Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްތުވާތަކެތި އޮޕަރޭޝަން

21 ކިލޯ މަސްތުވާތަކެތި ހޯދައި ތިން މީހުން ހައްޔަރުކޮށްފި

މި މަހުގެ 5 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 7.94 ކިލޯގެ ކެނަބިސް އަތުލައިގަތުމާ ގުޅިގެން ފުލުހުން ހިންގި "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނެއްގައި، މާލޭގެ ދެ އެޕާޓްމަންޓަކުން އިތުރު 13 ކިލޯގެ މަސްތުވާތަކެތި ހޯދައިފި. ޖުމުލަ 21 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މި މައްސަލައިގައި ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ޖަހާފައި. ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 8 މެއި 2026 | ހުކުރު 11:38
21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުން.

21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުން. | ޕޮލިސް މީޑިޔާ

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ޖުމުލަ 21 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ފެށުމަކީ މި ހިނގާ މެއި މަހުގެ 5 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އައި ފަސިންޖަރެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުމެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެ ފަސިންޖަރުގެ ލަގެޖް ބަލައި ފާސްކުރިއިރު، ޕްލާސްޓިކް ކޮތަޅުތަކަކަށް އަޅައި ބަންދުކޮށްފައި ހުރި 7.94 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މި ތަކެތި ފެންނަ ފެނުމަށް ވައްތަރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއާ އެވެ.

ކަސްޓަމްސްއިން އަތުލައިގަތް މި ތަކެތި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން، އެ ތަކެތި ރާއްޖެ އެތެރެކުރުމުގައި ބައިވެރިވި މީހުން ހޯދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ވަނީ "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، އިތުރު 13 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ. އެއާއެކު މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމުލަ އަދަދު ވަނީ 21 ކިލޯއަށްވުރެ މައްޗަށް އަރާފަ އެވެ.

މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ، ހިޔާވަހި، އުމުރުން 27 އަހަރުގެ ޢަބްދުﷲ ރާއިފްގެ އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ އެމް ޑީ ޖޯޝިމް އުއްޑިން އާއި 32 އަހަރުގެ މަމުން ދަލި އެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ ރާއިފް ތިން ދުވަހަށް އަދި ބަންގްލަދޭޝްގެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އަންނަނީ ސިލްސިލާ ގޮތެއްގައި ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް ޑްރަގް އެންފޯސްމަންޓް ވިންގުކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްމަސްތުވާތަކެތިޕޮލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި

ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި

06 މެއި 2026
ބޮޑުތަކުރުފާނު މަގުން ފުލުހުންގެ ކާރާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވެއްޖެ

ބޮޑުތަކުރުފާނު މަގުން ފުލުހުންގެ ކާރާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވެއްޖެ

05 މެއި 2026
ދޫނިދޫގައި ބަންދު މީހުންނަށް ކުރާ އަނިޔާއާއި ގުޅޭ ކަންކަން ނޫސްވެރިން ރިޕޯޓްކުރީ ގޯސްކޮށް ކަމަށް ބުނުމަށްފަހު ކަންކަން އިސްލާހު ކުރާނެކަމަށް ފުލުހުން ބުނެފި

ދޫނިދޫގައި ބަންދު މީހުންނަށް ކުރާ އަނިޔާއާއި ގުޅޭ ކަންކަން ނޫސްވެރިން ރިޕޯޓްކުރީ ގޯސްކޮށް ކަމަށް ބުނުމަށްފަހު ކަންކަން އިސްލާހު ކުރާނެކަމަށް ފުލުހުން ބުނެފި

05 މެއި 2026
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަނީ

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަނީ

29 އެޕްރީލު 2026
ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

26 އެޕްރީލު 2026

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު