Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުން ކަންކަން ނުކުރާ މައްސަލަ

ސަރުކާރުން އެއްވެސް ކަމެއް ނުކުރޭ، ކުރި ހުރިހާ ކަމެއް ވެސް އޮތީ ހުއްޓިފައި: އިހަވަންދޫ މޫސާ މަނިކު

މި ސަރުކާރު ގެނައުމަށް އިސްކޮށް މަސައްކަތްކުރި އިހަވަންދޫ މޫސާ މަނިކު ވަނީ ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި. މީގެ އިތުރުން، ކައުންސިލް އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ވަޒީފާގެ ޗިޓުތައް ބެހި ނަމަވެސް، އެ ވަޒީފާތަކަށް މީހުން ނުނެރޭ ކަމަށާއި ސަރުކާރުން އާންމު ރައްޔިތުންނަށް އިހުމާލުވަމުންދާ ކަމަށް އޭނާ ތުހުމަތުކުރޭ.

މަޚްތޫމް
މަޚްތޫމް | 3 މެއި 2026 | އާދީއްތަ 14:27
އިހަވަންދޫ މޫސާ މަނިކު ރާއްޖެޓީވީއާއި ވާހަކަ ދައްކަނީ.

އިހަވަންދޫ މޫސާ މަނިކު ރާއްޖެޓީވީއާއި ވާހަކަ ދައްކަނީ. | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހއ. އިހަވަންދޫގައި އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ކުރި ހުރިހާ ކަމެއް ވެސް ހުރީ ހުއްޓިފައި ކަމަށް މި ވެރިކަން ގެންނަ މަސައްކަތް ކުރި އިހަވަންދޫ މޫސާ މަނިކު ބުނެފި އެވެ. 

ރާއްޖެޓީވީއާއި ވާހަކަ ދައްކަމުން މޫސާ މަނިކު ބުނީ ބޭސް ލިބުމުގައި ވަރަށް ބޮޑު ދަތިކަމެއް ދިމާވާ ކަމަށެވެ. އަދި އިހަވަންދޫގައި މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށާއި، 14 ވައުދެއް ސަރުކާރުން ވެފައިވާ ކަމަށެވެ. އޭނާ ބުނީ ކުރީ ސަރުކާރުން ފަށާފައި ހުރި ހުރިހާ ކަމެއް ވެސް ހުއްޓިފައިވާ ކަމަށެވެ. ޕީއެންސީއަށް ގަދަކޮށް މަސައްކަތް ކޮށްދިން ކަން ފާހަގަކޮށް އޭނާ ބުނީ ރައީސް މުއިއްޒުގެ ވެރިކަން ގެންނަން ވެސް އަދި މެންބަރު ހޮވަން ވެސް ޑީއާރުޕީ އިރުން ފެށިގެން ވެސް މިހާތަނަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. 

Advertisement - newsAdvertisement
ދޫންޏަށޭ ކިޔާފައި މިތާގައި އަމިއްލަ ބަޔަކު އައިސް އަމިއްލަ ބަޔަކަށް އުޅުނު ބަޔަކަށް ސަރުކާރުން ހުރިހާ ރުފިޔާއެއް ހަރަދުކޮށްފައި އަހަރުމެން ނިކަމެތި ކޮށްލީ.  ހަމަ ނިކަމެތިކޮށްލީ. މިތާނގައި ހުރި ހޮވާފައި ހުރި މެންބަރެއް. އޭނާ އެއީ ހަމަ ނެތް މީހެއް. 
މޫސާ މަނިކު

އޭނާ ބުނީ ކައުންސިލް އިންތިހާބާ ދިމާކޮށް ވަޒީފާ ބޭނުން ވަރަކަށް އޮތް ކަމަށެވެ. ބުނި ކޮންމެ މީހަކަށް ދިޔައީ ވަޒީފާ ދެމުން ކަމަށާއި، ބޭނުން ވަރަކަށް ދިޔައީ ވަޒީފާ ބަހަމުން ކަމަށެވެ. އަދި އާސަންދަ ވެސް ބޭނުން ވަރަކަށް ލިބުނު ކަމަށާއި، ވަޒީފާ ބަހަމުން ދިޔަ ތިން ހަތަރު މީހަކު އުޅުނު ކަމަށެވެ. 

މުހަންމާ ފަހަތުގައި އުޅުނު ތިން ހަތަރު މީހަކު ވަޒީފާ ބަހަން. ގޭގެއަށް ވަދެފައި އަހަނީ ވަޒީފާ ބޭނުންހޭ. އައިޑީކާޑު ދީފައި ވަޒީފާ ބަހަނީ، ޗިޓް ލިބޭ އެކަމަކު ވަޒީފާއަށް ނުނެރޭ. މި ރަށުގައި ވެސް އެބައުޅޭ ވިއްސަކަށް މީހުން ޗިޓް ދިން. ވާގޮތެއް ނޭނގޭ. ޗިޓް ދީފައި ނުނުކުމެވޭކަން އިނގެނީ. އަޅުގަނޑު ޖާނާ މާލުން ގުރުބާންވިން މި ވެރިކަން ގެންނަން ވެގެން. ޕާޓީގެ އިސް މީހުން އަޅުގަނޑު ގެއަށް އައިސް ކައިބޮއި ހަދަނީ. 
މޫސާ މަނިކު

މޫސާ މަނިކު ބުނީ ކަންކަން ދަނީ ވަރަށް ގޯސްކޮށް ކަމަށެވެ. ދޫންޏަށް ތާއިދުކުރަމޭ ބުނެ ސަރުކާރުން މަސައްކަތް ކުރީ އެހެން ބަޔަކު ކައުންސިލަށް ހޮވަން ކަމަށެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއިހަވަންދޫމޫސާ މަނިކުޕީއެންސީ

އިތުރަށް ކިޔާލަން

03 މެއި 2026

ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ

03 މެއި 2026
ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ
03 މެއި 2026

"ހޯރަފުށީގެ މަޝްރޫއުތައް ހުއްޓި ރަށް އޮތީ ވަޅުޖެހިފަ، ސިއްހީ މަރުކަޒު ވެސް ބޭނުންކުރީ ޕީއެންސީގެ ޖަގަހައެއްގެ ގޮތުގައި"

03 މެއި 2026
"ހޯރަފުށީގެ މަޝްރޫއުތައް ހުއްޓި ރަށް އޮތީ ވަޅުޖެހިފަ، ސިއްހީ މަރުކަޒު ވެސް ބޭނުންކުރީ ޕީއެންސީގެ ޖަގަހައެއްގެ ގޮތުގައި"
03 މެއި 2026

މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

03 މެއި 2026
މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު
01 މެއި 2026

ސީރިއަސްލީ ތަރުޖަމާނު؟ ވަރަށް ސެލެކްޓިވް ދެއްތޯ؟

01 މެއި 2026
ސީރިއަސްލީ ތަރުޖަމާނު؟ ވަރަށް ސެލެކްޓިވް ދެއްތޯ؟
01 މެއި 2026

މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހީ މި ސަރުކާރުން، ގެންގުޅެނީ ވަށާޖެހޭ އަދުލުވެރި ސިޔާސަަތެއް: ރައީސް

01 މެއި 2026
މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހީ މި ސަރުކާރުން، ގެންގުޅެނީ ވަށާޖެހޭ އަދުލުވެރި ސިޔާސަަތެއް: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު