Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާނޫނުއަސާސީ

ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބުމުން ބާރުތައް މަސްހުނިވެ، އަދުލު އިންސާފުގެ ނިޒާމާއި ރައްޔިތުންގެ ހައްގުތައް ގެއްލެމުންދާ ކަމަށް. މިކަމަށް އޮތް ހައްލަކީ ގާނޫނު އަސާސީގައި ހައްގުތައް މިއަށްވުރެ ތަފްސީލުކޮށް ލިޔެ، ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔަކީ ދެ މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅުން ކަމަށް އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 06:22
އާދިއްތަ ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަ ދައްކަވަނީ.

އާދިއްތަ ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ދިވެހިރާއްޖޭގައި ކޮންމެ 5 އަހަރަކުން ރައްޔިތުންގެ ހައްގުތައް ހަނި ކުރުމަށް މަސައްކަތް ކުރާ މަންޒަރު ފެންނާތީ މި ގައުމުގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ފައްޔާޒު ވިދާޅުވީ ބުރަ މަސައްކަތުން ރާއްޖެއަށް ފެހި ގާނޫނު އަސާސީ ގެނައީ ރައްޔިތުންނަށް ގިނަ ހައްގުތަކެއް ކަށަވަރު ކޮށްދިނުމަށްޓަކައި ކަމަށެވެ. ނަމަވެސް ކޮންމެ 5 އަހަރަކުން ރައްޔިތުން ހައްގުތައް ހަނިކޮށް، ނިގުޅައިގަތުމުގެ މަސައްކަތް ކުރާ މަންޒަރު ފެންނަ ކަމަށާއި، މި ތަޖުރިބާގެ އަލީގައި ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ 3 ބާރު ވަކިވެފައިވާ ނިޒާމެއް ގާއިމްކުރި މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވުމަށް ކަމަށެވެ. އެއްބާރަކުން ރައްޔިތެއްގެ ހައްގަށް އަރައިގަންނަ އުޅޭ ހާލަތެއްގައި އަނެއް ބާރުން އެކަން ހުއްޓުވައި ވަކާލާތު ކުރާނެ ކަމަށް އުންމީދު ކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބޭ ހިސާބުން ހުރިހާ ނިޒާމެއް މަސްހުނިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވެސް ރައްޔިތުންގެ ހައްގުގައި ބަހެއް ނުބުނާ ކަމަށެވެ. 

 އެހެން ނަމަވެސް ފެނިގެން މިދިޔައީ މަސްހުނިވެފައި އޮތް ތިން ބާރު. މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބޭ ކޮންމެ ފަހަރަކު އަޅުގަނޑުމެންނަށް އެބަ ފެނޭ މަޖިލީހުގެ އަސްލު ބޭނުން ފުރިހަމައަށް އަދާ ނުކުރެވޭތަން. މިސާލަކަށް ދަންނަވަންޏާ މިހާރު މިއޮތް މަޖިލިސް ޚާއްސަކޮށް އަޅުގަނޑުމެންނަށް ނުފެނޭ މިގައުމުގައި މިހައި ބޮޑެތި ކަންކަންވަމުންދާއިރުގައި ރައްޔިތުން ވަރަށް ނިކަމެތިވެގެން ދާއިރުގައި ރަށްރަށުގައި އެއްވެސް ކަމެއް ކުރިއަށް ނުދާއިރުގަ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގައި އަޑެއް އުފުލާލި ތަނެއް އަޅުގަނޑަށް އަޑެއް ނީވޭ. އެހެންވީމަ ބާރުތައް ވަކިކޮށްގެން ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން މިކުރި މަސައްކަތުގެ އެންމެ ބޮޑު ވަސީލަތަކަށް މަޖިލިސް ވާނެ ކަމަށް އުންމީދު ކުރީ. އެކަމެއް ނުވި. ދެން ތިން ބާރު ވަކިވެފައި އޮންނައިރު، އަދުލު އިންސާފު ގާއިމް ކުރުމާއި، ގާނޫނު އަސާސީގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި އެކަން ޔަގީން ކުރުމަށް މިއޮންނަނީ ފަނޑިޔާރުގެ. އެކަމަކު ފަނޑިޔާރުގެ ފުރިހަމަ މިނިވަންކަން ގެއްލިގެން މިދަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބޭ ބައެއްގެ ދަށު ވެގެން މިދަނީ ފަނޑިޔާރުގެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް

ފައްޔާޒު ވިދާޅުވީ ޑިމޮކްރަސީގެ ގެނައުމަށް މަގު މައްޗަށް ނުކުމެ އެހައި ބުރަކޮށް މަސައްކަތް ކުރީ  ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި ވެރިކަމަށް އަންނަ ބަޔަކު ބޭނުންހާ ގޮތެއް ރައްޔިތުންގެ ހައްގުތަކަށް ހެދިޔަދީގެން ނުވާނެ ކަމަށާއި، ހައްގުތައް ކަށަވަރުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުންގެ ހައްގުތަކާ ގުޅޭ މާއްދާތައް މިހާރަށް ވުރެ ބޮޑަށް ތަފްސީލުކޮށް، އެއްވެސް އޮޅުމެއް ނާރާނެ ފަދަ ގޮތަކަށް ގާނޫނު އަސާސީގައި ލިޔަން ޖެހޭ ކަމަށާއި، ދައުލަތުގެ އެއް ބާރު އަނެއް ބާރުގެ މައްޗަށް އޮންނަ ފާރަވެރިވުމުގެ ނިޒާމު ވަރުގަދަކުރުމަކީ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރެވޭނެ ގޮތް ކަމަށެވެ. އަދި މި ބަދަލުތައް ގެނެވޭނީ ރައީސްގެ ބާރުތަކާއި މަޖިލީހުގެ ބާރުތައް ކުޑަކޮށްގެން ކަމަށާއި، މީގެ ހައްލެއްގެ ގޮތުން މުޅި ދައުލަތުގެ ވެރިއަކާއި، ސަރުކާރުގެ ވެރިއަކީ ދެ މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޤާނޫނުއަސާސީފައްޔާޒް އިސްމާއިލްއެމްޑީޕީރައްޔިތުންގެ މަޖިލިސްޑިމޮކްރަސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ޗެއަރޕާސަން އިންތިހާބު: އިންތިހާބު ކޮމްޕްލަޔަންސް ކޮމިޓީ އިއުލާންކޮށް ވޯޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އެމްޑީޕީ ޗެއަރޕާސަން އިންތިހާބު: އިންތިހާބު ކޮމްޕްލަޔަންސް ކޮމިޓީ އިއުލާންކޮށް ވޯޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

03 މެއި 2026
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަނީ 3 ކެންޑިޑޭޓުން!

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަނީ 3 ކެންޑިޑޭޓުން!

03 މެއި 2026
މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

03 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު

02 މެއި 2026
 އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު

އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު

02 މެއި 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު