Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

މި ހުރިހާ ދަތުރުތަކުގެ ޖުމުލަ ހަރަދު 1.08 މިލިއަން ރުފިޔާއަށް އަރާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 06:49
މާލެ ސިޓީ ކައުންސިލްގައި މުއިއްޒު ހުންނެވި ބޭރު ގައުމަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން - ފައިލް

މާލެ ސިޓީ ކައުންސިލްގައި މުއިއްޒު ހުންނެވި ބޭރު ގައުމަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން - ފައިލް

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި މުައްދަތުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި 5 ގައުމަކަށް ކުރެއްވި ދަތުރުތަކާއި ޕީޕީއެމް/ޕީއެންސީގެ ކައުންސިލަރުން ކުރެއްވި ދަތުރުތަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަހުމަދު އުސާމް ހޯދާފައިވާ މައުލޫމާތުތައް ދައްކާގޮތުން 10 ސެޕްޓެމްބަރު 2021ން 03 އޮގަސްޓް 2022ށް ވަނީ 5 ގައުމަކަށް ދަތުރުކުރައްވާފައެވެ. އެ ގައުމުތަކުގެ ތެރޭގައި އޭޝިއާގެ އިތުރުން މެދުއިރުމަތި އަދި ޔޫރަޕު ހިމެނެއެވެ.

Advertisement - newsAdvertisement

ދަތުރުކުރެއްވި ގައުމުތަކުގެ ތެރޭގައި ތުރުކީ، ޕޯޗުގަލް، އޮސްޓްރޭލިއާ، ސައުތު ކޮރެއާ، ސްރީލަންކާ އަދި ސިންގަޕޫރު ހިމެނެއެވެ.

މޭޔަރުކަމުގައި ވަކިން ކުރެއްވި ދަތުރުތައް

  • 10 ސެޕްޓެމްބަރު 2021ން 17 ސެޕްޓެމްބަރު 2021ށް - ތުރުކީ (8 ދުވަސް) - 81،124.62ރ
  • 09 އޮކްޓޯބަރު 2022ން 15 އޮކްޓޯބަރު 2022ށް - ސައުތު ކޮރެއާ (7 ދުވަސް) - 35،897.76ރ

މޭޔަރުކަމުގައި ހުންނެވި އިރު ކައުންސިލަރުންނާއެކު ކުރެއްވި ދަތުރުތައް

  • 27 ޖޫން 2022ން 01 ޖުލައި 2022ށް - މޭޔަރު އަދި 1 ކައުންސިލަރުން - ޕޯޗުގަލް (6 ދުވަސް) - 273،268.10ރ
  • 15 ޖުލައި 2022ން 16 ޖުލައި 2022ށް - މޭޔަރު އަދި 1 ކައުންސިލަރުން - ސްރީލަންކާ (1 ދުވަސް) - 18،041.40ރ
  • 31 ޖުލައި 2022ން 03 އޮގަސްޓް 2022ށް - މޭޔަރު، ޑެޕިއުޓީ މޭޔަރު އަދި 3 ކައުންސިލަރުން - ސިންގަޕޫރު - 352،377.84ރ

ޕީޕީއެމް/ޕީއެންސީ މެޖޯރިޓީ އޮތް ކައުންސިލްގެ މެންބަރުން ކުރެއްވި ދަތުރުތައް

  • 19 ސެޕްޓެމްބަރު 2022ން 22 ސެޕްޓެމްބަރު 2022ށް - ކައުންސިލްެ މެންބަރެއް - އޮސްޓްރޭލިއާ (7 ދުވަސް) - 77،373.88ރ
  • 27 ނޮވެމްބަރު 2022ން 1 ޑިސެމްބަރު 2022ށް - ކައުންސިލް މެންބަރެއް - ޔޫއޭއީ (4 ދުވަސް) - 74،586.54ރ
  • 15 ނޮވެމްބަރު 2022ން 17 ނޮވެމްބަރު 2022ށް - ކައުންސިލް މެންބަރެއް - ސްޕެއިން (5 ދުވަސް) - 77،186.44ރ
  • 6 ފެބްރުއަރީ 2023ން 10 ފެބްރުއަރީ 2023ށް - 2 ކައުންސިލް މެންބަރެއް - ޔޫއޭއީ (4 ދުވަސް) - 87،092.16ރ
  • 22 ނޮވެމްބަރު 2023ން 28 ނޮވެމްބަރު 2023ށް - ޑެޕިއުޓީ މޭޔަރު އަދި ކައުންސިލް މެންބަރެއް - ޗައިނާ (7 ދުވަސް) 11،382.03ރ

މުއިއްޒުގެ މޭޔަރުކަމުގައި މޭޔަރާއި ޑެޕިއުޓީ މޭޔަރު ހިމެނޭހެން ޖުމްލަ 10 ދަތުރެއް ކޮށްފައިވެއެވެ. އެއީ 9 ގައުމަކަށެވެ.

ކައުންސިލްތަކުން ކުރާ ތަޖުރިބާގެ ދަތުރުތަކަކީ ކައުންސިލްތަކުން ކުރާ ބޭކާރު ހަރަދެއް ކަމަށް ރައީސް މުއިއްޒު ވަކާލަތު ކުރައްވާ އިރު، އެމަނިކުފާނު މޭޔަރުކަމުގައި ހުންނެވި މުއްދަތުގައި 1،088،330.77 (އެއް މިލިއަން އަށްޑިހަ އަށްހާސް ތިންސަތޭކަ ތިރީސް ރުފިޔާ ހަތްދިހަ ހަތް ލާރި) ވަނީ ހަރަދުކޮށްފައެވެ. މީގެ ތެރެއިން މޭޔަރުކަމުގައި ހުންނަނީ މުއިއްޒު ކުރެއްވި ދަތުރުފުޅުތަކުގެ ހަރަދު އެކަނިވެސް 760،709.7 ރުފިޔާއަށް އަރައެވެ.

މޭޔަރުކަމުގައި ހުންނަވައިގެން ބޭރު ގައުމުތަކަށް ކުރެއްވި ދަތުރުތަކަށް ލައްކައިން ފައިސާ ހަރަދުވެފައިވާއިރު، ކައުންސިލްތަކުން ތަޖުރިބާ ދަތުރުތަށް ކުރާތީ އެކަމާއި ހިތްހަމަނުޖެހި ރައީސް މުއިއްޒު ބ. ކެންދޫގައި ވިދާޅުވީ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދެނީ، އަދި ޤާނޫނުން އެ ފުރުޞަތުދީގެން، އާމްދަނީ ހޯދަން ފުރުޞަތު ދެނީ، ރަށުގައި ކުރަން ހުންނަ މުނިސިޕަލް ޚިދުމަތް ކުރަން ކަމަށެވެ. އަދި ރަށަށް ބޭނުންވާ ކަންކަމަށް އިންވެސްޓް ކުރުމަށާއި، އެކި ކަންކަމަށް އާމްދަނީ ހޯދަން ކަމަށާއި، މުޅި ޓީމު އޮތްގޮތަށް އެކި ޤައުމުތަކަށް ދާ ކަމަށެވެ.

މިއަދުވެސް އަޅުގަނޑު ނޫހުން ކިޔިން އިނގޭތޯ. ތިޔަބޭފުޅުންވެސް ނޫސް ބައްލަވައިލެއްވީމާ ފެނިވަޑައިގަންނަވާނެ. މިއަދުގެ ހެޑްލައިނެއްގައިވެސް އެބައޮތް، ކޮންމެވެސް އަތޮޅެއްގެ އަތޮޅު ކައުންސިލް، މުޅި އަތޮޅު ކައުންސިލް އޮތްގޮތަށް ބޭރަށް ވަޑައިގެންފި، ތަޖުރިބާ ހޯއްދަވަން. ދެން ކީއްކުރަންތޯ؟ މިހާރު ދައުރު މި ނިމެނީ. އަޅުގަނޑު ދެކޭގޮތުގައި، ދެން ތަޖުރިބާ ކުރިން ހޯއްދަވައިގެން ތިއްބަވަންވާނީ. އެހެންވީމާ، މިކަހަލަ ކަންތަކެއްނޫން ކައުންސިލްތަކުން ކުރާނީކީ. ލާމަރުކަޒީ ނިޒާމަކީ އެއަށްވުރެ މާ ސީރިއަސް ނިޒާމެއް. ރައްޔިތުންނަށް ވަރަށް މުހިންމު ނިޒާމެއް. އެ ނިޒާމުގެ ތެރެއިން، ކަންކަން ކުރަންވާނީ އިޚްލާޞްތެރިކޮށް، ޒިންމާދާރުކޮށް. ކޮންމެ ޕާޓީއަކުން އިންތިޚާބުވެފައި ހުއްޓަސް، ރައްޔިތުންނަށް ހަމަހަމަކަމާ އެކީގައި، އެ އޮންނަ ސަރުކާރަކާ އެކީގައި، ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަންޖެހޭނެ. ލިބޭ ފައިސާއެއް ޒިންމާދާރުކަމާ އެކީގައި ބޭނުންކުރަންޖެހޭނެ. ޤާނޫނުގައި އަކުރުން ހާއިން ގޮސް ޗަވިޔަންޏާ ހަމައަށޭވެސް ދެންނެވިދާނެ. ވަރަށް ގިނަ އަކުރުތައް އެހުރީ، ކައުންސިލްގެ ޒިންމާތައް ބަޔާންކޮށްފައި. ބާރުތަކާއި ޒިންމާތައް. އެކަންކަން ކުރަން ފައިސާ ޚަރަދުކުރަންޖެހޭނީ. އެ ކަންކަން ނުކުރާ އެތައް ކައުންސިލެއް އެބަހުރި. ބޭކާރުގޮތުގައި އެކިއެކި ކަންކަން ކުރަމުންދަނީ.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވެފައިވަނީ މިކަންކަން ހަމަމަގަށް އެޅުވުމަކީ، މިކަންކަމަށް ނުގަވާއިދުން ފައިސާ ބޭނުންކުރުމަށް އޮންނަ މަގުތައް ބަންދުކޮށް، ސީދާ ރައްޔިތުން ބާރުވެރިކުރުވުމަކީ، ޙަޤީޤަތުގައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުން ކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކަށް ދައުލަތުން ދޫކުރާ 'ބްލޮކް ގްރާންޓް' ބޭނުންކުރާ ގޮތް މޮނިޓާކުރުމަށް ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް ނިޒާމެއް ގާއިމުކުރައްވާނެ ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒުމާލެ ސިޓީއަހްމަދު އުޝާމްތުރުކީޕޯޗުގަލްއޮސްޓްރޭލިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު