Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޔޫއޭއީއަށް ދިން މިސައިލް ހަމަލާ ހުއްޓުވައިފި ކަމަށް އެ ގައުމުން ބުނެފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ދިން ހަމަލާތަކެއް އެމެރިކާގެ އަސްކަރިއްޔާއިން ނާކާމިޔާބުކޮށްލައި، އަމިއްލަ ދިފާއުގައި އީރާނުގެ އަމާޒުތަކަށް ރައްދު ހަމަލާދީފި ކަމަށް އެމެރިކާ އިން ބުނޭ. މި ކުރިމަތިލުންތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އެ އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައި. މި ހަމަލާތަކުގައި އެމެރިކާގެ އެއްވެސް މަނަވަރަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، މަސްރަހު އިތުރަށް ގޯސްކުރަން ބޭނުންނުވާ ކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފައި.

ރާއްޖެ އެމްވީ | 8 މެއި 2026 | ހުކުރު 08:29
އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގައި ހުންނަ އެމިރޭޓްސް ޓަވަރުގެ އޮބްޒަވޭޝަން ޑެކުން 23 ޑިސެމްބަރު 2018 ގައި އެ ސިޓީ ފެންނަ މަންޒަރެއް.

އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގައި ހުންނަ އެމިރޭޓްސް ޓަވަރުގެ އޮބްޒަވޭޝަން ޑެކުން 23 ޑިސެމްބަރު 2018 ގައި އެ ސިޓީ ފެންނަ މަންޒަރެއް. | ރޮއިޓާސް

އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަނެއްކާވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެކުވެރި އަރަބި އިމާރާތަށް އަމާޒުކޮށް ދިން މިސައިލް އަދި ޑްރޯން ހަމަލާތަކެއް އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމްތަކުން ހުއްޓުވަމުންދާ ކަމަށް ޔޫއޭއީގެ މިނިސްޓްރީ އޮފް ޑިފެންސުން އިއުލާނުކޮށްފިއެވެ.

ވައިގެ މަގުން ދިން މި ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވުމުގެ ތެރޭގައި ބިމަށް ވެއްޓިފައިވާ އެއްވެސް ކަހަލަ ކުނިބުންޏާއި ނުވަތަ ބައިތަކަކާ ކައިރިނުވުމަށާއި، އޭގައި އަތްނުލުމަށާއި އަދި ފޮޓޯ ނުނެގުމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ރައްޔިތުންނަށް އިރުޝާދު ދީފައިވެއެވެ.

މި ހާދިސާގެ އެތައް ގަޑިއިރެއް ކުރިން، ބުރާސްފަތި ދުވަހުގެ ރޭ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ތިން މަނަވަރަކަށް އީރާނުން ދިން ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށާއި، އެމެރިކާގެ ސިފައިންނަށް ހަމަލާދިނުމުގައި ބޭނުންކުރި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް އުދުވާނަކާ ނުލައި އީރާނުން ދިން ހަމަލާތައް އެމެރިކާގެ ސިފައިން ހުއްޓުވާފައިވާ ކަމަށާއި، އަދި އަމިއްލަ ދިފާއުގައި އީރާނުގެ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އެއްވެސް މަނަވަރަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި މަސްރަހު އިތުރަށް ގޯސްކުރަން އެމެރިކާއިން ބޭނުންނުވާ ކަމަށާއި، ނަމަވެސް އެމެރިކާގެ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް ތައްޔާރީ ހާލަތުގައި އޮތް ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

ވޮޝިންގްޓަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ހަމަލާ ބަދަލުކުރުންތައް ހިނގަމުންދިޔަ ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށެވެ.

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ މި ނާޒުކު އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އޭޕްރިލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި އެއްބަސްވުމަށް އަންނަނީ އަމަލުކުރަމުންނެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު ފެށުނު މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، މިދިޔަ މަހު ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ދެ ގައުމުގެ ދެމެދުގައި ބޭއްވި ސީދާ މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ނުކުމެފައެއް ނުވެއެވެ.

އީރާން-އެމެރިކާޔުނައިޓެޑް އަރަބް އެމިރޭޓްސްޑޮނަލްޑް ޓްރަމްޕްހޮރްމޫޒް ކަނޑުއޮޅި

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމަކީ ކޮބާ؟ އީރާނުން އެކަންކަމަށް އެއްބަސްވާނެތަ؟

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމަކީ ކޮބާ؟ އީރާނުން އެކަންކަމަށް އެއްބަސްވާނެތަ؟

07 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙައިގެ އަލި މަގެއް ފެންނާތީ، ޕާކިސްތާންގެ މަރުޙަބާ

އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙައިގެ އަލި މަގެއް ފެންނާތީ، ޕާކިސްތާންގެ މަރުޙަބާ

07 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަަލައިގައި ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން މަޝްވަރާ ކުރައްވައިފި

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަަލައިގައި ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން މަޝްވަރާ ކުރައްވައިފި

07 މެއި 2026
ދެކުނު ކޮރެއާގެ ބޯޓަކަށް އީރާން އިން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފި

ދެކުނު ކޮރެއާގެ ބޯޓަކަށް އީރާން އިން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފި

07 މެއި 2026
ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

07 މެއި 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު