Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭސް ނުލިބުން

ލޭގެ ޕްރެޝަރު މަތިވާ ބަލިމީހުންނަށް ދޭ "ކޯވަމް" އެސްޓީއޯގެ ބޭސްފިހަރާތަކުން ހުސްވީ ރާއްޖޭގެ ސަޕްލަޔަރަށް ބޭސް ފޯރުކޮށް ނުދެވޭތީ: އެސްޓީއޯ

ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރަން ބޭނުންކުރާ "ކޯވަމް" ބޭސް ރާއްޖޭގެ ބާޒާރުން ހުސްވުމާ ގުޅިގެން، އެ ބޭހަށް ބަރޯސާވާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން. އެސްޓީއޯއިން ބުނި ގޮތުގައި މި ބޭސް ލިބުން ދަތިވީ ސަޕްލަޔަރުގެ ފަރާތުން ދިމާވި މައްސަލައަކާ ގުޅިގެން ކަމަށްވާއިރު، ބޭސް ނުލިބުމުގެ ސަބަބުން ބަލިމީހުންނަށް ވަނީ އަގުބޮޑުކޮށް ބޭސް ގަންނަން ނުވަތަ ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ބަދަލުކުރަން މަޖުބޫރުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 އެޕްރީލު 2026 | އާދީއްތަ 07:40
ލޭގެ ޕްރެޝަރު މަތިވާ ބަލިމީހުންނަށް އާންމުކޮށް ދޭ ބޭހެއް ކަމަށްވާ "ކޯވަމް 5/80" (Covam 5/80)

ލޭގެ ޕްރެޝަރު މަތިވާ ބަލިމީހުންނަށް އާންމުކޮށް ދޭ ބޭހެއް ކަމަށްވާ "ކޯވަމް 5/80" (Covam 5/80) | ގޫގުލް

ލޭގެ ޕްރެޝަރު މަތިވާ ބަލިމީހުންނަށް އާންމުކޮށް ދޭ ބޭހެއް ކަމަށްވާ "ކޯވަމް 5/80" (Covam 5/80)  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފާމަސީތަކުން ހުސްވެފައިވަނީ އެ ބޭސް ފޯރުކޮށްދޭ ރާއްޖޭގެ ސަޕްލަޔަރަށް ބޭސް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެގެންކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މި ބޭސް ހޯދުމަށް އެސްޓީއޯގެ ފާމަސީތަކަކަށް ދިޔަ ނަމަވެސް ބޭސް ލިބެން ނެތް ކަމަށް އެތަންތަނުން ވަނީ މައުލޫމާތު ދީފައެވެ. އަދި ބޭސް ލިބޭނެ އިރެއް ބުނަން ނޭނގޭކަމަށް ވެސް އެސްޓީއޯގެ ބޭސްފިހާރަތަކުން ދަނީ ބުނަމުންނެވެ.

Advertisement - newsAdvertisement

މާލޭގެ ފާމަސީތަކުން މަޢުލޫމާތު ދޭ ގޮތުގައި، ފާއިތުވި ހަފުތާތަކުގައި މި ބޭސް ލިބުން ދަތިވެފައިވީ ނަމަވެސް، ބޭހަށް އޮތް ޑިމާންޑަށް އެއްވެސް ބަދަލެއް ނާދެއެވެ. ބޭސް ލިބެން ނެތުމުގެ ސަބަބުން، ބަލިމީހުންނަށް މިހާރު މަޖުބޫރުވެފައިވަނީ އެހެން ބްރޭންޑްތަކުގެ ބޭސް ހޯދުމަށް ނުވަތަ ބޭސް ބަދަލުކުރުމަށް ޑޮކްޓަރުންގެ ލަފާ ހޯދުމަށެވެ. ނުވަތަ އަގުބޮޑުކޮށް ޕްރައިވެޓު ތަންތަނުން ބޭސް ގަތުމަށެވެ.

އެހެންނަމަ ވެސް އަމިއްލަ ގިނަ ފާމަސީތަކުގައި ވެސް މި ބޭސް ލިބެން ނެތް ކަމަށާއި، ބައެއް ފާމަސީތަކުން މުޅިން ހުސްވެފައިވާ ކަމަށް ބަލިމީހުން ފާހަގަކުރެއެވެ. ކޮންމެ ދުވަހަކު ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް މި ބޭހަށް ބަރޯސާވާ ފަރާތްތަކުގެ މެދުގައި މިކަމުގެ ސަބަބުން މިހާރު ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއިން ސުވާލުކުރުމުން އެސްޓީއޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކޯވަމް އަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އިން ރާއްޖެއަށް އެތެރެކުރާ ބްރޭންޑެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، މި ބޭހަކީ އަމިއްލަ ކުންފުންޏެއް ކަމަށްވާ މެޑިކިއުޕްގެ ފަރާތުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން އެތެރެކުރަމުންދާ އުފެއްދުމެއް ކަމަށެވެ.

މީގެ ކުރިން މެޑިކިއުޕް މެދުވެރިކޮށް އެސްޓީއޯގެ ފާމަސީތަކުން މި ބްރޭންޑްގެ ބޭސް ލިބެން ހުރި ނަމަވެސް، ރާއްޖެއަށް މި ބޭސް ސަޕްލައިކޮށްދޭ ފަރާތުން ބޭސް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން މިވަގުތު މި ބޭސް މާކެޓުން ހުސްވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ބޭސް ހުސްވުމުގެ އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދިޔަނަމަ ވެސް، އާންމުކޮށް ބޭނުންކުރަންޖެހޭ މިފަދަ ގިނަ ބޭސްތަކެއް ނުލިބުމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ގެންދަނީ ފާޅު ކުރަމުންނެވެ.

ކަން މިހެން އޮތްނަމަވެސް، ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާ އެކަމާމެދު މަޖިލީހުގައި ބަހުސް ކުރުމަށްޓަކައި ހުށަހެޅި ކުއްލި މައްސަލަވެސް ސަރުކާރުގެ މެމްބަރުން ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. 

 

ބޭސްބޭސް ފޯރުކޮށްދިނުންލޭގެ ޕްރެޝަރއެސްޓީއޯ ފަރމަސީ

އިތުރަށް ކިޔާލަން

18 އެޕްރީލު 2026

ލޭގެ ޕްރެޝަރު މަތިވާ ބަލިމީހުންނަށް އާންމުކޮށް ދޭ ބޭހެއް އެސްޓީއޯގެ ބޭސްފިހާރަތަކުން ހުސްވެއްޖެ

18 އެޕްރީލު 2026
ލޭގެ ޕްރެޝަރު މަތިވާ ބަލިމީހުންނަށް އާންމުކޮށް ދޭ ބޭހެއް އެސްޓީއޯގެ ބޭސްފިހާރަތަކުން ހުސްވެއްޖެ
13 އެޕްރީލު 2026

ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު، ރިޔާސަތުން ބުނީ އެއީ ހަގީގީ މައްސަލައެއް ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް

13 އެޕްރީލު 2026
ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު، ރިޔާސަތުން ބުނީ އެއީ ހަގީގީ މައްސަލައެއް ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް
13 އެޕްރީލު 2026

ހަކުރު ބަލި ހުންނަ މީހުން ކޮންމެ ދުވަހު ވެސް ޖަހަން ޖެހޭ އިންސުލިން '' ގްލާޖިން'' މުޅި ރާއްޖެއިން ހުސްވެއްޖެ، އެކަމަކު އެސްޓީއޯ އިން ބުނީ ސްޓޮކް އެބަހުރި ކަމަށް!

13 އެޕްރީލު 2026
ހަކުރު ބަލި ހުންނަ މީހުން ކޮންމެ ދުވަހު ވެސް ޖަހަން ޖެހޭ އިންސުލިން '' ގްލާޖިން'' މުޅި ރާއްޖެއިން ހުސްވެއްޖެ، އެކަމަކު އެސްޓީއޯ އިން ބުނީ ސްޓޮކް އެބަހުރި ކަމަށް!
05 މާރިޗު 2026

މިނިސްޓަރ ވިދާޅުވީ އިންސުލިން ނުލިބޭނަމަ ގުޅޭނެ ނިޒާމެއް އެބައޮތް ކަމަށް، އަދި ގުޅައިގެން ރިޕޯޓު ކުރުމަށް!

05 މާރިޗު 2026
މިނިސްޓަރ ވިދާޅުވީ އިންސުލިން ނުލިބޭނަމަ ގުޅޭނެ ނިޒާމެއް އެބައޮތް ކަމަށް، އަދި ގުޅައިގެން ރިޕޯޓު ކުރުމަށް!
18 ޖެނުއަރީ 2026

ބޭސް ގަންނަ ފާމަސީތަކަކީ އެމްއެފްޑީއޭ ގެ ހުއްދަ އޮތް ތަންތަން ތޯ ޔަގީންކުރަން އެދިއްޖެ

18 ޖެނުއަރީ 2026
ބޭސް ގަންނަ ފާމަސީތަކަކީ އެމްއެފްޑީއޭ ގެ ހުއްދަ އޮތް ތަންތަން ތޯ ޔަގީންކުރަން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު