Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

އެވަޓަން ބަލިކޮށް، ޔުނައިޓެޑުން ރަނގަޅު ފޯމު ދަމަހައްޓައިފި

ޔުނައިޓެޑުގެ ކޯޗުކަމާ މައިކަލް ކެރިކް ހަވާލުވީ ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުން. އޭނާ ހަވާލުވީ ފަހުން ޔުނައިޓެޑު ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފައިވާއިރު، އަނެއް މެޗު ވަނީ އެއްވަރުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 03:38
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން އެ ޓީމުގެ ރަނގަޅު ފޯމު ދަމަހައްޓައިފި އެވެ. 

އެވަޓަންގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ޔުނައިޓެޑުން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ޔުނައިޓެޑުން ވަނީ ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެވަޓަންގެ އޭރިޔާ ތެރެއިން ޔުނައިޓެޑުގެ މަތެއުސް ކުންހާ ފޮނުވާލި ހަމަލާ އެ ޓީމުގެ ގޯލު ކީޕަރު ވަނީ ހުއްޓުވައިފަ އެެވެ. އޭގެ ފަހުން ޔުނައިޓެޑުގެ ޑިއޭގޯ ޑަލޮޓް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެ ވަނަ ހާފުގެ 71 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ ބެންޖަމިން ސެސްކޯ އެވެ. އެއީ ޔުނައިޓެޑުގެ ބްރަޔަން އެމްބުއޭމޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިބުނު ބޯޅަ ތިރި ތިރިން ގޯލަށް ފޮނުވާލައިގެންނެވެ.

މި މޮޅާއެކު ޔުނައިޓެޑުން ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފަ އެވެ. މިހާތަނަށް އެ ޓީމު ކުޅެފައިވާ 27 މެޗުން ލިބެނީ 48 ޕޮއިންޓެވެ. ޔުނައިޓެޑުގެ ކޯޗުކަމާ  މައިކަލް ކެރިކް ހަވާލުވި ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އޭނާ ހަވާލުވި ފަހުން ޔުނައިޓެޑު ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފައިވާއިރު، އަނެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްއެވަޓަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ފޮރެސްޓް ބަލިކުރުމަށް ފަހު ލިވަޕޫލަށް ހަމަޖެހިލައިފި

ފަހު ވަގުތު ފޮރެސްޓް ބަލިކުރުމަށް ފަހު ލިވަޕޫލަށް ހަމަޖެހިލައިފި

23 ފެބުރުއަރީ 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން ޓޮޓެންހަމް ބަލިކޮށް، އާސެނަލް ލީޑުގައި

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން ޓޮޓެންހަމް ބަލިކޮށް، އާސެނަލް ލީޑުގައި

23 ފެބުރުއަރީ 2026
ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި

ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި

22 ފެބުރުއަރީ 2026
ވުލްވްސްއާ އެއްވަރުވެ، އާސެނަލް އަށް ލީޑު ފުޅާ ނުކުރެވުނު

ވުލްވްސްއާ އެއްވަރުވެ، އާސެނަލް އަށް ލީޑު ފުޅާ ނުކުރެވުނު

19 ފެބުރުއަރީ 2026
ސަންޑަލޭންޑް ބަލިކޮށް، ލިވަޕޫލް އަށް ހަމަ ނޭވާއެއް

ސަންޑަލޭންޑް ބަލިކޮށް، ލިވަޕޫލް އަށް ހަމަ ނޭވާއެއް

12 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު