Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޑިއާ

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

އެކަމާ ގުޅިގެން ޗީފް މިނިސްޓަރު މަމަތާ ބެނާޖީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެސީ އިންޑިއާ އަށް އައިސް އުޅުމުގެ ތެރޭގައި ހިނގި ހިމާތަވެރި ހާދިސާއާ ގުޅިގެން މެސީގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް. އަދި ފުޓުބޯޅަ އާއި ކުޅިވަރަށް ލޯބި ކުރާ އެންމެހާ ފަރާތްތައް އަދި މެސީގެ ސަޕޯޓަރުންގެ ކިބައިން ވެސް މައާފަށް އެދޭ ކަމަށް ޗީފް މިނިސްޓަރު ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2025 | އާދީއްތަ 03:59
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އިންޑިއާގައި

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އިންޑިއާގައި

އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އިންޑިއާ އަށް ކުރަމުން އަންނަ ދަތުރުގައި، ކޮލްކަތާގައި ހުންނަ ސޯލްޓް ލޭކް ސްޓޭޑިއަމް އަށް ޒިޔާރަތް ކުރިއިރު، އެ ދަނޑުގައި ހިނގި ކަންތައް ތަކަށް ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި އެވެ.

އިންޑިއާ އަށް ކުރާ ޓުވާ ދަތުރުގައި މެސީ ކޮލްކަތާ އަށް އައިސްފައި ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެއަށްފަހު ހޮނިހިރު ދުވަހު ވަނީ ދަތުރުގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. ތިން ދުވަހުގެ ދަތުރުގައި ހޮނިހިރު ދުވަހު މެސީ ވަނީ ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމް އަށް ޒިޔާރާތް ކޮށްފަ އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލު ކުރާ މެސީ، ސޯލްޓް ލޭކް ސްޓޭޑިއަމް އަށް އައި ވަގުތު އެ ދަނޑުގައި 80،000 އަށް ވުރެ ގިނަ ސަޕޯޓަރުން ތިއްބެވެ. އިންޑިއާގައި މެސީ އަށް ބޮޑު ތާއީދެއް އޮންނައިރު، މެސީ ވަނީ ދަނޑަށް އައިސް ސަޕޯޓަރުންނަށް ފެނިލައިފަ އެވެ.

ނަމަވެސް، މެސީ ދަނޑަށް އައިސް ވަރަށް އަވަހަށް ވަނީ ދަނޑުން ގޮސްފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މެސީ ދަނޑު ދޫކޮށް އަވަހަށް ގޮސްފައި ވަނީ ސަލާމަތީ ގޮތުން އެކަށީގެންވާ ވަރުގެ ފިޔަވަޅު ތަކެއް އެޅިފައި ނެތުމުގެ ސަބަބުންނެވެ. އެހާ އަވަހަށް މެސީ ދަނޑު ދޫކޮށް ދިޔުމުން، ދަނޑުގައި ތިބި ސަޕޯޓަރުން ވަނި ރުޅި ގަދަވެފަ އެވެ. އަދި އެ މީހުން ވަނީ ދަނޑަށް އަރައި ގަނެ، ހަމަ ނުޖެހުން ހިންގައި، ދަނޑުގައި ހުރި ސާމާނު ތަކަށް ވެސް ގެއްލުން ދީފަ އެވެ. 

އެކަމާ ގުޅިގެން ޗީފް މިނިސްޓަރު މަމަތާ ބެނާޖީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެސީ އިންޑިއާ އަށް އައިސް އުޅުމުގެ ތެރޭގައި ހިނގި ހިމާތަވެރި ހާދިސާއާ ގުޅިގެން މެސީގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ފުޓުބޯޅަ އާއި ކުޅިވަރަށް ލޯބި ކުރާ އެންމެހާ ފަރާތްތައް އަދި މެސީގެ ސަޕޯޓަރުންގެ ކިބައިން ވެސް މައާފަށް އެދޭ ކަމަށް ޗީފް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

އެ ހާދިސާއާ ގުޅިގެން އިތުރު ތަހުގީގު ކުރިއަށް ގެންދިޔުމަަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލައްވާފައިވަ ކަމަށާއި، އެ ކޮމެޓީގެ ރައީސް އަކަށް ހަމަޖައްސަވާފައި ވަނީ ރިޓަޔާ ކުރައްވާފައިވާ ފަނޑިޔާރު އާޝިމް ކުމާރު ރޭ ކަމަށް ވެސް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ ވިދާޅުވި އެވެ. މީގެ އިތުރުން އެ ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ޗީފް ސެކްރެޓަރީ އާއި، ހޯމް ލޭންޑް ހިލް އެފެއާޒް ޑިޕާޓްމަންޓުގެ އިތުރު ޗީފް ސެކްރެޓަރީއެއް ވެސް ހިމެނޭ ކަމަށް ހާމަ ކުރައްވާފައިވެ އެވެ. 

ޗީފް މިނިސްޓަރު މަމަތާ ބެނާޖީ ވިދާޅުވީ އެ ކޮމެޓީ އިން ހާދިސާގެ ފުރިހަމަ ތަހުގީގީ ރިޕޯޓެއް އެކުލަވާލާނެ ކަމަށާއި، އެއަށް ފަހު އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައް ކަނޑައަޅާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަންކަން ކުރެއްވުމާއި، އިންތިޒާމުތައް ހަމަޖެއްސެވުމަށް ވެސް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިންޑިއާގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި ސޯލްޓް ލޭކް ސްޓޭޑިއަމްގައި ހިނގި ހާދިސާގައި ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ސެކިއުރިޓީ ފޯސްތަކާ ދެމެދު ހިނގި ހަމަނުޖެހުން ތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ވަނީ އަނިޔާ ވެސް ވެފަ އެވެ. އަދި އެ ވަގުތު ދަނޑުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހުރި ބައެއް ސާމާނު ތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

މެސީ ފަދަ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިޔަކު ބައިވެރިވާ ޙަރަކާތެއް ރާވައި ހިންގުމުގައި ފެނިފައި ވަނީ ވަރަށް ދަށް ފެންވަރުގެ އިންތިޒާމު ތަކެއް ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. ޚާއްސަކޮށް އެތައް ހާސް ބަޔަކު އެއްވެ ތިބިއިރު، މެސީ އަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރެވެން ޖެހޭ ކަމަށް ބުނެ ގިނަ ބައެއްގެ ނުރުހުން ވެސް އަމާޒުވެފައިވެ އެވެ. 

ތިން ދުވަހަށް އިންޑިއާ އަށް ކުރާ ދަތުރުގައި މެސީ، އިންޑިއާގެ ޗީފް މިނިސްޓަރުންނާއި، އެގްޒެކްޓިވް އިސްވެރިން އަދި ބޮލީވުޑްގެ ތަރިންނާ ވެސް ބައްދަލު ކުރާނެ އެވެ. މީގެ އިތުރުން، ހޯމަ ދުވަހުގެ ވަގުތެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ވެސް މެސީ ބައްދަލު ކުރާނެ ކަމަށް ބުނެފައިވެ އެވެ. 

މިއީ މެސީ އިންޑިއާ އަށް އައި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2011 ވަނަ އަހަރު ވެސް މެސީ ވަނީ އިންޑިއާ އަށް ގޮސްފަ އެވެ. އެއީ ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި ވެެނެޒުއެލާއާ ދެކޮޅަށް ކުޅުމަށެވެ. އެފަހަރު ވެސް މެޗު ކުޅެފައި ވަނީ ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގަ އެވެ. އެ މެޗުގައި އާޖެންޓީނާ އިން ވަނީ 1-0 އިން ވެނެޒުއެލާގެ މައްޗަށް ކުރި ހޯދައިފަ އެވެ.  

އިންޑިއާއިންޓަ މިއާމީލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު