Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ހަނގުރާމަ އަށް ފަހު ފަލަސްޠީނުގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ކުރިއަށް

ރާމަﷲ ގައި ހުންނަ ފަލަސްޠީނުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަން އިން ހާމަ ކޮށްފައިވާ ގޮތުގައި، އިޒްރޭލް އިން ހިފާފައިވާ ހުޅަނގު އައްސޭރީގައި 1.5 މިލިއަނާ ގާތް ކުރާ އަދަދަށް މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވޭ. މީގެ އިތުރުން ޣައްޒާގެ މެދު ތެރޭގައި އޮންނަ ދީރު އަލް ބަލާޙު ސަރަހައްދުން 70،000 އެއްހާ މީހުން ވޯޓުލުމަށް ވަނީ ރަޖިސްޓްރީ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އެޕްރީލު 2026 | ހޮނިހިރު 09:53
އިޒްރޭލް އިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީގައި ބޭއްވި މުނިސިޕަލް އިންތިޚާބުގައި ފަލަސްޠީނުގެ ރައްޔިތަކު ވޯޓުލަނީ.

އިޒްރޭލް އިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީގައި ބޭއްވި މުނިސިޕަލް އިންތިޚާބުގައި ފަލަސްޠީނުގެ ރައްޔިތަކު ވޯޓުލަނީ. | ރޮއިޓާސް

ޣައްޒާގެ ހަނގުރާމަ އަށް ފަހު ފަލަސްޠީނުގައި ބާއްވާ ފުރަތަމަ އިންތިޚާބުގައި ވޯޓުލުމަށް ހުޅަނދު އައްސޭރި އާއި، ޣައްޒާގެ މެދު ތެރޭގެ ސަރަހައްދު ތަކުގެ ރައްޔިތުން ވޯޓުލާން ފަށައިފި އެވެ.

މިއީ ފަލަސްޠީނުގެ މުނިސިޕަލް ކައުންސިލް ތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބެކެވެ. 

ރާމަﷲ ގައި ހުންނަ ފަލަސްޠީނުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަން އިން ހާމަ ކޮށްފައިވާ ގޮތުގައި، އިޒްރޭލް އިން ހިފާފައިވާ ހުޅަނގު އައްސޭރީގައި 1.5 މިލިއަނާ ގާތް ކުރާ އަދަދަށް މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވެ އެވެ. މީގެ އިތުރުން ޣައްޒާގެ މެދު ތެރޭގައި އޮންނަ ދީރު އަލް ބަލާޙު ސަރަހައްދުން 70،000 އެއްހާ މީހުން ވޯޓުލުމަށް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. 

މި އިންތިޚާބުގައި ވާދަ ކުރާ ގިނަ ފަރާތް ތަކަކީ ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސްގެ ފަތަޙް ޖަމާއަތަށް ތާއީދު ކުރާ މެމްބަރުންނެވެ. ނުވަތަ އަމިއްލަ ގޮތުން ވާދަ ކުރާ މެމްބަރުންނެވެ. ނަމަވެސް، ޣައްޒާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ގުޅުން ހުރި އެއްވެސް މީހަކު މި އިންތިޚާބުގައި ބައިވެރި ނުވެ އެވެ. 

ނާބުލްސް އަދި ފަލަސްޠީނު ސަރުކާރު ހިންގާ ރާމަﷲ ހިމެނޭހެން ބައެއް ސިޓީ ތަކުގައި ހުށަހަޅާފައި ވަނީ އެންމެ ކެންޑިޑޭޓަކަށް ވާތީ، އެ ސިޓީ ތަކުގެ ގޮނޑިތައް ވަނީ އިންތިޚާބަކާ ނުލައި ކާމިޔާބުވެފަ އެވެ. 

މަސްދަރު: އޭއެފްޕީ

ޣައްޒާޣައްޒާ ހަނގުރާމަފަލަސްތީނު

އިތުރަށް ކިޔާލަން

23 އެޕްރީލު 2026

އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

23 އެޕްރީލު 2026
އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި
20 އެޕްރީލު 2026

ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި

20 އެޕްރީލު 2026
ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި
22 މާރިޗު 2026

އީރާން އިން ސައުދީ އަށް ދިން ހަމަލާތައް ފަލަސްޠީނުން ކުށްވެރި ކޮށްފި

22 މާރިޗު 2026
އީރާން އިން ސައުދީ އަށް ދިން ހަމަލާތައް ފަލަސްޠީނުން ކުށްވެރި ކޮށްފި
21 މާރިޗު 2026

ފީފާ އިން އިޒްރޭލް އަށް އެޅި ފިޔަވަޅަކީ ޖޫރިމަނާ ކުރުމާ އެކު، ދަނޑުގައި ބެނާއެއް ދެމުމަށް

21 މާރިޗު 2026
ފީފާ އިން އިޒްރޭލް އަށް އެޅި ފިޔަވަޅަކީ ޖޫރިމަނާ ކުރުމާ އެކު، ދަނޑުގައި ބެނާއެއް ދެމުމަށް
20 މާރިޗު 2026

ފިތުރު ޒަކާތުގައި ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށާއި، ދަތި ހަލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފި

20 މާރިޗު 2026
ފިތުރު ޒަކާތުގައި ލިބުނު ފައިސާއިން ޣައްޒާގެ ރައްޔިތުންނަށާއި، ދަތި ހަލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު