ހޮރްމޫޒް ކަނޑު އޮޅީގެ ކޮންޓްރޯލް އޮތުމަކީ، އެޓޮމިކް ބޮމެއް އޮތުން ކަހަލަ ކަމެއް: އީރާން
އީރާންގެ ރޫހީ ލީޑަރުގެ އެޑްވައިޒަރު މޮޚްބަރް ވިދާޅުވު ގޮތުގައި، ހޮރްމޫޒް ކަނޑު އޮޅި އަކީ އެޓޮމިކް ބޮމެއް ފަދަ އަގުހުރި ފުރުސަތެއް. އަދި އެންމެ ނިންމުމަކުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ނުފޫޒު ފޯރުވޭ ފަދަ މަގާމެއް ނުވަތަ ސަރަހައްދެއްގެ ކޮންޓްރޯލް އަތުގައި އޮތުމަކީ، ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި.


އީރާންގެ ރޫހީ ލިޑަރުގެ އެޑްވަރިޒަރު މުޙައްމަދު މޮޚްބަރް. | ރޮއިޓާސް
ހޮރްމޫޒް ކަނޑު އޮޅީގެ ކޮންޓްރޯލް އޮތުމަކީ، ޤައުމެއްގެ އަތުގައި ނިއުކްލިއަރ ހަތިޔާރެއް ނުވަތަ އެޓޮމިކް ބޮމެއް އޮތުން ފަދަ މުހިންމު ކަމެއް ކަމަށް، އީރާންގެ ރޫހީ ލިޑަރުގެ އެޑްވަރިޒަރު މުޙައްމަދު މޮޚްބަރް ސިފަ ކުރައްވައިފި އެވެ.
އޭނާ މިހެން ވިދާޅުވީ މެދު އިރުމަތީގެ މަސްރަހު ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައި، އެ ސަރަހައްދުގެ އިޤްތިޞާދީ އަދި އަސްކަރީ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އީރާންގެ ރޫހީ ލީޑަރުގެ އެޑްވައިޒަރު މޮޚްބަރް ވިދާޅުވު ގޮތުގައި، ހޮރްމޫޒް ކަނޑު އޮޅި އަކީ އެޓޮމިކް ބޮމެއް ފަދަ އަގުހުރި ފުރުސަތެކެވެ. އަދި އެންމެ ނިންމުމަކުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ނުފޫޒު ފޯރުވޭ ފަދަ މަގާމެއް ނުވަތަ ސަރަހައްދެއްގެ ކޮންޓްރޯލް އަތުގައި އޮތުމަކީ، ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. މިއީ ބައިނަލްއަޤުވާމީ ވިޔަފާރީ އާއި ހަކަތަ ފޯރުކޮށްދިނުމުގައި އެ ކަނޑު އޮޅީގެ މުހިންމުކަން ހާމަކޮށްދޭ ވާހަކަ އެކެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާން އަށް ދޭން ފެށި ވައިގެ ހަމަލާ ތަކާ އެކު ފެށުނު ހަނގުރާމައާ ގުޅިގެން، އީރާން އިން ވަނީ އެ ކަނޑު އޮޅިން ދަތުރު ކުރާ އީރާންގެ ނޫން އުޅަނދު ފަހަރަށް ބޮޑެތި ހުރަސް ތަކެއް ކުރިމަތި ކޮށްފަ އެވެ. މީގެ އިތުރުން، މިދިޔަ މަހު އެމެރިކާ އިން ވަނީ އީރާންގެ އުޅަނދު ފަހަރު ދަތުރު ފަތުރު ކުރުން ހުއްޓުވުމަށް ބްލޮކޭޑެއް ނުވަތަ ދަތުރުފަތުރު މަނާ ކުރުމުގެ ފިޔަވަޅު ތަކެއް ވެސް އަޅައިފަ އެވެ.
ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ މި މުހިންމު މަގު ބަންދު ކުރުމުގެ ޤާބިލުކަން އީރާން އަށް ލިބިފައި ވުމަކީ، ހުޅަނގުގެ ޤައުމު ތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ. މޮޚްބަރްގެ މި ވާހަކަ ތަކުން ދޭހަވަނީ، ބައިނަލްއަޤުވާމީ މައިދާނުގައި އީރާން އިން ބާރުވެރިކަން ދެއްކުމަށްޓަކައި ހޮރްމޫޒް ކަނޑު އޮޅީގެ ބޭނުން ހިފަމުންދާ މިންވަރެވެ. މި ސަރަހައްދުގެ ނުތަނަވަސްކަން އިތުރު ވަމުންދާއިރު، މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
މޮޚްބަރް އަކީ 2021 ވަނަ އަހަރުން ފެށިގެން، 2024 ވަނަ އަހަރަށް އީރާންގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. 2024 ވަނަ އަހަރު ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އީރާންގެ ރައީސް އިބްރާހީމް ރައިސީ އަވަހާރަވުމާ ގުޅިގެން، މޮޚްބަރް ވަނީ އީރާންގެ ވަގުތީ ރައީސްކަން ވެސް ކުރައްވައިފަ އެވެ.
މަސްދަރު: އަލް ޖަޒީރާ







