Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އާންމުންގެ ތެރެއިން ނުފެނުނު ނަމަވެސް، އީރާންގެ ރޫހީ ލީޑަރު ދަނީ ހަނގުރާމައިގެ މުހިންމު ކަންކަން އެކުލަވާލަމުން: އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓު

އެމެެރިކާގެ ޖާސޫސީ އިދާރާ ތަކުން އެކުލަވާލާފައިވާ މި ރިޕޯޓުތަކާ ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާ ތަކުން ބުނާ ގޮތުގައި، އީރާންގެ މަސްރަހު މިހާރު އޮތް ގޮތުން އެންމެ އިސް ބާރުވެރިޔާ އަކީ ކޮބައިކަން ސާފު ނުވި ނަމަވެސް، އެމެރިކާ އާއެކު ކުރިއަށްދާ މަޝްވަރާ ތަކުގައި ރޫހީ ލީޑަރު މުޖުތަބާ ގެންދަވަނީ އިރުޝާދު ދެއްވަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މެއި 2026 | ހޮނިހިރު 09:48
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ.

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ. | ރޮއިޓާސް

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއިން ނުފެނި ގިނަ ދުވަސް ތަކެއް ވެފައި ވީ ނަމަވެސް، އެ ޤައުމުގެ ހަނގުރާމައިގެ މުހިންމު ކަންކަން ކަނޑައެޅުއްވުމާއި، ޕްލޭންތައް އެކުލަވާލުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓު ތަކުން ހާާމަވެއްޖެ އެވެ.

އެމެެރިކާގެ ޖާސޫސީ އިދާރާ ތަކުން އެކުލަވާލާފައިވާ މި ރިޕޯޓުތަކާ ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާ ތަކުން ބުނާ ގޮތުގައި، އީރާންގެ މަސްރަހު މިހާރު އޮތް ގޮތުން އެންމެ އިސް ބާރުވެރިޔާ އަކީ ކޮބައިކަން ސާފު ނުވި ނަމަވެސް، އެމެރިކާ އާއެކު ކުރިއަށްދާ މަޝްވަރާ ތަކުގައި ރޫހީ ލީޑަރު މުޖުތަބާ ގެންދަވަނީ އިރުޝާދު ދެއްވަމުންނެވެ. 

ހަނގުރާމަ ފެށުނު ދުވަސްވަރު، އީރާންގެ ކުރީގެ ރޫހީ ލީޑަރު އަދި މުޖުތަބާގެ ބައްޕާފުޅު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް ދިން ހަމަލާގައި މުޖުތަބާ އަށް ސީރިއަސް އަނިޔާ ތަކެއް ލިބިފައިވާ ކަމަށް ކުރިން ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެ ހަމަލާ އަށް ފަހު އޭނާ އާންމުންގެ ތެރެއިން ފެނިފައި ނުވާއިރު، އޭނާގެ ޞިއްޙީ ޙާލު ކޮޅާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވެ އެވެ. އެމެރިކާގެ އިންޓެލިޖެންސް މަސްދަރު ތަކުން ބުނާ ގޮތުގައި، މުޖުތަބާގެ ހަށިގަނޑުގެ އެއް ފަރާތް ވަނީ ވަރަށް ބޮޑަށް ޒަޚަމުވެފަ އެވެ.

އޭގެ ތެރޭގައި މޫނުފުޅާއި، އަތާއި، ފައި އަދި ބަނޑުގެ ބައެއް ހިސާބު ތަކަށް ލިބިފައިވާ އަނިޔާތައް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، އީރާންގެ ރޫހީ ލީޑަރުގެ އޮފީހުގެ ޕްރޮޓޮކޯލް ހެޑް މަޒާހިރު ހުސައިނީ ހުކުރު ދުވަހު ވިދާޅުވީ، މުޖުތަބާގެ ޙާލު ކޮޅު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި، އޭނާ ހުންނެވި ފުރިހަމަ ޞިއްޙަތެއްގައި ކަމަށެވެ. 

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވެސް ވަނީ، މިދިޔަ ހަފުތާގެ ތެރޭގައި މުޖުތަބާއާ ބައްދަލު ކުރައްވައި، ދެ ގަޑިއިރާ ބައި ވަންދެން މަޝްވަރާ ކުރައްވާފައިވާ ކަމަށް ހާމަ ކުރައްވައިފަ އެވެ. މިއީ ހަމަލާ އަށް ފަހު، އީރާންގެ އިސްވެރިޔަކު މުޖުތަބާއާ ބައްދަލު ކުރި ކަމަށް ރިޕޯޓު ކުރި ފުރަތަމަ ފަހަރެވެ. އެމެރިކާގެ އިންޓެލިޖެންސް އެނަލިސްޓުން ބުނާ ގޮތުގައި، މުޖުތަބާ މުއާމަލާތް ކުރައްވަމުން ގެންދަވަނީ އެއްވެސް އިކެލްޓްރޯނިކް ވަސީލަތެއް ބޭނުން ނުކޮށް، ސީދާ ބައްދަލު ކުރާ މީހުން މެދުވެރިކޮށް ނުވަތަ ސިޓީ ފޮނުއްވައިގެންނެވެ. މިކަމުގެ ސަބަބުން އޭނާ ހުންނެވި ތަނެއް ކަށަވަރު ކުރުމަށް އެމެރިކާ އަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. 

މި ހަނގުރާމައިގެ ސަބަބުން އީރާންގެ އަސްކަރީ ޤާބިލުކަން ދަށްވެފައި ވީ ނަމަވެސް، އެ ޤައުމުގެ މިސައިލް ލޯންޗަރު ތަކުގެ ތިން ބައި ކުޅަ ދެ ބައި އަދި ވެސް ސަލާމަތުން ހުރި ކަަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓު ތަކުން ދައްކަ އެވެ. އަދި އެމެރިކާ އިން އީރާން ބަންދުކޮށްގެން (ބްލޮކޭޑް) ގެންގުޅުނު ނަމަވެސް، އިޤްތިޞާދު މުޅިން އިނދަ ޖެހިގެން ނުގޮސް، ކުރިއަށް އޮތް ހަތަރު މަސް ދުވަހު ހިފަހައްޓާލެވޭނެ ކަމަށް ސީއައިއޭގެ އެސެސްމަންޓަކުން ވަނީ ދައްކައިފަ އެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުގެ ސަބަބުން އީރާންގެ އިޤްތިޞާދު އިނދަ ޖެހިގެން ދާނެ ކަމަށާއި، އެ ޤައުމުގެ ވެރިކަމުގެ ނިޒާމު ވަނީ ބައިބައިވެފައި ކަމަށެވެ. 

އީރާންގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން ނޫޅުއްވާތީ، އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ)ގެ އިސްވެރިންނާއި، ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް ގެންދަވަނީ، އެެ ޤައުމުގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ނިންމަވަމުންނެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާންގެ ވެރިކަމުގެ ނިޒާމު ބައިބައިވެފައި އޮތުމަކީ، ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާ ތަކަށް އޮތް ހުރަހެކެވެ. 

މަސްދަރު: ސީއެންއެން

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސީއައިއޭއީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮރްމޫޒް ކަނޑު އޮޅީގެ ކޮންޓްރޯލް އޮތުމަކީ، އެޓޮމިކް ބޮމެއް އޮތުން ކަހަލަ ކަމެއް: އީރާން

ހޮރްމޫޒް ކަނޑު އޮޅީގެ ކޮންޓްރޯލް އޮތުމަކީ، އެޓޮމިކް ބޮމެއް އޮތުން ކަހަލަ ކަމެއް: އީރާން

09 މެއި 2026
އެމެރިކާ އަށް ޖަވާބު ދޭން ވަގުތު ނަގާނެ، އެމީހުންގެ ސުން ގަޑި އަކީ އަހަރަމެންނަށް މުހިންމު އެއްޗެއް ނޫން: އީރާން

އެމެރިކާ އަށް ޖަވާބު ދޭން ވަގުތު ނަގާނެ، އެމީހުންގެ ސުން ގަޑި އަކީ އަހަރަމެންނަށް މުހިންމު އެއްޗެއް ނޫން: އީރާން

09 މެއި 2026
އެމެރިކާގެ ނައިބު ރައީސް އަށް ޤަތަރުގެ ބޮޑު ވަޒީރު ގޮވާލެއްވީ، އީރާން އާއެކު މަޝްވަރާތައް ފެށުމަށް

އެމެރިކާގެ ނައިބު ރައީސް އަށް ޤަތަރުގެ ބޮޑު ވަޒީރު ގޮވާލެއްވީ، އީރާން އާއެކު މަޝްވަރާތައް ފެށުމަށް

09 މެއި 2026
އީރާން އަށް އަސްކަރީ ގޮތުން އެހީތެރިވާ ކަމަށް ބުނެ، 10 ފަރާތަކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

އީރާން އަށް އަސްކަރީ ގޮތުން އެހީތެރިވާ ކަމަށް ބުނެ، 10 ފަރާތަކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

09 މެއި 2026
ޓްރަމްޕް އާއި އެމެރިކާ އޮތީ އީރާން އިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި

ޓްރަމްޕް އާއި އެމެރިކާ އޮތީ އީރާން އިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި

09 މެއި 2026

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު