Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ އޮޕަރޭޝަން

ފުލުހުން ހިންގި "ކޮންޓްރޯލްޑް ޑެލިވަރީ" އޮޕަރޭޝަނެއްގައި، 21 ކިލޯގެ މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ރާއްޖެ އެތެރެކުރި 7 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތުމާ ގުޅިގެން ފުލުހުން ހިންގި "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނެއްގައި، މާލޭގެ ދެ އެޕާޓްމަންޓަކުން އިތުރު 13 ކިލޯގެ މަސްތުވާތަކެތި ހޯދައިފި. މި މައްސަލައާ ގުޅިގެން ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ކޯޓުން ވަނީ އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފަ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 8 މެއި 2026 | ހުކުރު 14:31
21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުން.

21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުން. | ޕޮލިސް މީޑިޔާ

މާލެ ސަރަހައްދުގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯއަށް ވުރެ ގިނަ މަސްތުވާ ތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ، މި މަހުގެ 4 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތި އަތުލައިގަތުމާ ގުޅިގެން ހިންގި "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނެކެވެ.

Advertisement - newsAdvertisement

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަން ފެށުނީ މި މަހުގެ 4 ވަނަ ދުވަހު ރާއްޖެ އައި ފުލައިޓަކުން އެތެރެކުރި 7 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެންނެވެ. އެ ތަކެތި އެތެރެކުރުމުގައި ބައިވެރިވި މީހުން ހޯދުމަށް ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް އިތުރު 13 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ، ހިޔާވަހި، އުމުރުން 27 އަހަރުގެ ޢަބްދުﷲ ރާއިފް އާއި، ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ އުމުރުން 43 އަހަރުގެ އެމް ޑީ ޖޯޝިމް އުއްޑިން އަދި 32 އަހަރުގެ މަމުން ދަލި އެވެ. މި މީހުންގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރުމުގެ ތުހުމަތެވެ.

ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ ރާއިފް ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި ބަންގްލަދޭޝްގެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. 

މާލެމޯލްޑިވްސް ކަސްޓަމްސް ސާރވިސް ޑްރަގް އެންފޯސްމަންޓް ވިންގުކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްމޯލްޑިވްސް ޕޮލިސް ސަރވިސްމަސްތުވާތަކެތި ޓްރެފިކްކުރުން

އިތުރަށް ކިޔާލަން

09 މެއި 2026

ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާ ދީފި

09 މެއި 2026
ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާ ދީފި
09 މެއި 2026

ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް

09 މެއި 2026
ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް
08 މެއި 2026

21 ކިލޯ މަސްތުވާތަކެތި ހޯދައި ތިން މީހުން ހައްޔަރުކޮށްފި

08 މެއި 2026
21 ކިލޯ މަސްތުވާތަކެތި ހޯދައި ތިން މީހުން ހައްޔަރުކޮށްފި
07 މެއި 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ މަރުވެއްޖެ

07 މެއި 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ މަރުވެއްޖެ
06 މެއި 2026

ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

06 މެއި 2026
ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު