Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޗެއަރޕަރސަން

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަނީ 3 ކެންޑިޑޭޓުން!

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތަކާއި ނަންބަރުތައް އެ ޕާޓީން ވަނީ އިއުލާނުކޮށްފައި. މީގެ އިތުރުން އިންތިޚާބާ ގުޅޭ ޝަކުވާތައް ބެލުމަށް ތިން މެންބަރުންގެ ކޮމްޕަލެއިންސް ކޮމިޓީއެއް އެކުލަވާލައި، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މެއި 2026 | އާދީއްތަ 09:13
އެމްޑީޕީ ޗެއަރޕަރސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން.

އެމްޑީޕީ ޗެއަރޕަރސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން. | ރާއްޖެ އެމްވީ

 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އެ ޕާޓީން އާންމުކޮށް، ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކޮށްފި އެވެ.

އެމްޑީޕީން ފާހަގަކުރާ ގޮތުގައި މިއީ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ފޯމްތައް އިންތިޚާބާއިބެހޭ ކޮމިޓީން ބެލުމަށްފަހު، 22 އޭޕްރީލް 2026 ވަނަދުވަނު ކުރެވުނު އިއުލާނުގައިވާ ޝަރުތު ހަމަވާ ކެންޑިޑޭޓުންނެވެ.

Advertisement - newsAdvertisement

ޗެއަރޕަރސަން އިންތިޚާބުގެ ކެންޑިޑޭޓު ނަންބަރު 1 ލިބިލައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ގ.ކެނެރީގެ/މާލެ އަށެވެ.

ކެންޑިޑޭޓް ނަންބަރ 2 އިބްރާހީމް މުޙައްމަދު (ވާޑު) ހުދުވިލާގެ/ލ.ފޮނަދޫއަށް ލިބިލައްވާފައިވާއިރު، ކެންޑިޑޭޓް ނަންބަރ 3 ލިބިލެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް  ގ.ބަރޯސާ/މާލެ އަށެވެ.

މީގެ އިތުރުން، އެމްޑީޕީން ވަނީ ޗެއަރޕަރސަން އިންތިޚާބުގެ ކޮމްޕަލެއިންސް ކޮމިޓީވެސް އެކުލަވާލާފައެވެ. އެއީ އިންތިޚާބާއިބެހޭ ޤަވާޢިދުގެ 46 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިޚާބާއިބެހޭ ކޮމިޓީން އެކުލަވާލާފައިވާ ކޮމިޓީއެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ   އަލްއުސްތާޛު މުޙައްމަދު ނިޝާން އިބްރާހީމް އިވްނިންއިން/ށ.ފޯކައިދޫ،  ޑޮކްޓަރ ޢައިޝަތު ޢަލީ  މ.ހިޔާވަހިގެ/މާލެ، އަދި    އަލްފާޟިލް ޝާޠިރު ޢަބްދުއްރަޙްމާން ބޯގަންވިލާ/ދ.ކުޑަހުވަދޫ އެވެ.

 މި އިންތިޚާބާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު 2026އެމްޑީޕީއެމްޑީޕީ އިންތިޚާބު

އިތުރަށް ކިޔާލަން

03 މެއި 2026

އެމްޑީޕީ ޗެއަރޕާސަން އިންތިހާބު: އިންތިހާބު ކޮމްޕްލަޔަންސް ކޮމިޓީ އިއުލާންކޮށް ވޯޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

03 މެއި 2026
އެމްޑީޕީ ޗެއަރޕާސަން އިންތިހާބު: އިންތިހާބު ކޮމްޕްލަޔަންސް ކޮމިޓީ އިއުލާންކޮށް ވޯޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
03 މެއި 2026

މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

03 މެއި 2026
މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު
02 މެއި 2026

އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު

02 މެއި 2026
 އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު
02 މެއި 2026

އެމްޑީޕިގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިޚާބު ރިޔާސީ ޕްރައިމަރީ އަށް ފަހު ބާއްވަން ހުށަހަޅައިފި

02 މެއި 2026
އެމްޑީޕިގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިޚާބު ރިޔާސީ ޕްރައިމަރީ އަށް ފަހު ބާއްވަން ހުށަހަޅައިފި
01 މެއި 2026

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު: ރައީސް ސޯލިހު

01 މެއި 2026
މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު