Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންއާ ދެކޮޅު ހަދާ ޤައުމު ތަކަށް، ހޮރްމޫޒް ކަނޑު އޮޅީގައި ދަތި ތަކެއް ކުރިމަތި ވާނެ ކަމަށް އެ ޤައުމުން ބުނެފި

އަކްރަމީ ނިއާ ވިދާޅުވީ، ހަނގުރާމައިގައި ދުޝްމަނުންގެ އެއްވެސް މަޤުސަދެއް ހާސިލު ނުވާ ކަމަށާއި، އީރާންގެ ސިޔާސީ ނިޒާމަށް އެއްވެސް ބުރޫއެއް ނާރާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މެއި 2026 | އާދީއްތަ 08:06
އީރާންގެ ސިފައިންގެ ތަރުޖަމާނު އަކްރަމީ ނިއާ.

އީރާންގެ ސިފައިންގެ ތަރުޖަމާނު އަކްރަމީ ނިއާ. | ރޮއިޓާސް

އީރާންއާ ދެކޮޅަށް އެމެރިކާ އިން ކަނޑައަޅާފައިވާ ދަތި ކުރުންތައް ތަންފީޒު ކުރާ ޤައުމު ތަކަށް ވެސް، ހޮރްމޫޒް ކަނޑު އޮޅި އަށް ވަނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އީރާން އިން ބުނެފި އެވެ. 

އީރާންގެ ސިފައިންގެ ތަރުޖަމާނު އަކްރަމީ ނިއާ މިފަދައިން އިންޒާރު ދީ ވާހަކަ ދައްކަވާފައި މި ވަނީ، އީރާން އަށް އެހީތެރިވާ ޤައުމު ތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާާ އިން ބުނެފައި ވަނިކޮށެވެ. އަކްރަމީ ނިއާ ވިދާޅުވީ، ހަނގުރާމައިގައި ދުޝްމަނުންގެ އެއްވެސް މަޤުސަދެއް ހާސިލު ނުވާ ކަމަށާއި، އީރާންގެ ސިޔާސީ ނިޒާމަށް އެއްވެސް ބުރޫއެއް ނާރާ ކަމަށެވެ. 

އޭގެ ބަދަލުގައި ޤައުމުގެ ތެރޭގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ވަރުގަދަ ވެގެން ދިޔައީ ކަމަށާއި، މިހާރު ވެސް މަގު ތަކުގައި ރައްޔިތުން ތިބުމުން އެކަން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ދުޝްމިނުން ފެނުނީ މި ހުރަސްތައް ހަގީގަތުގައި ނަގައިލެވޭނެ ގޮތެއް ނެތް ކަމަށާއި، އެހެންވެ އެންމެ ފަހުން ހަނގުރާމަ ހުއްޓުމަށް އެއްބަސްވުމަށް މަޖުބޫރުވި ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަނގުރާމަ ހުއްޓުމުގެ މި ދައުރުގައި އީރާން އިން ވަނީ އެ ޤައުމުގެ ސިފައިންގެ ބާރާއި، ހުނަރު ވަރުގަދަކޮށް، ލަނޑު ދަނޑި ތަކުގެ ލިސްޓު އަޕްޑޭޓުކޮށް، ދިފާއީ އަދި ހަމަލާދޭ ހުރިހާ ހިސާބު ތަކެއް ރަނގަޅު ކޮށްފައި ކަމަށް ވެސް އަކްރަމީ ނިއާ ވިދާޅުވި އެވެ. 

ހޮރްމޫޒް ކަނޑު އޮޅި އޮންނަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި ވަރަށް މުހިންމު ހިސާބެއްގަ އެވެ. މި ކަނޑު އޮޅި އަކީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިނގާ މަގެކެވެ. އީރާން އިން މިފަދަ އިންޒާރުތައް ދިނުމަކީ، މި ސަރަހައްދުގައި ވަރުގަދަ ހަމަ ނުޖެހުން ތަކެއް ހިނގައި ދާނެ ކަމުގެ އިޝާރާތެއް ކަމަށް މާހިރުން ފާހަގަ ކުރެ އެވެ. 

އީރާން އާއި އެމެރިކާއާ ދެމެދު އޮންނަ ނުތަނަވަސްކަން ދިގު ދެމިގެން އަައިސްފައިވާއިރު، އެމެރިކާ އިން އީރާން އަށް ކަނޑައަޅާފައިވާ ދަތި ކުރުން ތަަކަކީ އެ ޤައުމުގެ އިޤްތިޞާދަށް ބޮޑެތި އަސަރު ތަކެއް ކުރާ ކަންކަމެވެ. މި ދަތި ކުރުންތައް ތަންފީޒު ކުރުމުގައި އެހެން ޤައުމު ތަކުން އެމެރިކާ އަށް އެއްބާރުލުން ދިނުމަކީ، އީރާން އިން ދެކޭ ގޮތުގައި އެ ޤައުމާ ދެކޮޅަށް ހިންގާ ޙަރާކަތެއްގެ ގޮތުގަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އަކްރަމީ ނިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޫބިއޯ، ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

ރޫބިއޯ، ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

10 މެއި 2026
ޑްރޯން އާއި މިސައިލް ތަކުން ހަމަލާ ދޭން ތައްޔާރު، މިތިބީ އޯޑަރު އަންނަންދެން: އީރާން

ޑްރޯން އާއި މިސައިލް ތަކުން ހަމަލާ ދޭން ތައްޔާރު، މިތިބީ އޯޑަރު އަންނަންދެން: އީރާން

10 މެއި 2026
އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

10 މެއި 2026
އާންމުންގެ ތެރެއިން ނުފެނުނު ނަމަވެސް، އީރާންގެ ރޫހީ ލީޑަރު ދަނީ ހަނގުރާމައިގެ މުހިންމު ކަންކަން އެކުލަވާލަމުން: އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓު

އާންމުންގެ ތެރެއިން ނުފެނުނު ނަމަވެސް، އީރާންގެ ރޫހީ ލީޑަރު ދަނީ ހަނގުރާމައިގެ މުހިންމު ކަންކަން އެކުލަވާލަމުން: އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓު

09 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ ކޮންޓްރޯލް އޮތުމަކީ، އެޓޮމިކް ބޮމެއް އޮތުން ކަހަލަ ކަމެއް: އީރާން

ހޮރްމޫޒް ކަނޑު އޮޅީގެ ކޮންޓްރޯލް އޮތުމަކީ، އެޓޮމިކް ބޮމެއް އޮތުން ކަހަލަ ކަމެއް: އީރާން

09 މެއި 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު