Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-ސްރީލަންކާ

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް ފަހުމުނާމާއެއް ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް 60 އަހަރުވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އިޤްތިޞާދީ، ތަޢުލީމީ، ޞިއްޙީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދެ ޤައުމުގެ އިސްވެރިން ވަނީ މަޝްވަރާކުރައްވާފައެވެ. ދެ ޤައުމުގެ ތަރައްޤީގައި އެއް ޤައުމުން އަނެއް ޤައުމަށް ވެދޭ އެހީތެރިކަން ފާހަގަކުރައްވައި، ކުރިމަގުގައިވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ވަނީ އެއްބަސްވެފައެވެ.

މަޚްތޫމް
މަޚްތޫމް | 4 މެއި 2026 | ހޯމަ 14:06
ރާއްޖެއާއި ލަންކާއާއި ދެމެދު ފަހުމުނާމާތައް ބަދަލުކުރަނީ.

ރާއްޖެއާއި ލަންކާއާއި ދެމެދު ފަހުމުނާމާތައް ބަދަލުކުރަނީ. | ރައީސް އޮފީސް

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް ފަހުމުނާމާއެއް ބަދަލުކޮށްފި އެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅުންހުރި ހަތް ފަހުމުނާމާއެއް، ދެ ޤައުމުން ވަނީ ބަދަލުކޮށްފަ އެވެ. މި ރަސްމިއްޔާތުގައި، ޒުވާނުން ތަރައްޤީކުރުމާއި، އަރުޝީފުކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާއި، ޞިއްޙީ އަދި ދިފާޢީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި ގުޅުންބަދަހިކުރުމާއި، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ ދާއިރާގައި އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތައް ވަނީ ބަދަލުކޮށްފަ އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ދެ ޤައުމުން ރަސްމީ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެން ކުރިއަށްގެންދެވި މި މަޝްވަރާތައް ބާއްވަވާފައިވަނީ، މިއަދު ކޮލަމްބޯގެ ޕްރެސިޑެންޝަލް ސެކްރެޓޭރިއަޓްގަ އެވެ.

މަޝްވަރާތަކުގައި ދެބޭފުޅުން ވަނީ، އަވަށްޓެރި ދެ ޤައުމުގެ ދެމެދުގައިވާ 60 އަހަރުވީ ސިޔާސީ ގުޅުމުގެމައްޗަށް އަލިއަޅުއްވާލާފަ އެވެ. ދެޤައުމުގެ ގުޅުމަށް 60 އަހަރު ފުރިފައިވަނީ ޖުލައި 2025 ގަ އެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންނާ ސްރީލަންކާގެ ރައްޔިތުންނާ ދެމެދު އޮންނަ ބަދަހި ގުޅުން ފާހަގަކުރައްވައި، ދެޤައުމުގެ ތަރައްޤީގައި ކޮންމެ ޤައުމަކުންވެސް އަދާކުރަމުން އަންނަ ދައުރަށްވެސް ދެބޭފުޅުން އަލިއަޅުއްވާލެއްވި އެވެ.

ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ނިންމަވާލައްވާފައިވަނީ، އިޤްތިޞާދީ، ޒުވާނުންގެ ތަރައްޤީ، ތަޢުލީމް، ތާރީޚާއި ޘަޤާފަތް، ޞިއްޙީ، ދިފާޢީ، މަސްވެރިކަމުގެ ދާއިރާތައް ހިމެނޭހެން ދެޤައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭކަމަށް ދެކިވަޑައިގަންނަވާކަމުގައި، ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގަންނަވަމުންނެވެ.

ރަސްމީ މަޝްވަރާގައި، ދެޤައުމުގެ ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ވަގުތު ހުންނެވީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅެއްގައި، ސްރީލަންކާގަ އެވެ.

ރާއްޖެ-ސްރީލަންކާޑރ. މުޙައްމަދު މުޢިއްޒުއަނުރަ ކުމާރަ ދިސާނަޔަކަކޮލޮމްބޯ

އިތުރަށް ކިޔާލަން

03 މެއި 2026

ސަރުކާރުން އެއްވެސް ކަމެއް ނުކުރޭ، ކުރި ހުރިހާ ކަމެއް ވެސް އޮތީ ހުއްޓިފައި: އިހަވަންދޫ މޫސާ މަނިކު

03 މެއި 2026
ސަރުކާރުން އެއްވެސް ކަމެއް ނުކުރޭ، ކުރި ހުރިހާ ކަމެއް ވެސް އޮތީ ހުއްޓިފައި: އިހަވަންދޫ މޫސާ މަނިކު
03 މެއި 2026

ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ

03 މެއި 2026
ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ
03 މެއި 2026

ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަން ފޮނުވި ދައުވަތު، ހައި ކޮމިޝަނަރގެ ނަމުގައި!

03 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަން ފޮނުވި ދައުވަތު، ހައި ކޮމިޝަނަރގެ ނަމުގައި!
03 މެއި 2026

މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

03 މެއި 2026
މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު
01 މެއި 2026

މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހީ މި ސަރުކާރުން، ގެންގުޅެނީ ވަށާޖެހޭ އަދުލުވެރި ސިޔާސަަތެއް: ރައީސް

01 މެއި 2026
މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހީ މި ސަރުކާރުން، ގެންގުޅެނީ ވަށާޖެހޭ އަދުލުވެރި ސިޔާސަަތެއް: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު