Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗާގޯސް މައްސަލަ

ޗާގޯސް މައްސަލާގައި ކުރީ ސަރުކާރުން ދައުލަތަށް ގެއްލުންވާނެ ލިޔެކިޔުމެއް ބޭރު ބަޔަކަށް ދީފައިނުވާ ކަމަށް މުއިއްޒުގެ ބަންޑާރަ ނައިބު އުޝާމް ވިދާޅުވެއްޖެ

މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރާނެ ކަމަށް ރައީސް މުއިއްޒު ވައުދުވި

އަމްނާ އިމާދު
އަމްނާ އިމާދު | 15 އޮކްޓޯބަރު 2025 | ބުދަ 08:01
ކުރީގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު

ކުރީގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު

ޗާގޯސްގެ މައްސަލާގައި ދިވެހި ދައުލަތަށް ގެއްލުންވާނެ ފަދަ ލިޔެކިޔުންތަކެއް އޭރުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ބޭރުގެ ބަޔަކަށް ދިން ކަމަށް ބުނާ ވާހަކަ ބަންޑާރަނައިބު އަހުމަދު އުޝާމް ދޮގުކުރައްވައިފި އެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ޗާގޯސްގެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. މެންބަރު ޝާހިދު ވިދާޅުވީ، ބާނަ ބާނަ ތިއްބާ ދިވެހިންގެ މަސްކަނޑު ބޭރުގެ ބަޔަކަށް ނިމިދިޔަ ސަރުކާރުން ދީފައިވާ ކަމަށާއި، އޭރުގެ ދައުލަތުގެ ބަންޑާރަ ނައިބު މިކަމާ ގުޅޭ ލިޔެކިއުންތަކެއް ބޭރުގެ ބަޔަކަށް ދީފައިވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ލިޔެ ކިއުމެއް ފެންނަން އެބައޮތްތޯ މެންބަރު ޝާހިދު ބަންޑާރަ ނައިބު އާ ސުވާލު ކުރެއްވިއެވެ.

މި ސުވާލުތަކަށް އުޝާމް ވިދާޅުވީ މިމައްސަލައާ ގުޅޭ އެއްވެސް ލިޔެކިއުމެއް ބޭރުގެ ފަރާތްތަކަށް ދީފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، އެއީ މި ސަރުކާރުން ވަރަށް ތަފްސީލުކޮށް ބަލަމުން ގެންގޮސްފައިވާ މައްސަލަ އެއް ކަމުގައެވެ.

އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއްވެސް ލިޔެކިއުމެއް ބޭރުގެ ފަރާތްތަކަށް ދީފައި ހުރި ކަމަކަށް އެނގޭތޯ. އަޅުގަނޑުމެން މި މައްސަލަ ހަމަ އަޅުގަނޑު މިމަގާމާ ހަވާލުވި ހިސާބުން މިމައްސަލަ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހު މިކަމަށް އަޅުގަނޑުމެންގެ ސަރުކާރުގައި ހަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މިމައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މިދިޔަ ސަރުކާރުގެ ބަންޑާރަ ނައިބު ބަޔަކަށް ލިޔެކިއުންތަކެއް ދީފައި ހުރި ކަމަކަށް.
ބަންޑާރަނައިބު އަހުމަދު އުޝާމް

ޗާގޯސްގެ މައްސަލާގައި މިސަރުކާރުގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ ބޭފުޅުން ގެންދަވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުން ކަން ބަންޑާރަ ނައިބު އުޝާމުގެ ޖަވާބުން ސާފުކޮށް އެނގިގެން ދިޔަކަން ފާހަގަ ކުރެވެއެވެ. އަދި ކުރީ ސަރުކާރުގެ ވެރިން ކަނޑުވިއްކާލާ ފައިސާ ނެގި ކަމަށް ވެސް ބުނަމުން ގެންދިޔައެވެ.

ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލާފައިވާ ކަމަށް ތުހުމަތު ކުރަމުންދާއިރު، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް މިއަދާ ހަމައަށް އަދިވެސް އެކަން ވެފައެއް ނެތެވެ.

އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސް އަށް ދީފައިވަނީ 22 މެއި 2025 ގައެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސް އަށް މޮރިޝަސް އިން ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ވެސް ދަމަހައްޓާފައެވެ.

ޗާގޯސްއަހްމަދު އުޝާމްމަޖިލީސް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
27 ނޮވެމްބަރު 2025

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
27 އޮކްޓޯބަރު 2025

ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

27 އޮކްޓޯބަރު 2025
ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް
24 އޮކްޓޯބަރު 2025

މުއިއްޒު ޖައްސަވަނީ ނުބައި ހިސާބެއް، ޤާނޫނަށް ބަދަލުގެނެސްގެން އާއްމުން ތަޅެއް ނޭޅުވޭނެ : ޔައުގޫބް

24 އޮކްޓޯބަރު 2025
މުއިއްޒު ޖައްސަވަނީ ނުބައި ހިސާބެއް، ޤާނޫނަށް ބަދަލުގެނެސްގެން އާއްމުން ތަޅެއް ނޭޅުވޭނެ : ޔައުގޫބް
21 އޮކްޓޯބަރު 2025

ރައީސް މުއިއްޒު މަޖިލީހަށް ފޮނުވާ ކޮންމެ ބިލެއް ފާސް ކުރާނަން، ފާޑު ކިޔާ ބަޔަކު ފާޑު ކިޔަންވީ: އަބްދުއްރަހީމް

21 އޮކްޓޯބަރު 2025
ރައީސް މުއިއްޒު މަޖިލީހަށް ފޮނުވާ ކޮންމެ ބިލެއް ފާސް ކުރާނަން، ފާޑު ކިޔާ ބަޔަކު ފާޑު ކިޔަންވީ: އަބްދުއްރަހީމް
20 އޮކްޓޯބަރު 2025

މެންބަރުން ހަމަ ނުވެގެން މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމާއި ގުޅޭ ވޯޓަށް ނޭހި

20 އޮކްޓޯބަރު 2025
މެންބަރުން ހަމަ ނުވެގެން މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމާއި ގުޅޭ ވޯޓަށް ނޭހި
17 އޮކްޓޯބަރު 2025

އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

17 އޮކްޓޯބަރު 2025
އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު