Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ރޫބިއޯ، ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

10 މެއި 2026 | އާދީއްތަ 08:01

މެދު އިރުމަތީގެ ހަަމަޖެހުމާއި، ސަލާމަތްތެރިކަން ދެމެހެއްޓުމަށާއި، ކުރިމަތި ވެދާނެ ނުރައްކާ ތަކުން ސަލާމަތް ވުމަށްޓަކައި ދެ ޤައުމުގެ ދެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މެއި 2026 | އާދީއްތަ 08:01
މީގެ ކުރިން ރޫބިއޯ އާއި ޤަތަރުގެ ބޮޑު ވަޒީރު ކުރެއްވި ބައްދަލުވުމުގެ ތެރެއިން.

މީގެ ކުރިން ރޫބިއޯ އާއި ޤަތަރުގެ ބޮޑު ވަޒީރު ކުރެއްވި ބައްދަލުވުމުގެ ތެރެއިން. | ރޮއިޓާސް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ޤަތަރުގެ ބޮޑު ވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޘާނީއާ ބައްދަލު ކުރައްވައިފި އެވެ.

ހޮނިހިރު ދުވަހު ރޫބިއޯ އާއި ޤަތަރުގެ ބޮޑު ވަޒީރު ބައްދަލު ކުރައްވާފައިވާއިރު، އެމެރިކާާ އިން މިހާރު ދަނީ އީރާންގެ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ. އެންމެ ފަހުން އީރާން އިން ބުނެފައި ވަނީ އެމެރިކާގެ ހުށަހެޅުމަށް ޖަވާބު ދިނުމަށް ވަގުތު ނަގާނެ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ނެރުނު ބަޔާނެއްގައި އެ އިދާރާގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވީ، އެކި ދާއިރާ އަކުން ޤަތަރާއި އެމެރިކާއާ ދެމެދު އޮންނަ ގާތް ގުޅުމާއި، އެއްބާރުލުމަށްޓަކައި ރޫބިއޯ ޝުކުރު އަދާ ކުރެއްވި ކަމަށެވެ. ޤަތަރަކީ މެދު އިރުމަތީގައި އެމެރިކާގެ މުހިންމު ބައިވެރިއެއް ކަމަށް ވެސް، އެ ބައްދަލުވުމުގައި ރޫބިއޯ ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން ޤަތަރުގެ ދިފާއީ ކަންކަމުގައި އެމެެރިކާ އިން ދޭ އެއްބާރުލުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފަ އެވެ. އަދި މެދު އިރުމަތީގެ ހަަމަޖެހުމާއި، ސަލާމަތްތެރިކަން ދެމެހެއްޓުމަށާއި، ކުރިމަތި ވެދާނެ ނުރައްކާ ތަކުން ސަލާމަތް ވުމަށްޓަކައި ދެ ޤައުމުގެ ދެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. 

މި ބައްދަލުވުން ބާއްވާފައި މި ވަނީ މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ވަގުތެއްގަ އެވެ. ޚާއްސަކޮށް ސަރަހައްދީ ސުލްޙަ ޤާއިމު ކުރުަމށް ހުށަހަޅާފައިވާ ހުށަހެޅުން ތަކަށް އީރާން އިން ދޭނެ ޖަވާބަކަށް އެމެރިކާ އިންތިޒާމު ކުރަމުން އަންނަ ވަގުތެއްގަ އެވެ. އަދި މެދު އިރުމަތީގެ ސަރަހައްދުގައި ހުރި އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް އީރާން އިން ދީފައިވާ ވަގުތެއްގަ އެވެ. 

ޤަތަރަކީ މެދު އިރުމަތީގެ މައްސަލަ ތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރާ އަދި އެމެރިކާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. ޚާއްސަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރުގައި، އެެމެރިކާ އާއި ޤަތަރާ ދެމެދު އޮންނަ ގުޅުން ވަނީ އިތުރަށް ފުޅާ ވެގެން ގޮސްފަ އެވެ. 

ހޮނިހިރު ދުވަހު ރޫބިއޯއާ ބައްދަލު ކުރެއްވުމުގެ ކުރިން، ޤަތަރުގެ ބޮޑު ވަޒީރު ވަނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޤަތަރު-އެމެރިކާމާކޯ ރޫބިއޯ ޝައިޚް މުޙައްމަދު ބިން އަބްދުއް ރަޙްމާން އަލް ޘާނީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 މެއި 2026

ޑްރޯން އާއި މިސައިލް ތަކުން ހަމަލާ ދޭން ތައްޔާރު، މިތިބީ އޯޑަރު އަންނަންދެން: އީރާން

10 މެއި 2026
ޑްރޯން އާއި މިސައިލް ތަކުން ހަމަލާ ދޭން ތައްޔާރު، މިތިބީ އޯޑަރު އަންނަންދެން: އީރާން
10 މެއި 2026

އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

10 މެއި 2026
އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
09 މެއި 2026

ރޫބިއޯ ޕޯސްޓު ކުރެއްވި ކެމްޕެއިން ސްޓައިލްގެ ވީޑިއޯ އާއެކު، ރިޔާސީ ރޭހަށް އޭނާ ނިކުންނަވާ ކަމުގެ އަޑުތައް ގަދަވެއްޖެ

09 މެއި 2026
ރޫބިއޯ ޕޯސްޓު ކުރެއްވި ކެމްޕެއިން ސްޓައިލްގެ ވީޑިއޯ އާއެކު، ރިޔާސީ ރޭހަށް އޭނާ ނިކުންނަވާ ކަމުގެ އަޑުތައް ގަދަވެއްޖެ
09 މެއި 2026

އާންމުންގެ ތެރެއިން ނުފެނުނު ނަމަވެސް، އީރާންގެ ރޫހީ ލީޑަރު ދަނީ ހަނގުރާމައިގެ މުހިންމު ކަންކަން އެކުލަވާލަމުން: އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓު

09 މެއި 2026
އާންމުންގެ ތެރެއިން ނުފެނުނު ނަމަވެސް، އީރާންގެ ރޫހީ ލީޑަރު ދަނީ ހަނގުރާމައިގެ މުހިންމު ކަންކަން އެކުލަވާލަމުން: އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓު
09 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ ކޮންޓްރޯލް އޮތުމަކީ، އެޓޮމިކް ބޮމެއް އޮތުން ކަހަލަ ކަމެއް: އީރާން

09 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ ކޮންޓްރޯލް އޮތުމަކީ، އެޓޮމިކް ބޮމެއް އޮތުން ކަހަލަ ކަމެއް: އީރާން
09 މެއި 2026

އެމެރިކާ އަށް ޖަވާބު ދޭން ވަގުތު ނަގާނެ، އެމީހުންގެ ސުން ގަޑި އަކީ އަހަރަމެންނަށް މުހިންމު އެއްޗެއް ނޫން: އީރާން

09 މެއި 2026
އެމެރިކާ އަށް ޖަވާބު ދޭން ވަގުތު ނަގާނެ، އެމީހުންގެ ސުން ގަޑި އަކީ އަހަރަމެންނަށް މުހިންމު އެއްޗެއް ނޫން: އީރާން
09 މެއި 2026

އެމެރިކާގެ ނައިބު ރައީސް އަށް ޤަތަރުގެ ބޮޑު ވަޒީރު ގޮވާލެއްވީ، އީރާން އާއެކު މަޝްވަރާތައް ފެށުމަށް

09 މެއި 2026
އެމެރިކާގެ ނައިބު ރައީސް އަށް ޤަތަރުގެ ބޮޑު ވަޒީރު ގޮވާލެއްވީ، އީރާން އާއެކު މަޝްވަރާތައް ފެށުމަށް
09 މެއި 2026

އީރާން އަށް އަސްކަރީ ގޮތުން އެހީތެރިވާ ކަމަށް ބުނެ، 10 ފަރާތަކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

09 މެއި 2026
އީރާން އަށް އަސްކަރީ ގޮތުން އެހީތެރިވާ ކަމަށް ބުނެ، 10 ފަރާތަކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި
09 މެއި 2026

ޓްރަމްޕް އާއި އެމެރިކާ އޮތީ އީރާން އިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި

09 މެއި 2026
ޓްރަމްޕް އާއި އެމެރިކާ އޮތީ އީރާން އިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި
08 މެއި 2026

އީރާންގެ ސިފައިންގެ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

08 މެއި 2026
އީރާންގެ ސިފައިންގެ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް