Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެައައިޖީއެމްއެޗް

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ މަރުވެއްޖެ

7 މެއި 2026 | ބުރާސްފަތި 08:52

ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ 60 އިންސައްތަ ފިހުނު ބިދޭސީ މީހާ، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައި. މިދިޔަ އޭޕްރީލް މަހު ހިނގި މި ހާދިސާގައި މަރުވި މީހާގެ ހަށިގަނޑު މިހާރު ގައުމަށް ވަނީ ފޮނުވާފައި. މި ހާދިސާގައި އެ ރަށުގެ އައިސްޕްލާންޓާއި ބައެއް އުޅަނދުފަހަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 7 މެއި 2026 | ބުރާސްފަތި 08:52
ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗް. އެމީހާގެ ހަށިގަނޑު މިހާރު ވަނީ ގައުމަށް ފޮނުވާފައި.

ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗް. އެމީހާގެ ހަށިގަނޑު މިހާރު ވަނީ ގައުމަށް ފޮނުވާފައި. | ރާއްޖެއެމްވީ

ފ. ފީއަލީގެ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މީހާ މަރުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު ފުލުހުން ބުނީ، 9 އޭޕްރީލް 2026 ވަނަ ދުވަހު ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި އަނިޔާވި ބިދޭސީ މީހާ، ފަރުވާ ދެމުންދަނިކޮށް 4 މެއި 2026 ވަނަ ދުވަހު މަރުވެފައިވާ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މެއި 5 ވަނަ ދުވަހު ގައުމަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

9 އޭޕްރީލް 2026 ގައި ހިނގި މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެމީހާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހުނެވެ.  އެމީހާ އަށް ފުރަތަމަ ފަރުވާ ދީފައި ވަނީ އެރަށުގެ ސިއްހީ މަރުކަޒުގަ އެވެ. އޭގެފަހުން އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދީފައި ވަނީ ވެންޓިލޭޓަރުގަ އެވެ.

މި ހާދިސާގައި އެ ރަށުގައި މިފްކޯ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިފައިވާއިރު، ފާނު މަސްވެރިކަން ކުރާ ދެ ދޯންޏާއި، ވެލިއަރުވާ ދޯންޏެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ. އަދި އަލަށް ބާލާފައި އޮތް ފައިބަރު ދޯންޏަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. 

ފީއަލިއައިޖީއެމްއެޗްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

06 މެއި 2026

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި

06 މެއި 2026
އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި
06 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ

06 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ
06 މެއި 2026

ލިންކެއް މެދުވެރިކޮށް ބައިލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

06 މެއި 2026
ލިންކެއް މެދުވެރިކޮށް ބައިލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
03 މެއި 2026

މާފުށީ ޖަލަށް 17 ފޯނާއި އެހެނިހެން މަނާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

03 މެއި 2026
މާފުށީ ޖަލަށް 17 ފޯނާއި އެހެނިހެން މަނާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
02 މެއި 2026

އޭޕްރީލް މަހު ފުލުހުންނަށް 874 މައްސަލަ، އެންމެ ގިނައީ އެކްސިޑެންޓާއި ވައްކަން

02 މެއި 2026
އޭޕްރީލް މަހު ފުލުހުންނަށް 874 މައްސަލަ، އެންމެ ގިނައީ އެކްސިޑެންޓާއި ވައްކަން
27 އެޕްރީލު 2026

ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

27 އެޕްރީލު 2026
ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
26 އެޕްރީލު 2026

މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި

26 އެޕްރީލު 2026
މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި
26 އެޕްރީލު 2026

ވައިގެ މަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކޮށްފި

26 އެޕްރީލު 2026
ވައިގެ މަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކޮށްފި
25 އެޕްރީލު 2026

ކަސްޓޯޑިއަލްގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް

25 އެޕްރީލު 2026
ކަސްޓޯޑިއަލްގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް
25 އެޕްރީލު 2026

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވި މައްސަލައެއް: އާއިލާއިން ކުރަނީ އިހުމާލުގެ ތުހުމަތު

25 އެޕްރީލު 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވި މައްސަލައެއް: އާއިލާއިން ކުރަނީ އިހުމާލުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް