Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗެއަރޕާސަން އިންތިހާބު

އެމްޑީޕީ ޗެއަރޕާސަން އިންތިހާބު: އިންތިހާބު ކޮމްޕްލަޔަންސް ކޮމިޓީ އިއުލާންކޮށް ވޯޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކޮމްޕްލަޔަންސް ކޮމިޓީ އެކުލަވާލައި، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މެއި 6 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. މީގެ އިތުރުން، ޖޫން 12 ގައި ބާއްވާ މި އިންތިޚާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިއުލާންކޮށްފައިވާއިރު، ޝައުގުވެރިވާ މެންބަރުން މެއި 30 ގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެ އެވެ. އިންތިޚާބާ ގުޅޭ އެންމެހައި ޝަކުވާތައް ފޯނު މެސެޖު ނުވަތަ އޮންލައިން ފޯމު މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު ޕާޓީން ވަނީ ހަމަޖައްސައިފަ އެވެ.

މަޚްތޫމް
މަޚްތޫމް | 3 މެއި 2026 | އާދީއްތަ 14:32
އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބެއްގެ ތެރެއިން - ފައިލް

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބެއްގެ ތެރެއިން - ފައިލް

އެމްޑީޕީ ޗެއަރޕާސަންގެ އިންތިހާބުގެ ކޮމްޕްލަޔަންސް ކޮމިޓީ އިއުލާންކޮށް ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ. 

އެމްޑީޕީ އިން ބުނީ 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ މިޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ ކޮމްޕްލެއިންސް ކޮމިޓީ އިންތިޚާބާއިބެހޭ ޤަވާޢިދުގެ 46 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިޚާބާއި ބެހޭ ކޮމިޓީން އެކުލަވާލާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ކޮމިޓީގައި ހިމެނޭ 3 މެންބަރުން

  • މުޙައްމަދު ނިޝާން އިބްރާހީމް، އިވްނިންއިން / ށ.ފޯކައިދޫ
  • ޑޮކްޓަރ ޢައިޝަތު ޢަލީ، މ. ހިޔާވަހިގެ / މާލެ
  • ޝާޠިރު ޢަބްދުއްރަޙްމާން، ބޯގަންވިލާ / ދ. ކުޑަހުވަދޫ

އެމްޑީޕީ އިން ބުނީ މި އިންތިޚާބާއިގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ގޫގުލް ލިންކް މެދުވެރިކޮށް ނުވަތަ މޯބައިލް ނަންބަރ: 7219637 އަށް މެސެޖުން ހުށަހެޅުމަށް އެދޭ ކަމަށެވެ. 

މީގެ އިތުރުން  ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް ވަނީ އިއުލާންކޮށްފަ އެވެ. މި ލިސްޓާއި މެދު ޝަކުވާ ހުށައަޅަން ބޭނުންވާ ފަރާތްތަކުން 06 މެއި 2026 ވާ ބުދަ ދުވަހުގެ 14:00 އާއި ހަމައަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެމްޑީޕީ އިން ބުނެ އެވެ. 

މި އިންތިހާބުގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެމްޑީޕީ އިން ބުނީ  12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ މާލޭގައި ވޯޓުފޮށިތައް ބަހައްޓާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ވޮލަންޓިއަރކޮށް، އިލެކްޝަން ކޮމިޓީއަށް މި މަސައްކަތް ކޮށްދިނުމަށްއެދޭ ޕަޓީގެ މެންބަރުން ގޫގުލް ފޯމް ލިންކް މެދުވެރިކޮށް 30 މެއި 2026 ގެ 14:00 ގެކުރިން ހުށަހެޅުމަށެވެ. އަދި މިމެންބަރުން ވާންވާނީ ކެންޕޭންގަ އަމަލީގޮތުން ނޫޅޭ މެންބަރުން ކަމަށާއި، މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ މަރުކަޒުތައް ކަނޑައަޅާނީ އިންތިޚާބާއި ބެހޭ ކޮމިޓީން ކަމަށް ވަނީ ބުނެފަ އެވެ. 

އެމްޑީޕީޗެއަރޕާސަން އިންތިހާބުކޮމްޕްލަޔަންސް ކޮމިޓީ

އިތުރަށް ކިޔާލަން

03 މެއި 2026

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަނީ 3 ކެންޑިޑޭޓުން!

03 މެއި 2026
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަނީ 3 ކެންޑިޑޭޓުން!
03 މެއި 2026

މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

03 މެއި 2026
މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު
02 މެއި 2026

އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު

02 މެއި 2026
 އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު
02 މެއި 2026

އެމްޑީޕިގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިޚާބު ރިޔާސީ ޕްރައިމަރީ އަށް ފަހު ބާއްވަން ހުށަހަޅައިފި

02 މެއި 2026
އެމްޑީޕިގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިޚާބު ރިޔާސީ ޕްރައިމަރީ އަށް ފަހު ބާއްވަން ހުށަހަޅައިފި
01 މެއި 2026

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު: ރައީސް ސޯލިހު

01 މެއި 2026
މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު