Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ.އުފުލަންދޫ

"އުފުލަންދޫ"ގެ ދަނޑު ބިންތަކުން ނަގާ ކުލި ކުޑަކޮށް، ދަނޑުވެރިންނަށް ފަސޭހައިން ދަނޑުތައް ހެއްދޭނެ މަގު ހޯދައިދޭނަން: އިންތިޚާބީ ރައީސް ޝިހާމް

މަޑުއްވަރީގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ އުފުލަންދޫގައި ދަނޑުވެރިކަން ކުރާ ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، ދަނޑުބިންތަކުގެ ކުލި ކުޑަކޮށްދޭނެ ކަމަށް އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ޝިހާމް ވަނީ ވިދާޅުވެފައި. އެރަށުން ފަސޭހައިން ލަފާފުރޭނެ އިންތިޒާމު ހަމަޖައްސައި، ދަނޑުވެރިން އުފައްދާ ތަކެތި ރިސޯޓުތަކަށް ވިއްކޭނެ މަގު ފަހިކޮށްދިނުމަކީ ކައުންސިލްގެ މުހިންމު އަމާޒެއް. މީގެ އިތުރުން، ދަނޑުވެރިކަމުގެ ސަބްސިޑީ ނުލިބުމާއި ޚަރަދުތައް ބޮޑުވުމުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، ދަނޑުވެރިންނަށް އެދެވޭ ނަފާއެއް ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 05:48
ބުރާސްފަތި ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރ.މަޑުއްވަރި ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް ވާހަކަ ދައްކަވަނީ.

ބުރާސްފަތި ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރ.މަޑުއްވަރި ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރ އަތޮޅު "އުފުލަންދޫ" ގައި ދަނޑު ބިންތަކުން ނަގާ ކުލި ކުޑަކޮށް، ދަނޑުވެރިންނަށް ފަސޭހައިން ދަނޑުތައް ހެއްދޭނެ މަގު ހޯދައިދޭނެ ކަމަށް ރ. މަޑުއްވަރީ ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް ވިދާޅުވެއްޖެ އެވެ.

ރ އަތޮޅު އުފުލަންދޫ އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ 18 ފެބްރުއަރީ 2025 ގަ އެވެ. އެއާއެކު އެރަށުގެ ގިނަ ރައްޔިތުން ދަނީ އުފުލަންދޫގައި ދަނޑުވެރިކަން ކުރަމުންނެވެ. 

Advertisement - newsAdvertisement

މި މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިހާމް ވިދާޅުވީ، އުފުލަންދޫގައި މޫސުމީ ދަނޑުވެރިކަން ކުރާ ކަމަށާއި، ނަމަވެސް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

ޝިހާމް ވިދާޅުވީ އުފުލަންދޫއިން ފަސޭހައިން ލަފާފުރޭނެ ގޮތެއް ނެތް ކަމަށާއި، ދަނޑުވެރިން އެރަށަށް ގޮސް އައިސް އުޅެނީ ވަރަށް އުދަނގުލުން ކަމަށެވެ. އަދި ދަނޑުގައި ހައްދާ ބާވަތްތައް ރަށުން ބޭރު ކުރުމުގައި ވެސް ގޮންޖެހުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން ކުރިއަށް އޮތްތަނުގައި ފަސޭހައިން ލަފާފުރޭނެ އިންތިޒާމް ހަމަޖައްސައި، އުފުލަންދޫއިން މޭވާ އާއި ތަރުކާރު ގަނެވޭނެ ގޮތް ހަދާނެ ކަމަށް ޝިހާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އިންތިޒާމު ހަމަޖެހުމުން ކައިރި ރިސޯޓުތަކުން ވެސް އެރަށް ގޮސް ދަނޑުވެރިންގެ އަތުން އެކި ބާވަތްތައް ގަންނާނެ ކަމަށެވެ. 

މީގެ އިތުރުން ޝިހާމް ވިދާޅުވީ އުފުލަންދޫ އަކީ ވަރުވާ އުސޫލުން ދީފައިވާ ރަށެއް ނޫން ކަމަށާއި، ކުލި ދައްކަން ޖެހޭ ރަށެއް ނޫން ކަމަށެވެ. ނަމަވެސް ދަނޑުވެރިންގެ އަތުން ދަނޑު ބިމަށް ބޮޑު ކުއްޔެއް ނަގާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ކުލި ކުޑަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ދަނޑުވެރިންގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. 

އެހެންނަމަވެސް ބޮޑު ކުއްޔެއް ނަގަނީ. ޕްރޮގްރާމް ފަށަމުން އާމިރު ފާހަގަކުރިހެން އަޅުގަނޑު 2010 ވަނަ އަހަރުން 2013 ވަނަ އަހަރަށް މަޑުއްވަރި ކައުންސިލަށް ހޮވުނު. އަޅުގަނޑު އޭރު ނައިބު ރައީސްއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރިއިރުގައި މިތާ ކައިރި ޖެހިގެން މިއޮންނަ ފަސްމަންދޫ އަޅުގަނޑުމެންނަށް ބެލެހެއްޓުން ސަރުކާރުން ހަވާލުކުރި ރަށެއް. ދެން އެހެން ނަމަވެސް އޭރު ދަނޑުވެރިންނަށް ފުރުސަތު ދީގެން ކޮންމެ ދަނޑު ބިމެއްގެ އަކަފޫޓަކަށް ކޮންމެ ގެއަކަށް ދެނީ 5000 އަކަފޫޓުގެ ދަނޑުބިމެއް. އޭރުގައި 5000 އަކަފޫޓުގެ ދަނޑުބިމަކަށް އަޅުގަނޑުމެން ނެގި ކުއްޔަކީ 100ރުފިޔާ. މިހާރު އަޅުގަނޑުމެންނަށް އަޑު އިވެނީ 3500 ނޫނީ 4000 އަކަފޫޓުގެ ބިމަކަށް 400 ރުފިޔާ ނަގަން ޖެހުނީމަ އޭރުގެ އަގާއި މިހާރުގެ އަގާ އަޅާބަލާއިރު އޭރުގައި އަޅުގަނޑުމެންނަށް 100 ރުފިޔާ އަށް ދަނޑުބިމެއް ލިބިފައި އަޅުގަނޑުމެންނަށް ދަނޑުގޮވާން ކުރުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތެއް ސަރުކާރުން އަޅުގަނޑުމެންނަށް ހިލޭ ފޯރުކޮށްދިން.
ރ. މަޑުއްވަރީ ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް

ޝިހާމް ވިދާޅުވީ މީގެ ކުރިއާ ހިލާފަށް މިހާރު ދަނޑުވެރީންނަށް ސަބްސިޑީ ނުލިބޭ ކަމަށާއި، ދަނޑު ހެއްދުމަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ. އަދި ހަރަދުތައް ބޮޑު ޒަމާނެއްގައި ދަނޑުވެރީން ކުރާ ބުރަ މަސައްކަތުގެ ނަފާ އެންމެ އެދެވޭ ގޮތުގައި ދަނޑުވެރިންނަށް ލިބޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޙުސައިން ޝިހާމްރ.މަޑުއްވަރީދަނޑުވެރިކަންއުފުލަންދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މީދޫގައި އެމްޓީސީސީގެ ސައިޓް އެޅުމުގެ މަސައްކަތް ކުރުމަށް 13 ފަހަރު ދޯންޏެއްގައި ޓިނު ގެންގޮސްފައިވޭ!

މީދޫގައި އެމްޓީސީސީގެ ސައިޓް އެޅުމުގެ މަސައްކަތް ކުރުމަށް 13 ފަހަރު ދޯންޏެއްގައި ޓިނު ގެންގޮސްފައިވޭ!

30 އެޕްރީލު 2026
މިފަހުން ބޭއްވި ތިން އިންތިޚާބަށްފަހު، މަޑުއްވަރިން ކަރަންޓު ނުކެނޑޭ ދުވަހެއް މަދުވާނެ: އިންތިޚާބީ ރައީސް ޝިހާމް

މިފަހުން ބޭއްވި ތިން އިންތިޚާބަށްފަހު، މަޑުއްވަރިން ކަރަންޓު ނުކެނޑޭ ދުވަހެއް މަދުވާނެ: އިންތިޚާބީ ރައީސް ޝިހާމް

30 އެޕްރީލު 2026
މިސަރުކާރުގައި މިހާތަނަށް މަޑުއްވަރި އަށް ލިބުނީ 6 ލޮރީގެ ވެލި: ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް

މިސަރުކާރުގައި މިހާތަނަށް މަޑުއްވަރި އަށް ލިބުނީ 6 ލޮރީގެ ވެލި: ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް

30 އެޕްރީލު 2026
ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފި

ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފި

03 އެޕްރީލު 2026
ޤަދީމީ ދަނޑުވެރިކަން ޒަމާނީ ފުރިޖަކަށް: ދިވެހިންނަށް ވެސް ދަސްކުރެވިދާނެ އުކުޅެއް!

ޤަދީމީ ދަނޑުވެރިކަން ޒަމާނީ ފުރިޖަކަށް: ދިވެހިންނަށް ވެސް ދަސްކުރެވިދާނެ އުކުޅެއް!

13 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު