Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަކާލާތުކުރުން

ދައުލަތު ގެ ނުވަތަ ސަރުކާރު ގެ އިދާރާ އެއްގައި މަސައްކަތް ކުރުމުން އެ ވަކީލަކު ދައުލަތާ ދެކޮޅަށް ވަކާލާތުކުރުން މަނާ ނުކުރެވޭނެ: ބާ ކައުންސިލް

މަސްލަހަތު ފުށު އަރާ ނަމަ ޤާނޫނީ ޚިދުމަތް ދިނުމަކީ ޤާނޫނީ ފަންނުގެ ޤާނޫނާއި ވަކީލުގެ ސުލޫކީ ޤަވާއިދުން މަނާކުރާ ކަމެއް ކަމަށް އެ ބަޔާނުގައި ވޭ. އެ ފަދަ ހާލަތެއް އޮތްކަން ކަނޑައަޅާނީ މައްސަލައިގެ ވަށައިގެން ވާ ކަންކަމަށް ރިއާޔަތްކޮށް ކަމަށް އެ ބަޔާނުގައި ބުނެފައި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ޑިސެމްބަރު 2025 | ބުރާސްފަތި 17:01
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުން

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުން

ޤާނޫނީ ވަކީލަކު ދައުލަތު ގެ ނުވަތަ ސަރުކާރު ގެ އިދާރާ އެއްގައި މަސައްކަތް ކުރުމަކީ އެ ވަކީލަކު ދައުލަތާއި ދެކޮޅަށް ވަކާލާތުކުރުން މަނާ ކުރެވޭނެ ހާލަތެއް ނޫން ކަމަށް ބާ ކައުންސިލް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

އެފަދައިން ބުނެފައި ވަނީ އެ ކައުންސިލުން  24 ޑިސެމްބަރު 2025 ގައި އާއްމު ކުރި "ދައުލަތް ނުވަތަ ސަރުކާރުގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލުން ދައުލަތާއި ދެކޮޅަށް ވަކާލާތު ކުރުމާއި ގުޅޭ" އިރުޝާދުތަކުގަ އެވެ.

ބާ ކައުންސިލުން ބުނީ އެފަދަ ގައިދުކުރުމެއް ގެނެވޭނީ ގަވާއިދު ނުވަތަ ދެ ފަރާތެއް ގެ ދެމެދުގައި ވާ އެއްބަސްވުމެއް މެދުވެރިކޮށް ކަމަށެވެ. އެ ކައުންސިލުން ބުނީ ދައުލަތު ގެ ނުވަތަ ސަރުކާރުގެ  އިދާރާ އެއްގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލުން، މަޤާމުގައި ތިބެ ސަރުކާރު ގެ އިދާރާއަކާ ދެކޮޅަށް ވަކާލާތުކުރުމާއި، ޤާނޫނީ ޚިދުމަތް ފޯރުކޮށްދިނުމަކީ ޤާނޫނީ ވަކީލުން ގެ ސުލޫކީ ޤަވާއިދުގައި މުތުލަގަށް މަނާކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. 

މީގެ އިތުރުން، މަސްލަހަތު ފުށު އަރާ ނަމަ ޤާނޫނީ ޚިދުމަތް ދިނުމަކީ ޤާނޫނީ ފަންނު ގެ ޤާނޫނާއި ވަކީލު ގެ ސުލޫކީ ޤަވާއިދުން މަނާކުރާ ކަމެއް ކަމަށް އެ ބަޔާނުގައި ވެ އެވެ. އެ ފަދަ ހާލަތެއް އޮތްކަން ކަނޑައަޅާނީ މައްސަލައިގެ ވަށައިގެން ވާ ކަންކަމަށް ރިއާޔަތްކޮށް ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ. 

ދައުލަތުގެ ނުވަތަ ސަރުކާރު ގެ އިދާރާ އެއްގައި މަސައްކަތް ކުރާ ނަމަ ޤާނޫނީ ޚިދުމަތް ފޯރުކޮށްދިނުމުގައި މަސްލަހަތު ފުށު އަރާ ހާލަތުތަކުގައި އަމަލުކުރަން ޖެހޭ އުސޫލްތައް ކަމަށް ޤާނޫނީ ފަންނު ގެ ޤާނޫނާއި، ވަކީލުން ގެ ސުލޫކީ ގަވާއިދުގައި ބުނާ އުސޫލްތަކަށް ފަރުވާތެރިވުމަށް ވެސް އެ އިދާރާ އިން ނަސޭހަތްތެރިވެފައިވެ އެވެ. އަދި މަސްލަހަތު ފުށު އަރާ ހާލަތުތަކާއި އެފަދަ ހާލަތުތަކަށް ވެދާނެ ހާލަތުތަކުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުން ލާޒިމު ކަމަށް ވަނީ ބުނެފަ އެވެ. 

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދައުލަތުގެ ނުވަތަ ސަރުކާރު ގެ އިދާރާ އެއްގައި އެ ވަކީލަކު މަސައްކަތް ކުރާ އިދާރާ އަކާއި ދެމެދު އޮންނަ އެއްބަސްވުމުގައި ނުވަތަ އަމަލުކުރަން ޖެހޭ ޤަވާއިދެއް ނުވަތަ އުސޫލެއްގައި، މަސައްކަތުގެ މަސްއޫލިއްޔަތުތަކުގެ ބޭރުން ޤާނޫނީ ޚިދުމަތް ފޯރުކޯށްދިނުމަށް ހުރަހެއް ނުވަތަ ގައިދުކުރުމެއް އޮތް ނަމަ އެ އެއްބަސްވުމަކަށް އިޚްތިރާމްކުރަން ވާނެ ކަމަށެެވެ.

ބާ ކައުންސިލްޤާނޫނީ ވަކީލުންޤާނޫނީ ނިޒާމް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
06 ޑިސެމްބަރު 2025

ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

06 ޑިސެމްބަރު 2025
ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!
16 ސެޕްޓެމްބަރު 2025

މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި
14 މެއި 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި

14 މެއި 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި
05 މެއި 2025

ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި

05 މެއި 2025
ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި
27 ފެބުރުއަރީ 2025

ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީއަށް

27 ފެބުރުއަރީ 2025
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީއަށް
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
17 މާރިޗު 2024

ބާ ކައުންސިލްގެ ރައީސަކަށް ސިރާޖް

17 މާރިޗު 2024
ބާ ކައުންސިލްގެ ރައީސަކަށް ސިރާޖް
13 މާރިޗު 2024

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދަފުތަރު އާންމުކޮށްފި

13 މާރިޗު 2024
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދަފުތަރު އާންމުކޮށްފި
01 ފެބުރުއަރީ 2024

ވިޝާމް އަވަހާރަވުމުން ރާއްޖޭގެ ޤާނޫނީ ދާއިރާއަށް ލިބިގެން އެދިޔައީ ނުހަނު ބޮޑު ހުސްކަމެއް: ސާލިޙު

01 ފެބުރުއަރީ 2024
ވިޝާމް އަވަހާރަވުމުން ރާއްޖޭގެ ޤާނޫނީ ދާއިރާއަށް ލިބިގެން އެދިޔައީ ނުހަނު ބޮޑު ހުސްކަމެއް: ސާލިޙު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު