Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑު، ނޫން ނަމަ ހަމަލާ ދޭނަން: ޓްރަމްޕް

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަރަށް ރަނގަޅު ވާހަކަ ތަކެއް ދެކެވިފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 މެއި 2026 | ބުރާސްފަތި 06:22
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި، އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި، ނޫން ނަމަ އީރާން އަށް އަލުން ހަމަލާތައް ދޭން ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހު ޓްރަމްޕް ވިދާޅުވީ، އީރާން އިން އެއްބަސްވުމަކަށް އަތުވެއްޖެ ނަމަ، އަދި ހުށަހަޅާފައިވާ ކަންކަމަށް އެއްބަސްވެއްޖެ ނަމަ ހަނގުރާމަ ނިމޭނެ ކަމަށެވެ. ނަމަވެސް، އެކަން ނުކުރެވިއްޖެ ނަމަ އަލުން ބޮމުގެ ހަމަލާތައް ފެށޭނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވީ ނަމަވެސް، އެމެރިކާ އިން ހުށަހަޅާފައިވާ ކަންކަމަށް އީރާން އިން ވަކި ޖަވާބެއް ދީފައި ނުވެ އެވެ. އީރާން އިން ބުނެފައި ވަނީ އެމެރިކާގެ ޖަވާބު އެ ޤައުމުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ. މަޝްވަރާ ތަކުގައި ބައިވެރިވާ އީރާންގެ މަންދޫބުން ވަނީ، އެމެރިކާ އިން މަޝްވަރާގެ ވާހަކަތައް ލަސް ކުރަމުން އަންނަ ކަމަށް ތުހުމަތު ކޮށްފަ އެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަރަށް ރަނގަޅު ވާހަކަ ތަކެއް ދެކެވިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެއްބަސްވުން ފުރިހަމަ ކުރެވިދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، އީރާން އިން އަދިވެސް ގެންދަނީ އެމެރިކާގެ ހުށަހެޅުން ދިރާސާ ކުރަމުން ކަމަށެވެ. އަދި އީރާން އިން އެކަން ރަނގަޅަށް ބަލައި، އެ ޤައުމުގެ ރައުޔު ފައިނަލް ކުރުމަށް ފަހު ޕާކިސްތާންއާ ހިއްސާ ކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ޕާކިސްތާން އަކީ މި މަޝްވަރާ ތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤައުމެވެ. 

ސުލްޙައި މަޝްވަރާ ތަކުގައި އަމަލީ ގޮތުން ބައިވެރިވާ ޕާކިސްތާންގެ އޮފިޝަލުންނާ ހަވާލާދީ ބުދަ ދުވަހު ރޮއިޓާސް އިން ވެސް ވަނީ، ވަރަށް އަވަހަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެެއްގައި އެމެރިކާ އާއި އީރާން އިން ސޮއި ކޮށްފާނެ ކަމަށް ބުނެފަ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: މަޖިލިސް ރައީސް

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: މަޖިލިސް ރައީސް

07 މެއި 2026
އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވަރަށް ގާތް ކަމަށް ބުނެފި

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވަރަށް ގާތް ކަމަށް ބުނެފި

06 މެއި 2026
އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނަތަންޔާހޫ ވަރަށް ޕްރެޝަރު ކުރި: އޮބާމާ

އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނަތަންޔާހޫ ވަރަށް ޕްރެޝަރު ކުރި: އޮބާމާ

06 މެއި 2026
އިޒްރޭލްއާ މެދު ގެންގުޅޭ ވަންހަނާ ނިއުކްލިއާ ސިޔާސަތު ހާމަ ކުރުމަށް، ޑިމޮކްރެޓިކް ޕާޓީގެ 30 މެމްބަރަކު ގޮވާލައްވައިފި

އިޒްރޭލްއާ މެދު ގެންގުޅޭ ވަންހަނާ ނިއުކްލިއާ ސިޔާސަތު ހާމަ ކުރުމަށް، ޑިމޮކްރެޓިކް ޕާޓީގެ 30 މެމްބަރަކު ގޮވާލައްވައިފި

06 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

06 މެއި 2026

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު