Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ގަރާރުގައި، ދައުލަތުގެ މީޑިއާގެ ގާނޫނީ ޒިންމާތަކާއި ހަމަހަމަކަން ގާއިމްކުރުމުގެ މުހިއްމުކަން ވަނީ ފާހަގަކޮށްފަ. މި ގަރާރުގައި ޕީއެސްއެމް އިން އެޑިޓޯރިއަލް މިނިވަންކަން ގެއްލުވާލައި، ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުތަކެއް ކޮށްފައިވޭ. މީގެ އިތުރުން، އިންތިޚާބުތަކާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ފެތުރުމާއި، މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި އަމަލުކޮށްފައިވާ ގޮތްތަކާ މެދު ވެސް މި ގަރާރުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ. އެ ގަރާރު ވަނީ މަޖިލީހުގެ އަޣުލަބިއްޔަތުން ބަލައިނުތަގުމަށް ނިންމާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 މެއި 2026 | ހޯމަ 07:41
ޕަބްލިކް ސަރވިސް މީޑިއާ

ޕަބްލިކް ސަރވިސް މީޑިއާ | ޕީއެސްއެމް

ޕަބްލިކް ސަރވިސް މީޑިއާ އިން ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކޮށް، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދީފައި ނުވާތީ ރައްޔިތުން ގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިނުގަތުމަށް ނިންމައި، ގަރާރު ބޭރުކޮށްލައިފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހަޅުއްވާފައިވާ އެ ގަރާރު ބަލައިގަތުމާމެދު ވޯޓަށް އަހާފައި ވެ އެވެ. ގަރާރު ބަލައި ނުގަތުމަށް ނިންމީ ވޯޓުގައި 45 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. 

Advertisement - newsAdvertisement

އެ ގަރާރުގައި ބުނީ ޕީއެސްއެމް.ގެ މަގްސަދަކީ ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާ ސިޔާސަތުތަކުގެ ތެރޭގައި ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.

އެގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ކ) ގައި ދައުލަތުގެ މީޑިއާގެ ސިޔާސަތުތަކުގެ ގޮތުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޕަބްލިކް ސަރވިސް މީޑިއާގެ ޚިދުމަތް ފޯރުކޮށްދެމުން ދިއުމަށް މަސައްކަތް ކުރުމާ ޕަބްލިކް ސަރވިސް މީޑިއާ އިން ވަކިވަކި ފަރުދުންނާ އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތްކުރުން ކަން ކަނޑައަޅައި ބަޔާން ކޮށްފައިވާ ކަމަށް ގަރާރުގައި ވެ އެވެ.

މީގެ އިތުރުން ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި މި ނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުމާއި ދިވެހި ރައްޔިތުންނަށް މުހިއްމުވާނެއ ބައިނަލްއަގްވާމީ އެކި ކަންކަމާ ގައުމީ އެކި ކަންކަމުގެ ޚަބަރާ މައުލޫމާތާ ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަމުގައި 5 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް ގަރާރުގައި ވެ އެވެ.

އޭގެ އިތުރުން ގަރާރުގައި ބުނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާންކުރާ ދުވަހުން ފެށިގެން އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 06:00 އާ ހަމައަށް ބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކުން މި ގާނޫނާ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި އިޝްތިހާރާ ޕްރޮގްރާމްތައް ފޮނުވުމަށް ވަގުތު ޚާއްސަކުރަން ވާނެ ކަމަށެވެ.  އަދި އެ މާއްދާގެ (ށ) ގައި ބްރޯޑްކާސްޓްކުރާ ޕާޓީތަކަށް ދޭންވާނީ ހަމަހަމަ ކަމާ އެކުގައި ކަމަށް ވެސް ބުނާ ކަމަށެވެ. 

މި މަގްސަދު ހާސިލުކުރުމަށްޓަކައި އެކުލަވާލާފައިވާ އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސް ކުރުމުގެ ގައިޑްލައިންގެ 4 ވަނަ މާއްދާގައި ވޯޓުލާ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބްރޯޑްކާސްޓް ކުރުމާ ކެންޑިޑޭޓުންނަށް ޚާއްސަކޮށްފައިވާ ވަގުތު ދިނުމުގައި ހަމަހަމަ އުސޫލުތައް ގެންގުޅުމާ ޚަބަރު ހުށަހެޅުމުގައި ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އެންމެ ބޮޑަށް އަޑަކުރަންޖެހޭ ފަރާތަކީ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު ކަން ގަރާރު ގައި ފާހަގަ ކޮށްފައި ވެ އެވެ.

މިކަމަށް ޚާއްސަ އަހައްމިއްޔަތެއް ދީގެން މަސައްކަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ ގާނޫނާ އުސޫލުތަކަށް ބެލުމެއް ނެތި ނުވަތަ ގައުމީ ބަންޑާރަ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި ވަކި ބަޔަކަށް ފުރުސަތު ދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގައިލައި، ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެ ނޫން ވެސް ޒާތީ މަސްލަހަތެއް ހިމާޔަތް ކުރުމަށްޓަކައި ހަމަހަމަ އިންސާފުން އެއްކިބާވެ ބަންޑާރަ މީޑިއާގެ ޗެނަލްތަކުން ވޭތުވެދިޔަ ތަނުގައި މަސައްކަތް ކޮށްފައިވާ ކަން ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

ގަރާރުގައި ބުނީ ރިޔާސީ އިންތިޚާބާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާގޮތަށް ހަމަޖެއްސުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނަގައި ނިމުނު އިރުވެސް އެކަމާ ބެހޭ ފުރިހަމަ މައުލޫމާތު އެކަށީގެންވާ މިންވަރަށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށް ލިބިފައި ނުވާ ކަމަށެވެ. 

އޭގެ އިތުރުން 4 އޭޕްރީލް ގައި ބޭއްވުނު ލޯކަން ކައުންސިލް އިންތިޚާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ  އިންތިޚާބުގެ އެންމެ ގިނަ ވޯޓު ކާމިޔާބު ކޮށްފައިވަނީ ވެރިކަންކުރާ ޕާޓީން ކަމަށް ބުނެ ދައުލަތުގެ ބްރޯޑްކާސްޓަރު ޕަބްލިކް ސަރވިސް މީޑިއާ ޚަބަރު ޝާއިއުކޮށް، ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަން ވެސް ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

އެ ގަރާރުގައި ބުނީ ކައުންސިލް އިންތިޚާބުގެ ކުރިން ދައުލަތުގެ ބްރޯޑްކާސްޓާގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ދެ މީީހަކު ޕްރޮމޯޓް ކޮށް އިތުރު ތިން މީހަކު ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމަށް ޕްރޮމޯޓްކޮށް، ޓީވީ ޕްރޮޑަކްޝަން ޑިޕާޓްމަންޓް ލީޑް ކުރުމަށް ކުރީގެ އެސިސްޓެންޓް މެނޭޖަރެއް ޕްރޮމޯޓް ކުރިކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްމީކާއިލް ނަސީމްޕަބްލިކް ސަރވިސް މީޑިއާ

އިތުރަށް ކިޔާލަން

04 މެއި 2026

ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

04 މެއި 2026
ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު
02 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު

02 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު
30 އެޕްރީލު 2026

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ
29 އެޕްރީލު 2026

ރައީސް މުއިއްޒުގެ ކެބިނެޓުގެ 14 ވަޒީރުންނަށް މަޖިލީހުން ރުހުން ދީފި

29 އެޕްރީލު 2026
ރައީސް މުއިއްޒުގެ ކެބިނެޓުގެ 14 ވަޒީރުންނަށް މަޖިލީހުން ރުހުން ދީފި
29 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ކުރީގެ އެމްޕީ ސިނާނުގެ ޓިކެޓް އަތުލައިފި

29 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ކުރީގެ އެމްޕީ ސިނާނުގެ ޓިކެޓް އަތުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު