Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ ނައިބު ރައީސް އަށް ޤަތަރުގެ ބޮޑު ވަޒީރު ގޮވާލެއްވީ، އީރާން އާއެކު މަޝްވަރާތައް ފެށުމަށް

9 މެއި 2026 | ހޮނިހިރު 06:18

ޤަތަރުގެ ފޮރިން މިނިސްޓްރީ އިން އެކްސްގައި ހާމަ ކޮށްފައިވާ ގޮތުގައި، ސަރަހައްދީ މައްސަލަ ތަކުގެ އަސްލު ސަބަބުތައް ދެނެގަނެ، ސުލްޙަވެރި މަގުންނާއި މަޝްވަރާގެ ތެރެއިން އެކަންކަމަށް ޙައްލު ހޯދުމަށް ހުރިހާ ފަރާތް ތަކަކުން ވެސް މެދުވެރިއެއްގެ ދައުރު އަދާ ކުރާ ފަރާތްތަކާ އެކު މަސައްކަތް ކުރުމުގެ މުހިންމުކަން ބޮޑު ވަޒީރު ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މެއި 2026 | ހޮނިހިރު 06:18
ޤަތަރުގެ ބޮޑު ވަޒީރު ޝައިޙް މުޙައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޘާނީ، އަދި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް.

ޤަތަރުގެ ބޮޑު ވަޒީރު ޝައިޙް މުޙައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޘާނީ، އަދި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް. | ސޯޝަލް މީޑިއާ

އީރާން އާއެކު އައު އެއްބަސްވުމެއް ޤާއިމު ކުރުމަށްޓަކައި ޑިޕްލޮމެޓިކް މަޝްވަރާތައް އަލުން ފެށުމަށް، ޤަތަރުގެ ބޮޑު ވަޒީރު ޝައިޙް މުޙައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޘާނީ، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އަށް ގޮވާލައްވައިފި އެވެ. 

ޤަތަރުގެ ބޮޑު ވަޒީރު އަދި ފޮރިން މިނިސްޓަރު މިހެން ގޮވާލައްވާފައި ވަނީ، އެމެރިކާގެ ނައިބު ރައީސް ވޭންސް އާއެކު ހުކުރު ދުވަހު ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ، ސަރަހައްދީ ހަމަޖެހުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފަ އެވެ. 

މި ބައްދަލުވުވުމުގައި ދެ ބޭފުޅުން ވެސް ވަނީ، މިހާރު އޮތް ހަމަ ޖެހުމާއި ނުތަނަވަސްކަމަށް ދާއިމީ ސުލްޙައެއް ގެނައުމަށް ޕާކިސްތާން އިން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. ޤަތަރުގެ ފޮރިން މިނިސްޓްރީ އިން އެކްސްގައި ހާމަ ކޮށްފައިވާ ގޮތުގައި، ސަރަހައްދީ މައްސަލަ ތަކުގެ އަސްލު ސަބަބުތައް ދެނެގަނެ، ސުލްޙަވެރި މަގުންނާއި މަޝްވަރާގެ ތެރެއިން އެކަންކަމަށް ޙައްލު ހޯދުމަށް ހުރިހާ ފަރާތް ތަކަކުން ވެސް މެދުވެރިއެއްގެ ދައުރު އަދާ ކުރާ ފަރާތްތަކާ އެކު މަސައްކަތް ކުރުމުގެ މުހިންމުކަން ބޮޑު ވަޒީރު ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން މުޅި ސަރަހައްދަށް ދާއިމީ ސުލްޙަ ގެނެވޭނެ ފަދަ ފުރިހަމަ އެއްބަސްވުމަކަށް ވާސިލުވުމަށްޓަކައި މިހާރު ކުރިއަށްދާ މެދުވެރިވުމުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ޤަތަރުގެ ބޮޑު ވަޒީރު ބާރުއެޅުއްވި އެވެ. ޤަތަރަކީ އެމެރިކާގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އޮވެ، އީރާން އާއެކު މުއާމަލާތް ކުރުމާއި، ޣައްޒާގައި އިޒްރޭލް އިން ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުވުމަށް ހަމާސް އާއެކު މަޝްވަރާ ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ ޤައުމެކެވެ. 

މި ހަނގުރާމައިގެ ތެރޭގައި އީރާން އިން ވަނީ، ޤަތަރުގައި ހުރި އެމެރިކާގެ ބައެއް ބޭސް ތަކަަށް ހަމަލާ ދީފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޤަތަރު-އެމެރިކާޝައިޚް މުޙައްމަދު ބިން އަބްދުއް ރަޙްމާން އަލް ޘާނީޖޭޑީ ވޭންސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 މެއި 2026

އީރާން އަށް އަސްކަރީ ގޮތުން އެހީތެރިވާ ކަމަށް ބުނެ، 10 ފަރާތަކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

09 މެއި 2026
އީރާން އަށް އަސްކަރީ ގޮތުން އެހީތެރިވާ ކަމަށް ބުނެ، 10 ފަރާތަކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި
09 މެއި 2026

ޓްރަމްޕް އާއި އެމެރިކާ އޮތީ އީރާން އިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި

09 މެއި 2026
ޓްރަމްޕް އާއި އެމެރިކާ އޮތީ އީރާން އިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި
08 މެއި 2026

އީރާންގެ ސިފައިންގެ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

08 މެއި 2026
އީރާންގެ ސިފައިންގެ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
08 މެއި 2026

ހަމަލާ ތަކެއް ބަދަލު ކުރި ނަމަވެސް، ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ކުރިއަަށްދާ ކަމަށް

08 މެއި 2026
ހަމަލާ ތަކެއް ބަދަލު ކުރި ނަމަވެސް، ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ކުރިއަަށްދާ ކަމަށް
08 މެއި 2026

ޔޫއޭއީއަށް ދިން މިސައިލް ހަމަލާ ހުއްޓުވައިފި ކަމަށް އެ ގައުމުން ބުނެފި

08 މެއި 2026
ޔޫއޭއީއަށް ދިން މިސައިލް ހަމަލާ ހުއްޓުވައިފި ކަމަށް އެ ގައުމުން ބުނެފި
07 މެއި 2026

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމަކީ ކޮބާ؟ އީރާނުން އެކަންކަމަށް އެއްބަސްވާނެތަ؟

07 މެއި 2026
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމަކީ ކޮބާ؟ އީރާނުން އެކަންކަމަށް އެއްބަސްވާނެތަ؟
07 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙައިގެ އަލި މަގެއް ފެންނާތީ، ޕާކިސްތާންގެ މަރުޙަބާ

07 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙައިގެ އަލި މަގެއް ފެންނާތީ، ޕާކިސްތާންގެ މަރުޙަބާ
07 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަަލައިގައި ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން މަޝްވަރާ ކުރައްވައިފި

07 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަަލައިގައި ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން މަޝްވަރާ ކުރައްވައިފި
07 މެއި 2026

ދެކުނު ކޮރެއާގެ ބޯޓަކަށް އީރާން އިން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފި

07 މެއި 2026
ދެކުނު ކޮރެއާގެ ބޯޓަކަށް އީރާން އިން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފި
07 މެއި 2026

ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

07 މެއި 2026
ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް