Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ނަތަންޔާހޫ ވަރަށް ޕްރެޝަރު ކުރި: އޮބާމާ

ދަ ނިއު ޔޯކް މަޖައްލާ އިން ހޯމަ ދުވަހު ޝާއިއު ކުރި އިންޓަވިޔުއެއްގައި އޮބާމާ ވިދާޅުވީ، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުށަހެޅި ހުށަހެޅުންތަކާއި، ހެކިތައް އަދި ހަނގުރާމަ ފަށަން ޖެހޭ ކަމަށް ބުނާ ސަބަބުތައް މީގެ ކުރިން އޭނާގެ ވެރިކަމުގައި ވެސް ނަތަންޔާހޫ ހުށަހެޅުއްވި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 މެއި 2026 | ބުދަ 09:58
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ. | ގެޓީ އިމޭޖަސް

އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެދިވަޑައިގެން، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ވެރިކަމުގައި ވެސް ވަރަށް ޕްރެޝަރު ކުރިމަތި ކުރުވި ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ. 

ދަ ނިއު ޔޯކް މަޖައްލާ އިން ހޯމަ ދުވަހު ޝާއިއު ކުރި އިންޓަވިޔުއެއްގައި އޮބާމާ ވިދާޅުވީ، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުށަހެޅި ހުށަހެޅުންތަކާއި، ހެކިތައް އަދި ހަނގުރާމަ ފަށަން ޖެހޭ ކަމަށް ބުނާ ސަބަބުތައް މީގެ ކުރިން އޭނާގެ ވެރިކަމުގައި ވެސް ނަތަންޔާހޫ ހުށަހެޅުއްވި ކަމަށެވެ. 

އޭރު އޮބާމާގެ ވެރި ކަމުގެ ދައުރުގައި ނަތަންޔާހޫ އަށް އެކަން ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް، މިހާރު ނަތަންޔާހޫ އެކަން ކޮށްފައިވާ ކަމަށް އޮބާމާ ވިދާޅުވި އެވެ. ޓްރަމްޕްގެ ވެރި ކަމުގައި ނަތަންޔާހޫ އެކަން ކާމިޔާބު ކުރި ނަމަވެސް، އެފަދަ ހަނގުރާމައެއްގެ ސަބަބުން އިޒްރޭލްގެ ރައްޔިތުންނަށް، ނުވަތަ އެމެރިކާާގެ ރައްޔިތުންނަށް އެއިން ފައިދާއެއް އޮތް ކަމާ މެދު ޝައްކު އުފެދޭ ކަމަށް ވެސް އޮބާމާ ވަނީ ވިދާޅުވެފަ އެވެ. 

ތާރީޚީ ރެކޯޑު ތަކުން ސާފުކޮށް ދައްކާ ގޮތުގައި، އީރާންއާ ގުޅޭ ގޮތުން ނަތަންޔާހޫ އާއި އޭނާއާ ދެމެދު ވަރަށް ބޮޑު ޚިޔާލު ތަފާތުވުން ތަކެއް ހުރި ކަމަށް އޮބާމާ ފާހަގަ ކުރެއްވި އެވެ. އޮބާމާ ވިދާޅުވީ، ނަތަންޔާހޫއާ އޭނާއާ ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އޮތް ކަމަށާއި، އެކަން ޤަބޫލު ވެސް ކުރައްވާ ކަމަށެވެ.

އޮބާމާގެ ވެރި ކަމުގައި ވަނީ އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމެއް ޤާއިމުކޮށް، އެ ޤައުމަށް އިޤްތިޞާދީ ދަތިކަމުން ލުއި ތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް، އޭރު ވެސް އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އެކަމާ ވަރަށް ދެކޮޅު ހެއްދެވި އެވެ. އޮބާާމާގެ ވެރިކަމަށް ފަހު، 2015 ވަނަ އަހަރު ޓްރަމްޕްގެ ވެރި ކަމުގައި އެމެރިކާ އިން ވަނީ އީރާން އާއެކު އޮތް ނިއުކްލިއާ އެއްބަސްވުމުން ވަކިވެފަ އެވެ.

އީރާންއާ ދެކޮޅަށް ހަނގުރާމައެއް ކުރުމަކީ އިޒްރޭލްގެ ސަލާމަތަށް ބޭނުންތެރި ކަމެއް ކަމަށް ނަތަންޔާހޫ އަބަދު ވެސް ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް، އޮބާމާ އެކަމާ ދެކޮޅު ހައްދަވަ އެވެ. އޮބާމާގެ ނަޒަރުގައި އެފަދަ ހަނގުރާމަ އަކުން ސަރަހައްދަށް ބޮޑެތި ނުރައްކާ ތަކެއް ކުރިމަތި ވެދާނެ އެވެ. 

އީރާން އާއެކު ހަދާފައިވާ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށް ފަހު، ޓްރަމްޕްގެ ވެރި ކަމުގައި ވަނީ އެ ޤައުމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވައިފަ އެވެ. 

މަސްދަރު: މެމޯ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫބަރަކް އޮބާމާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލްއާ މެދު ގެންގުޅޭ ވަންހަނާ ނިއުކްލިއާ ސިޔާސަތު ހާމަ ކުރުމަށް، ޑިމޮކްރެޓިކް ޕާޓީގެ 30 މެމްބަރަކު ގޮވާލައްވައިފި

އިޒްރޭލްއާ މެދު ގެންގުޅޭ ވަންހަނާ ނިއުކްލިއާ ސިޔާސަތު ހާމަ ކުރުމަށް، ޑިމޮކްރެޓިކް ޕާޓީގެ 30 މެމްބަރަކު ގޮވާލައްވައިފި

06 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި ފްރާންސްގެ މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

06 މެއި 2026
ޕާކިސްތާން އާއި އެހެން ޤައުމު ތަކުގެ އެދުމުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮޕަރޭޝަން އެމެރިކާ އިން މެދު ކަނޑާލައިފި

ޕާކިސްތާން އާއި އެހެން ޤައުމު ތަކުގެ އެދުމުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮޕަރޭޝަން އެމެރިކާ އިން މެދު ކަނޑާލައިފި

06 މެއި 2026
ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި

ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި

06 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފި

06 މެއި 2026

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު