Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް

ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި

ސަރުކާރުން ބޭސް އެތެރެކުރަން އުފެއްދި ކުންފުނި އުފެއްދިތާ ތިން މަސް ވިީއިރުވެސް ބޮޑެތި ބަލިތަކުގެ ބޭސް ނުލިބޭކަމުގެ ޝަކުވާ އަދިވެސް ވަރަށް ބޮޑު

އަލީ ޝާހީން
އަލީ ޝާހީން | 9 ޑިސެމްބަރު 2025 | އަންގާރަ 14:11
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް

މި ސަރުކާރުން ބޭސް އެތެރެކުރުމަށް އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ޑިރެކްޓަރުން ގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް (އައިޖީއެމްއެޗް) ގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް އަންގާރަ ދުވަހު އައްޔަނުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގާރަ ދުވަހު ކުރި ޕޯސްޓެއްގައި ހަލީމް ބޭސް ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރި ކަން އިއުލާންކޮށްފައިވެ އެވެ. ހަލީމް އަކީ ރާއްޖޭ ގެ ސިއްހީ ދާއިރާ ގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެކެވެ.

Advertisement - newsAdvertisement

ރާއްޖޭން ބޮޑެތި ބަލިތަކުގެ ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވަމުން ގޮސް، ސަރުކާރުން ބޭސް އެތެރެކުރަން ކުންފުންޏެއް އުފެއްދީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. މި ކުންފުންޏަކީ ސަރުކާރުން %100 ހިއްސާވާ ކުންފުންޏެކެވެ. މިކުންފުނި އުފެއްދެވި ނަމަވެސް އަދިވެސް ބޮޑެތި ބަލިތަކުގެ ބޭސް ނުލިބޭކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

އެ ކުންފުނި އުފެއްދިތާ މިހާރު ތިން މަސް ވެފައިވާއިރު، އާންމު ރައްޔިތުން ދަނީ ބައެއް ކަހަލަ ބޭސް ނުލިބޭތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ބޭސް ފިހާރަތަކުން ބައެއް ބޭހެއް ނުލިބުމާއި، ބައެއް ބޭސް ލިބުމުގައި ލަސްވުން ހިނގަމުން އަންނަ ކަމަށް ރައްޔިތުން ބުނެ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. ޝާހު މާހިރު އައްޔަނުކުރީ ސެޕްޓެމްބަރު މަހުގެ 14 ގަ އެވެ. އެ ވަގުތު ޑރ. ޝާހު ހުންނެވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގަ އެވެ. ހަލީމް ޗެއާޕާސަންގެ މަގާމަށް އައްޔަނު ކުރުމާއެކު، ބޭސް ކުންފުނީގެ އިސް ލީޑާޝިޕް ފުރިހަމަވެގެން ދިޔައީ އެވެ.

އިބްރާހިމް އަބްދުއްރައްޒާގު ހަލީމްސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްމާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުބޭސް ފޯރުކޮށްދިނުން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
 އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
20 ނޮވެމްބަރު 2025

އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރައީސް ހުޅުވައިދެއްވައިފި

20 ނޮވެމްބަރު 2025
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރައީސް ހުޅުވައިދެއްވައިފި
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
05 އޮކްޓޯބަރު 2025

ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން

05 އޮކްޓޯބަރު 2025
ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު