Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕް އާއި އެމެރިކާ އޮތީ އީރާން އިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި

މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، ސަރަހައްދީ ހަމަޖެހުމަށްޓަކައި ހުށަހަޅާފައިވާ ކަންކަމަށް އީރާން އިން ދޭނެ ޖަވާބެއް ބަލަމުން އަންނަ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މެއި 2026 | ހޮނިހިރު 03:12
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އިން އެންމެ ފަހުން ހުށަހަޅާފައިވާ ސުލްޙައިގެ ހުށަހެޅުމާ ގުޅޭ ގޮތުން އީރާން އިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އެ ޤައުމުގެ ސަރުކާރު އޮތް ކަމަށް ބުނެފި އެވެ.

އޭއެފްޕީ ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭ ވަގުތެއްގައި އީރާން އިން އެ ހުށަހެޅުމަށް ޖަވާބު ދޭނެ ކަމަށް ޓްރަމްޕް އާއި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން އުންމީދު ކުރައްވަ އެވެ. އެހެންކަމުން އެމެރިކާ މިހާރު އޮތީ އީރާންގެ ޖަވާބެއް ނުވަތަ ނިންމުމެއްގެ އިންތިޒާރުގަ އެވެ. 

މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، ސަރަހައްދީ ހަމަޖެހުމަށްޓަކައި ހުށަހަޅާފައިވާ ކަންކަމަށް އީރާން އިން ދޭނެ ޖަވާބެއް ބަލަމުން އަންނަ ކަމަށެވެ. އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ވެސް ވަނީ، އީރާންގެ ރަސްމީ ޖަވާބު ލިބޭނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ބުނެފަ އެވެ. ނަމަވެސް، އެ ހުށަހެޅުމުގެ ތަފްސީލުތައް މިހާތަނަށް ރަސްމީކޮށް ހާމަ ކޮށްފައި ނުވެ އެވެ. 

މި ސުލްޙައިގެ ހުށަހެޅުމަކީ ދެ ޤައުމުގެ ދެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ދެކެމުންނެވެ. އެމެެރިކާ ސަރުކާރުން ބުނެފައި ވަނީ، އީރާން އިން ދޭ ޖަވާބަކަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި އަޅާނެ ފިޔަވަޅު ތަކެއް ނިންމާނެ ކަމަށެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ސިޔާސީ އަދި އަސްކަރީ ނުތަނަވަސް ކަމަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤުވާމީ މައިދާނުގައި ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި، އީރާން އިން ދޭ ޖަވާބަކީ މުޅި ސަރަހައްދުގެ މަސްރަހަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމެއް ކަމަށް ބެލެވެ އެވެ. އެކަމާ ގުޅޭ ގޮތުން އީރާންގެ ސަރުކާރުން މިހާތަނަށް ރަސްމީ އެއްޗެއް ބުނެފައި ނުވެ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް

އިތުރަށް ކިޔާލަން

08 މެއި 2026

އީރާންގެ ސިފައިންގެ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

08 މެއި 2026
އީރާންގެ ސިފައިންގެ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
08 މެއި 2026

ހަމަލާ ތަކެއް ބަދަލު ކުރި ނަމަވެސް، ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ކުރިއަަށްދާ ކަމަށް

08 މެއި 2026
ހަމަލާ ތަކެއް ބަދަލު ކުރި ނަމަވެސް، ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ކުރިއަަށްދާ ކަމަށް
08 މެއި 2026

ޔޫއޭއީއަށް ދިން މިސައިލް ހަމަލާ ހުއްޓުވައިފި ކަމަށް އެ ގައުމުން ބުނެފި

08 މެއި 2026
ޔޫއޭއީއަށް ދިން މިސައިލް ހަމަލާ ހުއްޓުވައިފި ކަމަށް އެ ގައުމުން ބުނެފި
07 މެއި 2026

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމަކީ ކޮބާ؟ އީރާނުން އެކަންކަމަށް އެއްބަސްވާނެތަ؟

07 މެއި 2026
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމަކީ ކޮބާ؟ އީރާނުން އެކަންކަމަށް އެއްބަސްވާނެތަ؟
07 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙައިގެ އަލި މަގެއް ފެންނާތީ، ޕާކިސްތާންގެ މަރުޙަބާ

07 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙައިގެ އަލި މަގެއް ފެންނާތީ، ޕާކިސްތާންގެ މަރުޙަބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު