Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭސް ނުލިބުން

މިނިސްޓަރ ވިދާޅުވީ އިންސުލިން ނުލިބޭނަމަ ގުޅޭނެ ނިޒާމެއް އެބައޮތް ކަމަށް، އަދި ގުޅައިގެން ރިޕޯޓު ކުރުމަށް!

ބޭސް ނުލިބުމުގެ ޝަކުވާ ގިނަ ފަރާތްތަކުން ކުރަމުންދާއިރު، ރައީސް މުއިއްޒުގެ ސަރުކާރުގައި އާސަންދައިން ލިބޭ ބޭސްތައް ނުލިބޭ މައްސަލަ ވަނީ ބޮޑުވެފައި، ދާއިމީ ބަލިތަކަށް ބޭސް ކާ މީހުންގެ ބޭސްތައް ވެސް ނުލިބި ޝަކުވާ ބޮޑުވެފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 މާރިޗު 2026 | ބުރާސްފަތި 08:00
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ނާޒިމް

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ނާޒިމް | ރައީސް އޮފީސް

ވަކި ބާވަތެއްގެ އިންސުލިން އެއް ނުލިބިގެން ރަސްމީކޮށް އެ ކަންބޮޑުވުން މިނިސްޓްރީއަށް ހުށަހެޅިފައި ނުވާ ކަމަށާއި، އެފަދަ ދަތިކަމެއް އޮތްނަމަ ގުޅައިގެން ރިޕޯޓު ކުރުމަށް އެދޭކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އިންސުލިންއެއް

ބޭސް ނުލިބުމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާ އާއި އެކި ޕްލެޓްފޯމްތަކުގައި ހިއްސާ ކުރަމުންދާއިރު، ހަކުރުބަލި ތަހައްމަލު ކުރާ ފަރާތްތަކަށް އިންސުލިން ނުލިބުމުގެ މައްސަލަތައް ވެސް ދަނީ ފެންމަތިވަމުންނެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ، ވަކި ބާވަތެއްގެ އިންސުލިން އެއް ނުލިބިގެން ރަސްމީކޮށް އެ ކަންބޮޑުވުން މިނިސްޓްރީއަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ، އެފަދަ ދަތިކަމެއް އޮތްނަމަ ގުޅައިގެން ރިޕޯޓު ކުރުމަށް އެދޭކަމަށެވެ. އެގޮތުން އެންސްޕާ އަދި އާސަންދަ މެދުވެރިކޮށްވެސް އެކަންކަން ރިޕޯޓު ކުރުމަށް ގުޅޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

  އަޅުގަނޑުމެންނަށް ވަކި ސްޕެސިފިކް އިންސުލިން އެއް ނުލިބިގެން އެ ކަންބޮޑުވުން އަޅުގަނޑުމެންގެ ފޯމަލް ލެވެލްގައި ރަޖިސްޓްރީ ކުރެވިފައެއް ނެތް، އަޅުގަނޑުމެން ވަރަށް އެދެން އެމްއެފްޑީއޭގެ ނަންބަރަށް ގުޅުއްވައިގެން، އެންސްޕާގަވެސް އާސަންދައިގަ ވެސް އިންނާނެ ނަންބަރެއް، ރައްޔިތުންނަށް ކޮމްޕްލެއިން ދެވޭނެ، އަޅުގަނޑުމެންގެ މިއަދުގެވެސް އިލްތިމާސަކީ އެ ވަކި ސްޕެސިފިކް އިންސުލިންއެއް ލިބިނުލައްވައިގެން އުޅުއްވަންޏާ އަޅުގަނޑުމެންނަށް ރިޕޯޓު ކޮށްދިނުން،
ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް

މިނިސްޓަރ ވިދާޅުވީ، އެކަންކަން ރިޕޯޓު ކުރުމުން މިނިސްޓަރު ގެ އަމިއްލަ ހައިސިއްޔަތުން ވެސް އެކަންކަން ގާތުން ބައްލަވާނެ ކަމަށެވެ. 

ބޭސް ނުލިބުމުގެ ޝަކުވާ ގިނަ ފަރާތްތަކުން ކުރަމުންދާއިރު، ރައީސް މުއިއްޒުގެ ސަރުކާރުގައި އާސަންދައިން ލިބޭ ބޭސްތައް ނުލިބޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ދާއިމީ ބަލިތަކަށް ބޭސްކާ މީހުންގެ ބޭސްތައް ވެސް ނުލިބި ޝަކުވާ ބޮޑުވެފައިވެ އެވެ.

ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް އެސްޓީއޯގެ ބޭސް ސަޕްލައި އިތުރު ކުރުމަށް އެސްޓީއޯގެ ނިޒާމު ވަރުގަދަކޮށް، ބޭހުގެ ކަންކަން ބެލެހެއްޓުމުގައި ގަވަނަންސް ހަރުދަނާ ކުރާ ކަމަށްވެސް ދާދި ފަހުން ސަރުކާރުން ބުނެފައިވެއެވެ. އެހެންނަމަވެސް އެކަން އަދިވެސް ހައްލު ނުވާތީ ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ.

ބޭސް ފޯރުކޮށްދިނުންހެލްތް މިނިސްޓަރ އަބުދުﷲ ނާޡިމް އިބްރާހިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު