Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަސްމާލެ މަޝްރޫއު މަޖުބޫރު

ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުން މަޖުބޫރު ކަމަށް ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައި ވާއިރު މިހާރު ހިއްކަމުންދާ ބިންތަކަކީ ގޯތި ދޫކޮށްފައިވާ ތަންތަނަށް ކަމަށްވުމުން، އިތުރު ފްލެޓް އެޅުމަށް އެކަށީގެންވާ ބިން ނެތްކަމަށް ވަޒީރު ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 28 އެޕްރީލު 2026 | އަންގާރަ 14:17
ރައީސުލްޖުމްހޫރިއްޔާ، ރަސްމާލެ ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރެއްވުން - 12-11-2025

ރައީސުލްޖުމްހޫރިއްޔާ، ރަސްމާލެ ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރެއްވުން - 12-11-2025 | ރާއްޖެއެމްވީ

ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް  ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވަނީ އެ މަޝްރޫޢު ކުރިއަށް ގެންދަނީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. އެ މަޝްރޫޢު އާއި އެހެނިހެން މަޝްރޫޢޫތަކާއި ގުޅުމެއް ނެތް ކަމަށް ފާހަގަކުރައްވައި ވަޒީުރު ވިދާޅުވީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދެން އޮތީ ރަސްމާލެ މަޝްރޫޢޫ ކުރިއަށް ގެންގޮސްގެން ކަމަށެވެ.

މިނިސްޓަރ ވަނީ ގިރާވަރުގެ 169 ހެކްޓަރުން 5000 ގޯތި ނެގޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ވަޒީރު ވިދާޅުވީ މާލެ ސަރަހައްދުގައި ރައްޔިތުންނަށް ބޭނުންވާ ފްލެޓް އެޅުމަށް ބިން ނެތް ކަމަށެވެ. މާލެ ސަރަހައްދުގެ ހުރިހާ ބިމެއް އެއްކޮށްގެން ވެސް އެޅޭނީ 12000 ވަރަކަށް ފްލެޓް ކަމަށާއި އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. 

"ރަސްމާލެ މަޝްރޫ ހިންގަން މަޖުބޫރު. ރަސްމާލެ މަޝްރޫއާއި ނުލާ އިތުރަށް ބޯހިޔާވެހިކަން ހޯދޭނެ ގޮތެއް ނެތް." މުއްތަލިބް ވިދާޅުވި އެވެ.

މިހާރު ހިއްކަމުންދާ ތަންތަނަކީ ގޯތި ބަހާފައިވާ ތަންތަން ކަމަށް ވުމާއި އެކު ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރެވޭނީ އެ ނޫން ގޮތެއް ހޯދައި މުސްތަގްބަލާއި މެދު ކަންތައްތަކެއް ޕްލޭންކޮށްގެން ކަމަށް މުއްތަލިބް ވިދާޅުވި އެވެ. 

.

ރަސްމާލެޑރ. އަބްދުﷲ މުއްތަލިބުއިމާރާތްކުރުމާއި ގެދޮރުވެރިކަމުގެ ވަޒީރުމާލެގިރާވަރުބޯހިޔާވަހިކަން

އިތުރަށް ކިޔާލަން

28 އެޕްރީލު 2026

ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު

28 އެޕްރީލު 2026
ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު
27 އެޕްރީލު 2026

ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގެ 5 ސިޓީގައި ދަރުސްދެއްވަނީ

27 އެޕްރީލު 2026
ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގެ 5 ސިޓީގައި ދަރުސްދެއްވަނީ
26 އެޕްރީލު 2026

"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި

26 އެޕްރީލު 2026
"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި
26 އެޕްރީލު 2026

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ބަނގުރާ ހުރި 130 ފުޅިއާއި 14 ހަމާއެކު ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި

26 އެޕްރީލު 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ބަނގުރާ ހުރި 130 ފުޅިއާއި 14 ހަމާއެކު ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި
26 އެޕްރީލު 2026

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

26 އެޕްރީލު 2026
ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު