Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

މެކްރޮން ގޮވާލެއްވީ ހޮރްމޫޒް އަލުން ހުޅުވާލުމަށް، އެމެރިކާ އާއި އީރާން ގުޅިގެން މަސައްކަތް ކުރުމަށް

އާމޭނިއާގައި ބޭއްވި ވިލާތުގެ ޤައުމު ތަކުގެ ލީޑަރުންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ، އެންމެ ބޮޑަށް ބޭނުން ވަނީ އެމެރިކާ އާއި އީރާން ގުޅިގެން ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުގެ މަސައްކަތް ކުރުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 09:53
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން. | ގެޓީ އިމޭޖަސް

ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލުމަށްޓަކައި އެމެރިކާ އާއި އީރާން އިން ގުޅިގެން މަސައްކަތް ކުރުމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ގޮވާލައްވައިފި އެވެ. 

ހޯމަ ދުވަހު މެކްރޮން މިހެން ގޮވާލައްވާފައި މި ވަނީ، ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ އުޅަނދު ފަހަރު ތަކަށް މަގު ދެއްކުމާއި، ސަލާމަތްތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ އަސްކަރިއްޔާ އަށް، އެ ޤައުމުގެ ރައީސް ޑޮަނަލްޑް ޓްރަމްޕް އަމުރު ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ. 

އާމޭނިއާގައި ބޭއްވި ވިލާތުގެ ޤައުމު ތަކުގެ ލީޑަރުންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ، އެންމެ ބޮޑަށް ބޭނުން ވަނީ އެމެރިކާ އާއި އީރާން ގުޅިގެން ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުގެ މަސައްކަތް ކުރުން ކަމަށެވެ. އަދި މިއީ އެ ކަނޑު އޮޅި އަލުން ހުޅުވާލުމަށް އޮތް ހަމައެކަނި ހައްލު ކަމަށް ވެސް މެކްރޮން ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

މީގެ އިތުރުން މެކްރޮން ވިދާޅުވީ، ސާފު ނުވާ އުސޫލު ތަކެއްގެ ތެރެއިން ހިންގާ އެއްވެސް އަސްކަރީ އޮޕަރޭޝަނެއްގައި ފްރާންސް އިން ބައިވެރި ނުވާނެ ކަމަށެވެ. ފްރާންސް އަކީ އިނގިރޭސިވިލާތާ ގުޅިގެން، އެ ސަރަހައްދުގައި ސުލްޙަ ޤާއިމުވުމުން ކަނޑު އޮޅި ހުޅުވާލުމަށްޓަކައި ކޯލިޝަނެއް އެކުލަވާލުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ޤައުމެކެވެ. 

ހޮރްމޫޒް ކަނޑު އޮޅީގެ މަސްރަހު ގޯސްވެފައި ވަނީ، އެ ސަރަހައްދުން ދަތުރު ކުރާ ތެޔޮ ޓޭންކަރު ތަަކަށް ދެވޭ ހަމަލާތައް ގުޅިގެންނެވެ. މި މައްސަލައިގައި އެމެރިކާ އާއި އީރާންއާ ދެމެދު ބޮޑެތި ނުތަނަވަސްކަން އުފެދިފައިވާއިރު، މެކްރޮން ބާރު އަޅުއްވަނީ އަސްކަރީ ކުރިމަތިލުމެއްގެ ބަދަލުގައި ދެ ޤައުމުން ވިލަރެސް ކޮށްގެން މައްސަލަ އަށް ހައްލު ހޯދުމަށެވެ. 

ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ އުޅަނދު ތަކަށް އެމެރިކާ އިން އެހީތެރިކަން ދިނުމަށް ޓްރަމްޕް ނިންމެވުމާ އެކު، އީރާން އިން ވަނީ އެކަމަށް އިންޒާރު ދީފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމަނުއަލް މެކްރޯން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން ހިފެހެއްޓި އީރާނުގެ ބޯޓުގެ 22 ފަޅުވެރިން ޕާކިސްތާނާ ހަވާލު ކޮށްފި

އެމެރިކާ އިން ހިފެހެއްޓި އީރާނުގެ ބޯޓުގެ 22 ފަޅުވެރިން ޕާކިސްތާނާ ހަވާލު ކޮށްފި

04 މެއި 2026
އުމުރުން 74 އަހަރުގެ މެލެންޝޮން، ހަތަރު ވަނަ ފަހަރަށް ފްރާންސްގެ ރައީސް ކަމަށް ވާދަ ކުރައްވަނީ

އުމުރުން 74 އަހަރުގެ މެލެންޝޮން، ހަތަރު ވަނަ ފަހަރަށް ފްރާންސްގެ ރައީސް ކަމަށް ވާދަ ކުރައްވަނީ

04 މެއި 2026
އީރާނުން އެމެރިކާއަށް އިންޒާރު: ހޮރްމޫޒް ކަނޑުއޮޅިއާ ގާތް ނުވާތި!

އީރާނުން އެމެރިކާއަށް އިންޒާރު: ހޮރްމޫޒް ކަނޑުއޮޅިއާ ގާތް ނުވާތި!

04 މެއި 2026
މަޝްވަރާތައް ދިގު ކުރުމަށް އީރާން އިން "ގޭމު" ކުޅެމުންދާ ކަމަށް ބުނެ، އެމެރިކާގެ ސެނެޓަރު ގްރެހަމް ފާޑު ވިދާޅުވެއްޖެ

މަޝްވަރާތައް ދިގު ކުރުމަށް އީރާން އިން "ގޭމު" ކުޅެމުންދާ ކަމަށް ބުނެ، އެމެރިކާގެ ސެނެޓަރު ގްރެހަމް ފާޑު ވިދާޅުވެއްޖެ

04 މެއި 2026
ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ބޯޓު ތަކަށް ރައްކާތެރިކަން ދިނުމަށް ޓްރަމްޕް އަމުރު ކުރެއްވުމާ އެކު، އެމެރިކާގެ ޚާއްސަ އޮޕަރޭޝަނެއް

ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ބޯޓު ތަކަށް ރައްކާތެރިކަން ދިނުމަށް ޓްރަމްޕް އަމުރު ކުރެއްވުމާ އެކު، އެމެރިކާގެ ޚާއްސަ އޮޕަރޭޝަނެއް

04 މެއި 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު