Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލައިފި

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލު މަޖިލީހުން ބޭރުކޮށްލީ 45 މެންބަރުންގެ އަޣުލަބިއްޔަތުން. މި އިސްލާހަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ފުރިހަމަ ލާމަރުކަޒީ ނިޒާމު ހިންގުމަށްޓަކައި، އަތޮޅު ކައުންސިލްތައް ކުރިން އޮތްގޮތަށް ރުޖޫއަކުރުމަށް ހުށަހެޅި ބިލެއް. މެންބަރު ފާހަގަކުރެއްވި ގޮތުގައި މިހާރު އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން ގާނޫނުއަސާސީން ތަސައްވުރުކުރާ ލާމަރުކަޒީ ނިޒާމަށް ވަނީ އުނިކަން ލިބިފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 މެއި 2026 | ހޯމަ 07:47
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކާޒީ ނިޒާމު ހިންގުމަށްޓަކައި ބޭނުންވާ އަތޮޅު ކައުންސިލްތައް އުވާ ނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިނުގަތުމަށް ނިންމައި، އެ ބިލު މަޖިލީހުން ބޭރު ކޮށްލައިފި އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އެ ބިލު ބޭރު ކޮށްފައި ވަނީ 45 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. 

Advertisement - newsAdvertisement

ކުޑޫ ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) ގެ ދަށުން، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، 2010 ވަނަ އަހަރު އަމަލުކުރަން ފެށި ޚާއްސަ ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެމަތީން އިދާރާތަކާއި، މަގާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފައްދައިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފަށައި، އެ ނިޒާމު ތަރައްގީކޮށް، ހަރުދަނާ ކުރަމުން އައި ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ.

ނަމަވެސް މި ވެރިކަމުގައި އެ ނިޒާމުގައި ހިމެނޭ މުހިންމު ބައެއް ކަމުގައިވާ އަތޮޅު ކައުންސިލްތައް އުވައިލުމުގެ ސަބަބުން، ގާނޫނު އަސާސީ ތަސައްވުރުކުރި ނިޒާމަށް އުނިކަން ލިބިފައިވާ ކަމަށް ކުޑޫ ވިދާޅުވި އެވެ. އެހެންކަމުން، ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކާޒީ ނިޒާމު ހިންގުމަށްޓަކައި ބޭނުންވާ އަތޮޅު ކައުންސިލްތައް އުވައި ނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އިސްލާހުކުރުމަށް ކުޑޫ ހުށަހެޅުއްވި އެވެ. 

ރައްޔިތުންގެ މަޖިލިސްއަތޮޅު ކައުންސިލްލާމަރުކަޒީ ގާނޫނުގާނޫނު އަސާސީ އަށް ބަދަލު ގެނައުންމުހައްމަދު އިބްރާހިމް (ކުޑޫ)

އިތުރަށް ކިޔާލަން

04 މެއި 2026

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

04 މެއި 2026
ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
04 މެއި 2026

ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

04 މެއި 2026
ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު
02 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު

02 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު
30 އެޕްރީލު 2026

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ
29 އެޕްރީލު 2026

ރައީސް މުއިއްޒުގެ ކެބިނެޓުގެ 14 ވަޒީރުންނަށް މަޖިލީހުން ރުހުން ދީފި

29 އެޕްރީލު 2026
ރައީސް މުއިއްޒުގެ ކެބިނެޓުގެ 14 ވަޒީރުންނަށް މަޖިލީހުން ރުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު