Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޑުއްވަރީ ބިން ހިއްކުން

މަޑުއްވަރީ އިން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއެކު، ބިންހިއްކުމުގެ މަސައްކަތް ކުރަމުންދިޔަ އެކްސްކަވޭޓަރު ވަރުބަލިވެގެން އެއްގަމަށް އެރި ގޮތަށް މަސައްކަތް ހުއްޓިފައި: މަޑުއްވަރީ އިންތިހާބީ ރައީސް

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މަޑުއްވަރީގެ ބިން ހިއްކުމުގެ ނަމުގައި ފެށި މަސައްކަތަކީ އޮޅުވާލުމެއް ކަމަށާއި، އިންތިހާބުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާ އެކު އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ އިންތިހާބީ ރައީސް ހުސެއިން ޝިހާމް ވިދާޅުވެއްޖެ އެވެ. ރަށުގެ ހިމާޔަތަށް ޖަހާފައިވާ ތޮށިގަނޑު ކަނޑާލުމަށްފަހު މަސައްކަތް ހުއްޓާލުމުން ތިމާވެށީގެ ބޮޑު ނުރައްކަލެއް އޮތްއިރު، މި މަޝްރޫއުގެ އެއްވެސް މައުލޫމާތެއް ކައުންސިލާ ހިއްސާކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. މިއީ އިޚުލާސްތެރި ނިޔަތެއް ނެތި ހަމައެކަނި ކެމްޕޭނަށް ކުރި ކަމެއްގެ ގޮތުގައި ޝިހާމް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 17:04
ރ. މަޑުއްވަރީ ބިން ހިއްކުމުގެ މަސައްކަތް ކުރަން ފެށި އެކްސްކެވޭޓަރު: ވޯޓަށް ފަހު އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާކަމަށް އެ ރަށު ރައްޔިތުން ބުނޭ.

ރ. މަޑުއްވަރީ ބިން ހިއްކުމުގެ މަސައްކަތް ކުރަން ފެށި އެކްސްކެވޭޓަރު: ވޯޓަށް ފަހު އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާކަމަށް އެ ރަށު ރައްޔިތުން ބުނޭ. | ރާއްޖެ އެމްވީ

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރ. މަޑުއްވަރީގެ ބިން ހިއްކުމަށް ފެށި މަސައްކަތަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރި ކަމެއް ކަމަށާއި، އިންތިހާބުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ އެކު އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ އިންތިހާބީ ރައީސް ހުސެއިން ޝިހާމް ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީގެ ބިން ހިއްކުމުގެ މަސައްކަތާ ގުޅޭ ގޮތުން ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަމުން ޝިހާމް ވިދާޅުވީ ވޯޓުލާން އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް ބަނދަރުގެ މަސައްކަތް ފެށުމަށް ކަމަށް ބުނެ ރަށަށް އެކްސްކަވޭޓަރެއް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ބަދަރުގެ މަސައްކަތް ކުރުމުގެ ބަދަލުގަ ފެނިގެންދިޔައީ ރަށް ހިމާޔަތްކުރުމަށް ޖަހާފައި އޮތް ބޮޑުހިލަ ތޮށިގަނޑު ކަނޑާލައިގެން ވެލިބެޑެއް ޖަހަން ފެށި މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއީ ބިން ހިއްކުމުގެ މަޝްރޫއު ކަމަށް ބުނެ ސަރުކާރު ހިންގާ ޕީއެންސީގެ ކެމްޕޭން ޓީމުތަކުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، އިންތިހާބުގެ ނަތީޖާ ލިބުމާއެކު އެ މަސައްކަތް މުޅިން ހުއްޓިފައިވާ ކަމަށް ޝިހާމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އިންތިހާބީ ރައީސް ވިދާޅުވި ގޮތުގައި ވޯޓުލުން ކުރިއަށް ދިޔަ ވަގުތުވެސް އެކްސްކަވޭޓަރު މަސައްކަތް ކުރަމުންދިޔަ އެވެ. ނަމަވެސް ވޯޓުލައި ނިމި، އިންތިހާބުގެ ނަތީޖާ ސާފުވުމާއެކު އެކްސްކަވޭޓަރު ވަނީ މަސައްކަތް ހުއްޓާލައި އެއްގަމަށް އަރުވާފަ އެވެ. ޝިހާމް ސިފަކުރެއްވި ގޮތުގައި އެ އެކްސްކަވޭޓަރު "ވަރުބަލިވެގެން" އެއްގަމަށް އެރި ގޮތަށް، އިންތިހާބުގެ ނަތީޖާ ލިބުނު ފަހުން އެއްވެސް ހަރަކާތެއް ނުކުރެ އެވެ. މިއީ އިޚުލާސްތެރި ނިޔަތެއްގައި ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށް ފެށި މަޝްރޫއެއް ނޫންކަން މިއިން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓުލާން ދެދުވަހަށް ވެފައި އިންދާ އެކްސްކަވޭޓަރެއް ގެނެސް އަޅުގަނޑުމެންނަށް ޚަބަރު ލިބުނީ ބަނދަރުގެ މަސައްކަތް ފެށުމަށްޓަކައި އެކްސްކަވޭޓަރެއް ގެނައީއޭ. އެހެންނަމަވެސް ވޯޓުލާން ދެދުވަހަށް ވެފައި އިންދާ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ގޮތުން މިތާ ރަށް ހިމާޔަތްކުރަން ޖަހާފައި އޮތް ބޮޑުހިލަ ތޮށި ކަނޑާލައިގެން، ވޯޓުލާން ދެ ދުވަހަށް ވެފައި އިންދާ މި ފެނުނީ ވެލިބެޑެއް ޖަހަމުންދިޔަ މަންޒަރު. ދޭން އަޅުގަނޑުމެންނަށް ޕީއެންސީގެ ބައެއް ކެމްޕޭން ބޭފުޅުން ބުނެއޭ މިހާރު ބިން ހިއްކަން ފެށީއޭ. މިހާރު ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ދަނީއޭ، ބަލައިބަލާށޭ ސަރުކާރުގެ ހެޔޮފުޅުކަން. އެހެން ނަމަވެސް މިއަދު މި ފެނުނީ ވޯޓުލާން ނިމިގެން އަޅުގަނޑުމެންނަށް ނަތީޖާ ލިބެންވިއިރުގައި ގެނައި ހައިމާކް ވަރުބަލިވެއްޖެ. ދެން އޭތި އެއްގަމަށް އެރިގޮތަށް އަލުން އަނބުރާ އެ އެއްޗެއް ނުއެއް ފޭބި. އެހެން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ، މިއީ ރަނގަޅު ނިޔަތެއްގައި މިއީ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވެގެން ފެށި މަޝްރޫޢެއް ކަމަށް. 
ރ. މަޑުއްވަރީ ކައުންސިލްގެ އިންތިހާބީ ރައީސް ހުސެއިން ޝިހާމް 

މި މަސައްކަތުގެ ސަބަބުން ރަށަށް ކުރިމަތިވެދާނެ ތިމާވެށީގެ ނުރައްކަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިހާމް ވިދާޅުވީ، ރަށް ހިމާޔަތްކުރަން ޖަހާފައި އޮތް ތޮށިގަނޑު ކަނޑާލާފައި އޮތުމުން އިރުވައި މޫސުމުގައި އެ ސަރަހައްދު ގިރައި، ގޭގެއާ ހަމައަށް އުދައަރައި ގެއްލުންވުމުގެ ބިރު އެބައޮތް ކަމަށެވެ. މިއީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މިފަދަ ބޮޑު މަޝްރޫއެއް ފެށިއިރު އެކަމުގެ އެއްވެސް މައުލޫމާތެއް މިހާރު އޮތް ކައުންސިލާ ހިއްސާކޮށްފައި ނުވާކަން ޝިހާމް ހާމަކުރެއްވި އެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ކައުންސިލަކީ ޕީއެންސީގެ މެޖޯރިޓީ އޮތް، ސަރުކާރަށް ތާއީދުކުރާ ކައުންސިލެއް ކަމަށް ވީނަމަވެސް، ބިން ހިއްކުމުގެ އެއްވެސް މައުލޫމާތެއް ކައުންސިލް އިދާރާއަށް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން މިއީ ހަމައެކަނި ޕީއެންސީގެ ކެމްޕޭން އޮފީހުން ރޭވުމެއްގެ ދަށުން ހިންގި ކަމެއްގެ ގޮތުގައި އޭނާ ތުހުމަތު ކުރެއްވި އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މަޑުއްވަރީ ރައްޔިތުން ވަނީ ސަރުކާރަށް ބޮޑު ނޫނެކޭ ބުނެފަ އެވެ. އެގޮތުން ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީން ހޯދިއިރު، ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ. އަދި ފެންނަ ނުފެންނަ ވޯޓުންވެސް މަޑުއްވަރީ ރައްޔިތުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތާއީދު ނެތްކަން ހާމަކޮށްފަ އެވެ.

ރ.މަޑުއްވަރީހުސެއިން ޝިހާމްލޯކަލް ކައުންސިލް އިންތިޚާބު 2026ރ. މަޑުއްވަރީ ބިން ހިއްކުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭ މެދުދާއިރާގެ ވޯޓު އަލުން ގުނަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ހުޅުމާލޭ މެދުދާއިރާގެ ވޯޓު އަލުން ގުނަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

02 މެއި 2026
"އުފުލަންދޫ"ގެ ދަނޑު ބިންތަކުން ނަގާ ކުލި ކުޑަކޮށް، ދަނޑުވެރިންނަށް ފަސޭހައިން ދަނޑުތައް ހެއްދޭނެ މަގު ހޯދައިދޭނަން: އިންތިޚާބީ ރައީސް ޝިހާމް

"އުފުލަންދޫ"ގެ ދަނޑު ބިންތަކުން ނަގާ ކުލި ކުޑަކޮށް، ދަނޑުވެރިންނަށް ފަސޭހައިން ދަނޑުތައް ހެއްދޭނެ މަގު ހޯދައިދޭނަން: އިންތިޚާބީ ރައީސް ޝިހާމް

02 މެއި 2026
ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި

ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި

01 މެއި 2026
މީދޫގައި އެމްޓީސީސީގެ ސައިޓް އެޅުމުގެ މަސައްކަތް ކުރުމަށް 13 ފަހަރު ދޯންޏެއްގައި ޓިނު ގެންގޮސްފައިވޭ!

މީދޫގައި އެމްޓީސީސީގެ ސައިޓް އެޅުމުގެ މަސައްކަތް ކުރުމަށް 13 ފަހަރު ދޯންޏެއްގައި ޓިނު ގެންގޮސްފައިވޭ!

30 އެޕްރީލު 2026
ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

27 އެޕްރީލު 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު