Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިޒްރޭލް އިން ދިން ހަމަލާ ތަކެއްގައި ހަމާސްގެ ލީޑަރުގެ ދަރިކަލުން ޒަޚަމުވެއްޖެ

މި ހަމަލާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޚަލީލް އަލް ޙައްޔާ ވިދާޅުވީ، މިއީ އިޒްރޭލް އިން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާާއިންސާނީ އުދުވާނުގެ އިތުރު ބޮޅެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 މެއި 2026 | ބުރާސްފަތި 06:42
ހަމާސްގެ ސިޔާސީ ގޮފީގެ އިސް ވެރިޔާ ޚަލީލް އަލް ޙައްޔާ.

ހަމާސްގެ ސިޔާސީ ގޮފީގެ އިސް ވެރިޔާ ޚަލީލް އަލް ޙައްޔާ. | ރޮއިޓާސް

އިޒްރޭލް އިން ޣައްޒާ ސިޓީ އަށް ދިން ވަރުގަދަ ހަމަލާ ތަކެއްގައި ހަމާސްގެ ސިޔާސީ ގޮފީގެ އިސް ވެރިޔާ ޚަލީލް އަލް ޙައްޔާގެ ދަރިކަލުން ޒަޚަމުވެފައިވާ ކަމަށް އޭނާ ކަށަވަރު ކޮށްދެއްވައިފި އެވެ. 

އަލް ޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ޚަލީލް އަލް ޙައްޔާ ވިދާޅުވީ، އިޒްރޭލް އިން ދިން މި ހަމަލާ އަމާޒު ކޮށްފައި ވަނީ ޣައްޒާ ސިޓީގެ ދަރަޖް އަވަށަށެވެ. 

ޣައްޒާގެ ދަރަޖް އަވަށަށް އިޒްރޭލް އިން ދިން ވައިގެ ހަމަލާގައި އެކަކު ޝަހީދުވެފައިވާއިރު، އިތުރު 10 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. މި ހަމަލާގައި ޒަޚަމުވެފައިވާ މީހުންގެ ތެރޭގައި ޚަލީލް އަލް ޙައްޔާގެ ދަރިކަލުން ހިމެނޭ ކަމަށް ވެސް ރިޕޯޓު ތަކުގައި އޭރު ބުނެފައިވެ އެވެ. ފަހުން އޭނާ ވަނީ އަލް ޖަޒީރާ އަށް އެކަން ކަށަވަރު ކޮށްދީފަ އެވެ. 

މި ހަމަލާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޚަލީލް އަލް ޙައްޔާ ވިދާޅުވީ، މިއީ އިޒްރޭލް އިން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާާއިންސާނީ އުދުވާނުގެ އިތުރު ބޮޅެއް ކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު، ޤަތަރުގެ ދޯހާގައި މަޝްވަރާ ތަކަށް ގޮސް ތިބި ފަލަސްޠީނުގެ ވަފުދަށް އަމާޒުކޮށް ދިން ހަމަލާ ތަކުގެ އިތުރު ހަމަލާއެއް ކަމަށް ވެސް އޭނާ ސިފަ ކުރެއްވި އެވެ. 

ޚަލީލް އަލް ޙައްޔާ އިތުރަށް ވިދާޅުވީ، އިޒްރޭލް އިން ދެމުންދާ މިފަދަ ހަމަލާ ތަކުގެ ސަބަބުން ފަލަސްޠީނުގެ މިނިވަން ކަމަށް ކުރާ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ. އަދި ފަލަސްޠީނުގެ ލީޑަރުން ޝަހީދު ކޮށްލުމަކުން، ނުވަތަ އެ ބޭފުޅުންގެ ދަރިންނަށް ހަމަލާދީ ޒަޚަމުކޮށްލުމަކުން ފަލަސްޠީނުގެ މުޖާހިދުން ޖެހިލުން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ޣައްޒާގައި އިޒްރޭލް އިން ހިންގަމުންދާ ޤަތުލު އާންމު ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އިޒްރޭލް އިން ދަނީ މީހުން ދިރިއުޅޭ ސަރަހައްދު ތަަކަށް އަމާޒުކޮށް މެދު ކެނޑުމެއް ނެތި ހަމަލާތައް ދެމުންނެވެ. މި ހަމަލާ ތަކުގައި މިހާތަނަށް ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ޝަހީދުވެފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

ޣައްޒާ ހަނގުރާމައިޒްރޭލް-ޣައްޒާހަމާސްޚަލީލް އަލް ހައްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

02 މެއި 2026
ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

27 އެޕްރީލު 2026
ޣައްޒާގެ ހަނގުރާމަ އަށް ފަހު ފަލަސްޠީނުގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ކުރިއަށް

ޣައްޒާގެ ހަނގުރާމަ އަށް ފަހު ފަލަސްޠީނުގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ކުރިއަށް

25 އެޕްރީލު 2026
އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

23 އެޕްރީލު 2026
ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި

ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި

20 އެޕްރީލު 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު