Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ފައިނޭންސްގެ ކަންކަމެއް ނޭނގެ، ރަސްމާލެ މަޝްރޫއު އެއީ ކުރަން ޖެހޭ ކަމެއް، ވީހާވެސް އަވަހަށް ހިއްކައި އާބާދު ކުރަން ޖެހޭ: މުއްތަލިބް

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރަސްމާލެ މަޝްރޫއަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ. މިހާރު ހިއްކަމުންދާ ތަންތަނުން ގޯތި ދޫކޮށްފައިވާތީ، ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނީ ރަސްމާލެ ހިއްކައިގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި. އެހެންކަމުން، ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދަނީ ވީހާވެސް އަވަހަކަށް އެތަން އާބާދުކުރުމުގެ މަގުސަދުގަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 މެއި 2026 | ހޯމަ 07:52
ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު | ރައްޔިތުންގެ މަޖިލިސް

‏ރަސްމާލޭގެ މަޝްރޫއަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެތަން ނުހިއްކާ ބޯހިޔާވަހިކަން ގާއިމް ކުރެވެން ނެތް ކަމަށް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކޮށްފައިވާއިރު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަސްމާލެ ނުހިއްކާ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށެވެ. 

Advertisement - newsAdvertisement

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، ނުވަތަ ފްލެޓް އެޅުމަށް ވެސް ބިން ނެތްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ހުޅުމާލެ އިންނާ، ގިރާވަރުފަޅުން އަދި ގުޅީފަޅުން ރައްޔިތުންނަށް ގޯއްޗާއި، ބިން ދީފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

ސަރުކާރުން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ކަމަށް ވާނަމަ އެހެން ތަނެއް ޕްލޭން ކޮށްގެން ޑިވެލޮޕް ކުރަން އެބަ ޖެހޭ. މިގޮތުން ރަސްމާލެ އަކީ ކުރަން ޖެހޭ ކަމެއް. އެތަން ނުހިއްކާ އަޅުގަނޑުމެންނަށް ބޯހިޔާވަހިކަން އެޅޭކަށް ނެތް. އެހެންވީމަ އެ އުސޫލުން ކުރަން ޖެހޭ ކަމެއް ސަރުކާރުން ކުރާނެ. އެއީ މިނިސްޓްރީ އޮފް ފައިނޭންސް އާ އެމްއޭސީއެލް އާ ހަވާލު ކޮށްގެން މިހާރު ކުރިއަށް ގެންދަނީ. އެމްއޭސީއެލް އާ އެހެން ދެތިން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ. ފައިނޭންޝަލް ޑީޓެއިލްތަކެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑުގެ އިންޓްރެސްޓް ހުރީ އެތަން ބިން ހިއްކާފަ ވީހާ ވެސް އަވަހަކަށް އެތަން އާބާދު ކުރަން. 
ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު 

މީގެ ކުރިން ވެސް މިނިސްޓަރު ވަނީ ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދަނީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ކަމަށެވެ. 

މިހާރު ހިއްކަމުންދާ ތަންތަނަކީ ގޯތި ބަހާފައިވާ ތަންތަން ކަމަށް ވުމާ އެކު ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރެވޭނީ އެ ނޫން ގޮތެއް ހޯދައި މުސްތަގުބަލާއި މެދު ކަންތައްތަކެއް ޕްލޭންކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ޑރ. އަބްދުﷲ މުއުޠްޠަލިބުރައްޔިތުންގެ މަޖިލިސްރަސްމާލެ

އިތުރަށް ކިޔާލަން

04 މެއި 2026

އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލައިފި

04 މެއި 2026
އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލައިފި
04 މެއި 2026

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

04 މެއި 2026
ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
04 މެއި 2026

ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

04 މެއި 2026
ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު
02 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު

02 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު
30 އެޕްރީލު 2026

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު