Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ ސިފައިންގެ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

އީރާން އިން ދިން ހަމަލާ ތަކުގައި އެމެރިކާގެ ސިފައިންގެ އެއްވެސް އާލާތަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް، އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވޭ. އެމެރިކާގެ ސެންޓްކޮމް އިން ބުނީ ހަނގުރާމަ އިތުރަށް ފުޅާ ވުމަކީ އެމީހުން ބޭނުންވާ ގޮތެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މެއި 2026 | ހުކުރު 11:48
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ލޯގޯ އާއި ހޯރްމޫޒް ކަނޑުއޮޅީގެ ޗާޓު ފެންނަ ކުރެހުމެއް.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ލޯގޯ އާއި ހޯރްމޫޒް ކަނޑުއޮޅީގެ ޗާޓު ފެންނަ ކުރެހުމެއް. | ރޮއިޓާސް

އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާ ދިނުމުގައި ޒިންމާވަން ޖެހޭ އީރާންގެ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، އީރާން އިން އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދީފައިވާ ހަމަލާ ތަކަކީ އެއްވެސް ސަބަަބެއް ނެތި ދިން ހަމަލާ ތަކެއް ކަމަށެވެ. 

މީގެ ކުރިން އީރާންގެ އަސްކަރީ ކޮމާންޑުން ބުނީ، އެމެރިކާ އިން ހޮރްމޫޒް ކަނޑު އޮޅީގައި ދަތުރު ކުރަމުން ދިޔަ އީރާންގެ ބައެއް އުޅަނދު ތަކާއި، އީރާންގެ ބައެއް ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށެވެ،. އަދި އެއީ އެމެރިކާ އިން ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އީރާން އިން ތުހުމަތު ކޮށްފައިވެ އެވެ. 

އެމެރިކާގެ އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައި ވަނީ، އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާ ދީފައިވާ އީރާންގެ ތަންތަނަށް ހަމަލާ އަމާޒު ކުރި ކަމަށެވެ. އޭގެ ތެރޭހައި މިސައިލް އާއި ޑްރޯން ދޫކުރާ ތަންތަނާއި، ކޮމާންޑް އެންޑް ކޮންޓްރޯލް ތަންތަނާއި، އިންޓެލިޖެންސް އަދި ސާވެއިލެންސް އަދި ރިކޮނިސެންސް ނޯޑްތައް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެމެރިކާގެ ނޭވީގެ ތިން ޑިސްޓްރޯޔަރު ކަމަށްވާ ޓްރަކްސްޓަން، ޕެރާލްޓް އަދި މޭސަން ހޮރްމޫޒް ކަނޑު އޮޅިން، އޮމާން ކަނޑަށް ދަތުރު ކުރަމުން ދިޔަ ވަގުތު އީރާންގެ ގިނަ މިސައިލްތަކާއި ޑްރޯންތަކާއި ކުދި ބޯޓު ތަކުން ހަމަލާ އަމާޒު ކުރި ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވެ އެވެ. 

އީރާން އިން ދިން ހަމަލާ ތަކުގައި އެމެރިކާގެ ސިފައިންގެ އެއްވެސް އާލާތަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް، އެމެރިކާ އަސްކަރިއްޔާ އިން ބުނެފައިވެ އެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ ހަނގުރާމަ އިތުރަށް ފުޅާ ވުމަކީ އެމީހުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. ނަމަވެސް، އެމެރިކާ ސިފައިން ރައްކާތެރި ކުރުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ބުނެފައިވެ އެވެ. 

މި ހަމަލާ ތަކުގެ ސަބަބުން، މިދިޔަ އޭޕްރީލް މަހު އެކުލަވާލާފައިވާ ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަށް ކުރާނީ ކޮން އަަސަރު ތަކެއް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް، އެމެރިކާގެ ސެންޓްކޮމް އިން ބުނީ، މި ހަމަލާ ތަކަކީ އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ގޮތުން ދީފައިވާ ހަމަލާ ތަކެއް ކަމަށެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސެންޓްކޮމް

އިތުރަށް ކިޔާލަން

08 މެއި 2026

ހަމަލާ ތަކެއް ބަދަލު ކުރި ނަމަވެސް، ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ކުރިއަަށްދާ ކަމަށް

08 މެއި 2026
ހަމަލާ ތަކެއް ބަދަލު ކުރި ނަމަވެސް، ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ކުރިއަަށްދާ ކަމަށް
08 މެއި 2026

ޔޫއޭއީއަށް ދިން މިސައިލް ހަމަލާ ހުއްޓުވައިފި ކަމަށް އެ ގައުމުން ބުނެފި

08 މެއި 2026
ޔޫއޭއީއަށް ދިން މިސައިލް ހަމަލާ ހުއްޓުވައިފި ކަމަށް އެ ގައުމުން ބުނެފި
07 މެއި 2026

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމަކީ ކޮބާ؟ އީރާނުން އެކަންކަމަށް އެއްބަސްވާނެތަ؟

07 މެއި 2026
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމަކީ ކޮބާ؟ އީރާނުން އެކަންކަމަށް އެއްބަސްވާނެތަ؟
07 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙައިގެ އަލި މަގެއް ފެންނާތީ، ޕާކިސްތާންގެ މަރުޙަބާ

07 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙައިގެ އަލި މަގެއް ފެންނާތީ، ޕާކިސްތާންގެ މަރުޙަބާ
07 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަަލައިގައި ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން މަޝްވަރާ ކުރައްވައިފި

07 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަަލައިގައި ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު