Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އދ. ތަޖުރިބާކާރުން: ޣައްޒާގައި އިޒްރޭލުން ހިންގި ފަދަ ގަތުލުއާންމާއި ފަނާކުރުންތައް މުޅި ސަރަހައްދަށް ފެތުރުމުގެ ބިރު އެބައޮތް

13 މާރިޗު 2026 | ހުކުރު 02:43

އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން 7 ލައްކައަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ހަނގުރާމައިގެ ކުށެއް ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވި. މީގެ އިތުރުން އީރާނުގެ އާންމު ތަންތަނަށް ދީފައިވާ ނުރައްކާތެރި ހަމަލާތައް މިނިވަންކަމާއެކު ތަހުގީގު ކުރުމަށްވެސް އދ. އިން ވަނީ ގޮވާލާފައި.

ރާއްޖެ އެމްވީ | 13 މާރިޗު 2026 | ހުކުރު 02:43
އީރާނުގެ ވެރިރަށް ތެހެރާނަށް 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު ދިން ސިލްސިލާ ހަމަލާތަކެއްގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، އެ ސަރަހައްދުން ބޯދުން އަރަމުންދަނީ.

އީރާނުގެ ވެރިރަށް ތެހެރާނަށް 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު ދިން ސިލްސިލާ ހަމަލާތަކެއްގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، އެ ސަރަހައްދުން ބޯދުން އަރަމުންދަނީ. | ގެޓީ އިމޭޖަސް

އިޒްރޭލުން ޣައްޒާގައި ހިންގި ފަދަ ބޮޑެތި ގަތުލުއާންމުތަކާއި ފަނާކުރުންތައް ލުބުނާނާއި އީރާނުގެ އިތުރުން މުޅި ސަރަހައްދަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އދ. ގެ ތަޖުރިބާކާރުން ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ 12 ތަޖުރިބާކާރަކު ވަނީ އެމެރިކާ އާއި އިޒްރޭލުން އީރާނާއި ލުބުނާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ. އެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ޣައްޒާއިން ފެންނަމުންދާ ފަދަ ބޮޑެތި ފަނާކުރުންތައް ސަރަހައްދުގެ އެހެން ގައުމުތަކަށް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތުމުންނެވެ.

އދ. ގެ ތަޖުރިބާކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޣައްޒާގައި ހިންގަމުންދާ ފަދަ ފުޅާދާއިރާއެއްގެ ހަލާކުކުރުންތަކާއި އަނިޔާވެރިކަން، އީރާނާއި ލުބުނާނުގެ އިތުރުން ސަރަހައްދުގެ އެހެން ގައުމުތަކަށް ފެތުރިގެންދާނެ ކަމުގެ ބިރު އޮތުމުން އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

ޚާއްސަކޮށް ލުބުނާނުގެ ހާލަތާ މެދު އެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އިޒްރޭލުން ވަކި ހަމަ އެއް އުސޫލެއް ނެތް ގޮތަށް ކުރިއަށް ގެންދާ ބޮން އެޅުމުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 700،000 އަށްވުރެ ގިނަ މީހުން ވަނީ މަޖުބޫރުވެގެން ގެދޮރު ދޫކޮށް ގޮސްފައެވެ. ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި އިޒްރޭލުގެ މި އަމަލަކީ ހަނގުރާމައިގެ އިތުރު ކުށެކެވެ.

މީގެ އިތުރުން، ލުބުނާނުގެ ދެކުނާއި ބެއިރޫތުގެ ދެކުނު ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ގެދޮރު ދޫކޮށް ދިއުމަށް އިޒްރޭލުން ނެރެފައިވާ އަމުރުތަކަކީ ކަނޑައެޅިގެން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށްވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

އީރާނުގެ ހާލަތަށް ބަލާއިރު، އެ ގައުމުގެ މަދަރުސާއަކަށް ދިން ހަމަލާއެއްގައި މަދުވެގެން 170 އަންހެން ކުދިން މަރުވި ހާދިސާއާއި، އެސިޑް ވާރޭ ވެހުމަށް މެދުވެރިވި އީރާނުގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދިން ހަމަލާތަކުގެ އިތުރުން، ފެން ސާފުކުރާ ޕްލާންޓަކަށް ދިން ހަމަލާތައް މިނިވަންކަމާއެކު ތަހުގީގު ކުރުމަށް އދ. ގެ ތަޖުރިބާކާރުން ވަނީ ގޮވާލައްވާފައެވެ.

އިޒްރޭލްޣައްޒާލުބުނާންއީރާންއިޒްރޭލް-ލުބުނާންއެމެރިކާ-އިޒްރޭލް-އިރާންޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 މާރިޗު 2026

އެމެރިކާގެ އަސްކަރިއްޔާގެ ބާރެއްގެ ގޮތުގައި ބެލެވޭ ކޭސީ-135 ބޯޓު ވައްޓާލައިފި

13 މާރިޗު 2026
އެމެރިކާގެ އަސްކަރިއްޔާގެ ބާރެއްގެ ގޮތުގައި ބެލެވޭ ކޭސީ-135 ބޯޓު ވައްޓާލައިފި
12 މާރިޗު 2026

އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި

12 މާރިޗު 2026
އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި
12 މާރިޗު 2026

ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް

12 މާރިޗު 2026
ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް
12 މާރިޗު 2026

އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

12 މާރިޗު 2026
އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ
12 މާރިޗު 2026

އިޒްރޭލުން ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފި

12 މާރިޗު 2026
އިޒްރޭލުން ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފި
12 މާރިޗު 2026

އީރާނުގެ ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ 17 ތަނަކަށް ގެއްލުންދީފި: ނިއުޔޯކް ޓައިމްސް

12 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ 17 ތަނަކަށް ގެއްލުންދީފި: ނިއުޔޯކް ޓައިމްސް
12 މާރިޗު 2026

ބަހްރެއިންގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އީރާނުން ހަމަލާދީފި

12 މާރިޗު 2026
ބަހްރެއިންގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އީރާނުން ހަމަލާދީފި
12 މާރިޗު 2026

ހިޒްބުﷲއިން އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި

12 މާރިޗު 2026
ހިޒްބުﷲއިން އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި
11 މާރިޗު 2026

ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

11 މާރިޗު 2026
ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
11 މާރިޗު 2026

ޓްރަމްޕް ނައްތާލަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

11 މާރިޗު 2026
ޓްރަމްޕް ނައްތާލަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް