Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: މަޖިލިސް ރައީސް

އެމެރިކާގެ މީޑިއާތަކުން ފަތުރާ ރިޕޯޓުތަކަކީ ނަފްސާނީ ހަނގުރާމައެއްގެ ގޮތުގައި އީރާނުގެ މަޖިލިސް ރައީސް ސިފަކުރައްވައި، އެ ގައުމާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތުތައް ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެއްޖެ. އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް ކޮންޓްރޯލް ވަރުގަދަކުރުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބާރުގެ ބޭނުންކޮށްގެން އެ ސަރަހައްދު ހުޅުވުމަށް ރޭވި މަޝްރޫއު މަޑުޖައްސާލާފައި. އީރާނުން ބުނަމުންދަނީ އެމެރިކާއިން އަޅާފައިވާ ޣައިރު ގާނޫނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް ދޫ ނުދޭނެ ކަމަށް.

ރާއްޖެ އެމްވީ | 7 މެއި 2026 | ބުރާސްފަތި 05:58
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، މުޙައްމަދު ބާގިރު ގާލީބާފް.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، މުޙައްމަދު ބާގިރު ގާލީބާފް. | ގެޓީ އިމޭޖަސް

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ، އީރާނުގެ މަޖިލިސް (ޕާލަމެންޓް) ގެ ރައީސް އެ ވާހަކަތައް ދޮގުކުރައްވައިފިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ އެމެރިކާގެ މީޑިއާތަކުން ތަކުރާރުކޮށް ފަތުރަމުންދާ ދޮގު މައުލޫމާތުތަކުގެ ބައެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޙައްމަދު ބާގިރު ގާލީބާފް ވަނީ، އެމެރިކާގެ ނޫހެއް ކަމަށްވާ "އެކްސިއޯސް" އިން ޝާއިއުކޮށްފައިވާ ރިޕޯޓުތަކަށް އިޝާރާތް ކުރައްވައި، މަލާމާތުގެ ރޫހެއްގައި އެއީ "އޮޕަރޭޝަން ފޯކްސިއޯސް" (Operation Fauxios) ގެ ގޮތުގައި ސިފަކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ ރިޕޯޓުތައް ފެތުރުމަކީ އެމެރިކާގެ މީޑިއާތަކުން އާންމުކޮށް ގެންގުޅޭ އުސޫލެކެވެ. ވަކި ފަރާތެއް ހާމަނުކޮށް "މަސްދަރުތަކާ" ހަވާލާދީ ފަތުރާ މިފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށާއި، ފަހުން އެއީ ދޮގު ވާހަކަތަކެއްކަން އަބަދުވެސް ސާބިތުވާ ކަމަށް ގާލީބާފް ފާހަގަކުރެއްވިއެވެ.

ގާލީބާފް އިތުރަށް ވިދާޅުވީ، މި ނަފްސާނީ ހަނގުރާމަ ފަށާފައިވަނީ "އޮޕަރޭޝަން ޓްރަސްޓް މީ ބްރޯ" ނާކާމިޔާބުވުމާ ގުޅިގެން ކަމަށެވެ. އަދި އެމެރިކާއިން އެންމެ ފަހުން ހިންގި އުދުވާނުގައި، އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި ހަތުރުވެރި ނިޔަތް ނާކާމިޔާބުވެ، އޭނާ މާޔޫސްވެފައިވާ ކަމަށްވެސް ގާލީބާފް ވިދާޅުވިއެވެ.

އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނާ ދެކޮޅަށް އުދުވާނީ ހަމަލާތަކެއް ދީފައިވަނީ ފެބްރުއަރީ 28 އިން އޭޕްރީލް 7 އާ ދެމެދުގައެވެ.

އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ޓްރަމްޕް ވަނީ އަމިއްލަފުޅަށް ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލިކަން އިއުލާނުކުރައްވާފައެވެ. މިއީ އީރާނުން އެމެރިކާގެ އުދުވާނަށް ރައްދުދީ، ކާމިޔާބުކަމާއެކު މަދުވެގެން 100 ފަހަރު ވަރުގަދަ ހަމަލާތަކެއް ދީފައިވަނިކޮށެވެ.

ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ސިހުމެއް ގެނުވި ފިޔަވަޅެއްގެ ގޮތުން، އީރާނުން ވަނީ ދުޝްމަނުންނަށާއި އެމީހުންގެ ބައިވެރިންނަށް ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އަދި އެމެރިކާއިން އީރާނާ ދެކޮޅަށް ޣައިރު ގާނޫނީ ކަނޑުގެ ބްލޮކޭޑެއް ނުވަތަ ދަތިކުރުމުގެ ފިޔަވަޅެއް ދަމަހައްޓަމުން ދިއުމާ ގުޅިގެން، އީރާނުން ވަނީ އެ ސަރަހައްދުގެ ކޮންޓްރޯލް ކުރިއަށްވުރެ ބޮޑަށް ވަރުގަދަކޮށްފައެވެ.

އެމެރިކާއިން އަޅާފައިވާ ބްލޮކޭޑް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް މަޝްވަރާގެ މޭޒަށް އެނބުރި ނުދާނެ ކަމަށް އީރާނުން ވަނީ ނިންމާފައެވެ. އީރާނުން ދައްކަމުންދާ ސާބިތުކަމާއެކު، މިދިޔަ ބުދަ ދުވަހު ޓްރަމްޕް ވަނީ، ބާރުގެ ބޭނުންކޮށްގެން ކަނޑުއޮޅި ހުޅުވުމަށް އަމާޒުކޮށްގެން ރާވާފައިވާ "ޕްރޮޖެކްޓް ފްރީޑަމް" މަޑުޖައްސާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

އީރާން-އެމެރިކާމުހައްމަދު ބާގިރު ގަލިބާފްހޮރްމޫޒް ކަނޑުއޮޅިއީރާން-އިޒްރޭލްޕްރޮޖެކްޓް ފްރީޑަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވަރަށް ގާތް ކަމަށް ބުނެފި

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވަރަށް ގާތް ކަމަށް ބުނެފި

06 މެއި 2026
އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނަތަންޔާހޫ ވަރަށް ޕްރެޝަރު ކުރި: އޮބާމާ

އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނަތަންޔާހޫ ވަރަށް ޕްރެޝަރު ކުރި: އޮބާމާ

06 މެއި 2026
އިޒްރޭލްއާ މެދު ގެންގުޅޭ ވަންހަނާ ނިއުކްލިއާ ސިޔާސަތު ހާމަ ކުރުމަށް، ޑިމޮކްރެޓިކް ޕާޓީގެ 30 މެމްބަރަކު ގޮވާލައްވައިފި

އިޒްރޭލްއާ މެދު ގެންގުޅޭ ވަންހަނާ ނިއުކްލިއާ ސިޔާސަތު ހާމަ ކުރުމަށް، ޑިމޮކްރެޓިކް ޕާޓީގެ 30 މެމްބަރަކު ގޮވާލައްވައިފި

06 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

06 މެއި 2026
ޕާކިސްތާން އާއި އެހެން ޤައުމު ތަކުގެ އެދުމުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮޕަރޭޝަން އެމެރިކާ އިން މެދު ކަނޑާލައިފި

ޕާކިސްތާން އާއި އެހެން ޤައުމު ތަކުގެ އެދުމުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮޕަރޭޝަން އެމެރިކާ އިން މެދު ކަނޑާލައިފި

06 މެއި 2026

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު