Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ލިންކެއް މެދުވެރިކޮށް ބައިލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

ވައިބަރ މެދުވެރިކޮށް ފޮނުވި ލިންކެއް ބޭނުންކޮށްގެން މީހެއްގެ އެކައުންޓުން 50،000 ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި މާލެއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، އޭނާ ވަނީ ފޭސްބުކް މެސެންޖަރ މެދުވެރިކޮށްވެސް އެ މީހާއާ ގުޅުން އުފައްދާފައި. މިފަދަ ސްކޭމްތައް އިތުރުވަމުންދާތީ، ނޭނގޭ ލިންކުތަކަށް ފިތުމުގައި ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 6 މެއި 2026 | ބުދަ 07:23
ލިންކެއް މެދުވެރިކޮށް ބައިލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ.

ލިންކެއް މެދުވެރިކޮށް ބައިލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ. | މޯލްޑިވްސް ޕޮލިސް ސާރވިސް

ވައިބަރއިން ފޮނުވި ލިންކެއް މެދުވެރިކޮށް ބެންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ބުދަ ދުވަހު ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިމަހުގެ 2 ވަނަ ދުވަހު މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ) ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން އޭނާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސާ މުޙައްމަދު ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ވައިބަރ މެދުވެރިކޮށް މޫސާ މުޙައްމަދު އެ މީހާއަށް ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ވަނީ ކެނޑިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ފައިސާ ޖަމާވެފައި ވަނީ މޫސާ މުޙައްމަދުގެ ނަމުގައިވާ އެކައުންޓަށް ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މިފަހަކަށް އައިސް، އެކިއެކި ލިންކުތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެހެންކަމުން މިފަދަ ސްކޭމްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ. 

މުޙައްމަދު މޫސާސްކޭމްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

03 މެއި 2026

މާފުށީ ޖަލަށް 17 ފޯނާއި އެހެނިހެން މަނާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

03 މެއި 2026
މާފުށީ ޖަލަށް 17 ފޯނާއި އެހެނިހެން މަނާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
02 މެއި 2026

އޭޕްރީލް މަހު ފުލުހުންނަށް 874 މައްސަލަ، އެންމެ ގިނައީ އެކްސިޑެންޓާއި ވައްކަން

02 މެއި 2026
އޭޕްރީލް މަހު ފުލުހުންނަށް 874 މައްސަލަ، އެންމެ ގިނައީ އެކްސިޑެންޓާއި ވައްކަން
27 އެޕްރީލު 2026

ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

27 އެޕްރީލު 2026
ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
26 އެޕްރީލު 2026

މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި

26 އެޕްރީލު 2026
މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި
26 އެޕްރީލު 2026

ވައިގެ މަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކޮށްފި

26 އެޕްރީލު 2026
ވައިގެ މަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު