތެރިވެދޭ ބޭރުގެ ކޮންމެ ކުންފުންޏަކާ ދެކޮޅަށް ވެސް، ފިޔަވަޅު އެޅުމަށް ތައްޔާރަށް އޮތް ކަމަށް އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓް އިން ވަނީ ބުނެފަ އެވެ. މީގެ ތެރޭގައި އެ ޤައުމު ތަކުގެ އެއާލައިންތައް ހިމެނޭ ގޮތަށް، އީރާންގެ އަސްކަރީ މަސްލަޙަތު ތަކަށް އެއްބާރުލުންދޭ ހުރިހާ ދާއިރާ އަކަށް ފިޔަވަޅު އަަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފައިވެ އެވެ.
މި ފިޔަވަޅުތައް އިއުލާން ކޮށްފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ރައީޝް ޝީ ޖިންޕިންއާ ބައްދަލު ކުރެއްްވުމަށް ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވުމަށް ހަަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މިއީ އީރާންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ވަގުތެއްކަން ވެސް ފާހަގަ ކުރެެވެ އެވެ.
އެމެރިކާގެ މި ނިންމުމަކީ އީރާންގެ އަސްކަރީ ބާރުވެރިކަން ކުޑަ ކުރުމަށާއި، ވަކިން ޚާއްސަކޮށް ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވާ ފަދަ ޑްރޯން ޓެކްނޮލޮކީ ކުރިއެރެވުމަށް ހުރަސް އެޅުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. މި ފިޔަވަޅު ތަކުގެ ސަބަބުން ބައިނަލްއަޤުވާމީ މާލީ ނިޒާމުގެ ތެރެއިން އެ ކުންފުނި ތަކަށް ކުރާ މުއާމަލާތް ތަކަށް ބޮޑެތި ހުރަސް ތަކެއް ކުރިމަތިވާނެ އެވެ.
މަސްދަރު: އަލް ޖަޒީރާ







