Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވަރަށް ގާތް ކަމަށް ބުނެފި

ސުލްޙަ ޤާއިމު ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޕާކިސްތާންގެ މަސްދަރަކުން ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތްތައް ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މެއި 2026 | ބުދަ 11:14
އެމެރިކާ އާއި އީރާންގެ ދިދަ.

އެމެރިކާ އާއި އީރާންގެ ދިދަ. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ޙާލަތު ނިމުމަކަށް ގެނައުމަށްޓަކައި، އެއް ޞަފްހާގެ މައްޗަށް އެކުލެވޭ ޚާއްސަ މެމޯއެއްގައި ސޮއި ކުރުމާ ގާތަށް ދެ ޤައުމުން ޖެހިލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިކަން ހާމަ ކޮށްފައި ވަނީ ޞުލްޙައިގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ޕާކިސްތާންގެ މަސްދަރަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީ އިންނެވެ. 

ސުލްޙަ ޤާއިމު ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޕާކިސްތާންގެ މަސްދަރަކުން ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތްތައް ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި ދެ ޤައުމުގެ ދެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަކޮށް، ސުލްޙަ ޤާއިމު ކުރުމަށް ބޭނުންވާ މުހިންމު ކަންކަމާ މެދު މިހާރު ވަނީ ވަަރަށް ބޮޑަށް އެއްބަސްވުމަކަށް އާދެވިފައި ކަމަށް ވެސް އެ މަސްދަރުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. 

މި މައުލޫމާތަކީ މީގެ ކުރިން އެކްސިއޯސް ނިއުސް ވެބްސައިޓުން ޝާއިއު ކޮށްފައިވާ ރިޕޯޓަކަށް ބާރުދޭ ވާހަކަ ތަކެކެވެ. އެކްސިއޯސް އިން ކުރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އީރާން އިން ދަނީ ސަރަހައްދީ ހަމަޖެހުން ޤާއިމު ކުރުމަށްޓަކައި ކުރި އަދި ސީދާ އެއްބަސްވުމަކަށް އައުމަށް މަޝްވަރާ ކުރަމުންނެވެ. 

ޕާކިސްތާންގެ މަސްދަރުން އިތުރަށް ބުނެފައި ވަނީ، މިހާރު ކުރިއަށްދާ މަޝްވަރާ ތަކުގެ ތެރެއިން ދެ ޤައުމުން ވެސް ބޭނުން ވަނީ ދިގު ލައިގެންދާ ހަނގުރާމަ އަކަށް ދިޔުމުގެ ބަދަލުގައި، އަވަސް ޙައްލެއް ހޯދުމަށް ކަމަށެވެ. މިގޮތުން އެކުލަވާލެވޭ އެއް ޞަފްޙާގެ މެމޯ އަކީ، ދެ ޤައުމުގެ ދެ މެދުގައި އޮތް ދެބަސްވުންތައް ނިމުމަކަށް ގެނައުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ. 

އެމެރިކާ އާއި އީރާނުގެ ގުޅުން ފާއިތުވި ދުވަސް ތަކުގައި ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، މިފަދަ އެއްބަސްވުމަކަށް އާދެވުމަކީ މެދު އިރުމަތީގެ މަސްރަހަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސިޔާސީ މާހިރުން ދެކެ އެވެ. ނަމަވެސް މި މެމޯގައި ހިމެނޭ ތަފްސީލީ ކަންކަމާއި، އެއްބަސްވުން އިއުލާނު ކުރާނެ ސީދާ ތާރީޚެއް އަދި ރަސްމީ ފަރާތް ތަކުން ހާމަކޮށްފައި ނުވެ އެވެ. 

މި އެއްބަސްވުމާ ގުޅޭ ގޮތުން ޕާކިސްތާން އިން މެދުވެރިއެއްގެ ދައުރު އަދާ ކުރަމުންދާ އިރު، މިއީ ސަރަހައްދީ ސުލްހައަށްޓަކައި ކުރެވޭ ވަރަށް އުންމީދީ މަސައްކަތެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައި އެވެ. މަޝްވަރާތައް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިކަމުގެ ފަހުގެ ނިންމުންތައް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާން

އިތުރަށް ކިޔާލަން

06 މެއި 2026

އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނަތަންޔާހޫ ވަރަށް ޕްރެޝަރު ކުރި: އޮބާމާ

06 މެއި 2026
އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނަތަންޔާހޫ ވަރަށް ޕްރެޝަރު ކުރި: އޮބާމާ
06 މެއި 2026

އިޒްރޭލްއާ މެދު ގެންގުޅޭ ވަންހަނާ ނިއުކްލިއާ ސިޔާސަތު ހާމަ ކުރުމަށް، ޑިމޮކްރެޓިކް ޕާޓީގެ 30 މެމްބަރަކު ގޮވާލައްވައިފި

06 މެއި 2026
އިޒްރޭލްއާ މެދު ގެންގުޅޭ ވަންހަނާ ނިއުކްލިއާ ސިޔާސަތު ހާމަ ކުރުމަށް، ޑިމޮކްރެޓިކް ޕާޓީގެ 30 މެމްބަރަކު ގޮވާލައްވައިފި
06 މެއި 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

06 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި
06 މެއި 2026

ޕާކިސްތާން އާއި އެހެން ޤައުމު ތަކުގެ އެދުމުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮޕަރޭޝަން އެމެރިކާ އިން މެދު ކަނޑާލައިފި

06 މެއި 2026
ޕާކިސްތާން އާއި އެހެން ޤައުމު ތަކުގެ އެދުމުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮޕަރޭޝަން އެމެރިކާ އިން މެދު ކަނޑާލައިފި
06 މެއި 2026

ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި

06 މެއި 2026
ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު