Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަަލައިގައި ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން މަޝްވަރާ ކުރައްވައިފި

އެކްސްގައި ކުރެއްވި ޕޯސްޓުގައި މެކްރޮން ވަނީ، މި ފުރުސަތުގެ ބޭނުން ހިފުމަށް އީރާންގެ ރައީސް ޕެޒެޝްކިއާން އަށް ދައުވަތު ދެއްވާފައި. އަދި އެ މައުޟޫގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވާހަކަ ދައްކަވައި، މަޝްވަރާ ކުރެއްވުމަށް ވިސްނަވާ ކަމަށް ވެސް މެކްރޮން ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 މެއި 2026 | ބުރާސްފަތި 08:57
ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން.

ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން. | ގެޓީ އިމޭޖަސް

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު މެކްރޮން ވިދާޅުވީ، ޕެޒެޝްކިއާން އާއެކު މަޝްވަރާ ތަކެއް ބާއްވާފައިވާ ކަަމަށާއި، އެ މަޝްވަރާ ތަކުގައި ހޮރްމޫޒް ކަނޑު އޮޅީގައި ކުރިއަށްދާ ދަތުރުފަތުރުގެ ކަންކަމާއި، މިނިވަން ކަމާ އެކު ދަތުރު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. 

މެކްރޮން އިތުރަށް ވިދާޅުވީ، ހޮރްމޫޒް ކަނޑު އޮޅީގެ ސަލާމަތާއި، ދަތުރުފަތުރަށް މަގު ފަހި ކުރުމަށް، ބައިނަލްއަޤުވާމީ މިޝަނެއް ޤާއިމު ކުރުމަށް ފްރާންސް އާއި އިނގިރޭސިިވިލާތް ގުޅިން ކުރަމުން އަންނަ މަސައްކަތް ބައްލަވައި، އެކަމާ މެދު ވިސްނެވުމަށް އީރާންގެ ރައީސް އަށް އިލްތިމާސް ކުރެއްވި ކަމަށެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓުގައި މެކްރޮން ވަނީ، މި ފުރުސަތުގެ ބޭނުން ހިފުމަށް އީރާންގެ ރައީސް ޕެޒެޝްކިއާން އަށް ދައުވަތު ދެއްވައިފަ އެވެ. އަދި އެ މައުޟޫގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވާހަކަ ދައްކަވައި، މަޝްވަރާ ކުރެއްވުމަށް ވިސްނަވާ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ. 

އީރާންގެ ސަރުކާރުގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ފޯނު ކޯލުގައި ޕެޒެޝްކިއާން ވަނީ ބައިނަލްއަޤުވާމީ ޤާނޫނު ތަކުގެ ދަށުން އީރާންގެ ރައްޔިތުންގެ ހައްގުތައް ހާސިލު ކުރުމަށާއި، ހަނގުރާމަ ނިންމުމަށް ޑިޕްލޮމެޓިކް ގޮތުން ސީރިއަސްކޮށް މަސައްކަތް ކުރަން އީރާން ތައްޔާރަށް އޮތް ކަމަށް ފާހަގަ ކުރައްވައިފަ އެވެ. 

އީރާންގެ ސަރުކާރުގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާންގެ ރައީސް ވަނީ އެ ޤައުމުން އެމެރިކާ އަށް އިތުބާރު ނުކުރާ ކަމަށް ފާހަގަ ކުރައްވައިފަ އެވެ. އަދި އެކަމުގެ ސަަބަބެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ އެމެރިކާ އިން ހިންގާ ޢަދާވާތްތެރި އަމަލު ތަކެވެ. އެންމެ ފަހުން ޙަމަލާދިން ދެ ފަހަރު ވެސް، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފައި ވަނީ މަޝްވަރާތައް ކުރިއަށް ދަނިކޮށެވެ. 

ހޮރްމޫޒް ކަނޑު އޮޅި އޮންނަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު މަގެއްގެ ގޮތުގަ އެވެ. މި ސަރަހައްދުގައި ދެކޮޅުވެރިކަން އިތުރު ވުމުން، ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި އަަސަރު ތަކެއް އަންނަނީ ކުރަމުންނެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއެމަނުއަލް މެކްރޯން

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު ކޮރެއާގެ ބޯޓަކަށް އީރާން އިން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފި

ދެކުނު ކޮރެއާގެ ބޯޓަކަށް އީރާން އިން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެ ޤައުމުން ދޮގު ކޮށްފި

07 މެއި 2026
ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

07 މެއި 2026
އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑު، ނޫން ނަމަ ހަމަލާ ދޭނަން: ޓްރަމްޕް

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑު، ނޫން ނަމަ ހަމަލާ ދޭނަން: ޓްރަމްޕް

07 މެއި 2026
އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: މަޖިލިސް ރައީސް

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: މަޖިލިސް ރައީސް

07 މެއި 2026
އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވަރަށް ގާތް ކަމަށް ބުނެފި

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވަރަށް ގާތް ކަމަށް ބުނެފި

06 މެއި 2026

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު