Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާޕާސަން ކަމުގެ ތިން ވަނަ ދައުރަކަށް ނާސިފް އިންތިޚާބު ވެއްޖެ

ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާޕާސަން ކަމުގެ ފުރަތަމަ ދައުރަކަށް ނާސިފް އިންތިޚާބު ވެފައި ވަނީ 2018 ވަަނަ އަހަރު. އޭގެ ފަހުން 2022 ވަނަ އަހަރު އޭނާ ވަނީ ދެ ވަަނަ ދައުރަކަށް ވެސް އިންތިޚާބުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 މެއި 2026 | އަންގާރަ 04:21
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާޕާސަން ނާސިފް އަދި ހިންގާ ކޮމެޓީގެ މެމްބަރުން.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާޕާސަން ނާސިފް އަދި ހިންގާ ކޮމެޓީގެ މެމްބަރުން. | މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ ޗެއާޕާސަން ކަމުގެ ތިން ވަނަ ދައުރަކަށް، އަޙުމަދު ނާސިފް އިންތިޚާބު ކޮށްފި އެވެ.

މިފަހަރުގެ އިންތިޚާބުގައި ވާދަކޮށް، ނާސިފް ވަނީ ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާޕާސަން ކަމުގެ ތިން ވަނަ ދައުރެއް ކަށަވަރު ކުރައްވައިފަ އެވެ. އެ މަޤާމު ނާސިފް ދިފާއު ކުރެއްވީ އިންތިޚާބުގައި އިސްމާއީލް ރަޒީންއާ ވާދަކޮށެވެ. 

ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާޕާސަން ކަމުގެ ފުރަތަމަ ދައުރަކަށް ނާސިފް އިންތިޚާބު ވެފައި ވަނީ 2018 ވަަނަ އަހަރު އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޭނާ ވަނީ ދެ ވަަނ ދައުރަކަށް ވެސް އިންތިޚާބުވެފަ އެވެ. 

ނާސިފް އާއެކު، ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން އަކަށް އިންތިޚާބު ކޮށްފައި ވަނީ އަޙުމަދު މާހިދު އެވެ. މީގެ އިތުރުން ޚަޒާންދާރުގެ މަގާމަށް އިންތިޚާބު ވެފައި ވަނީ، ފާތިމަތު ރަައުފާ މުޙައްމަދު ހާފިޒް އެވެ. އާންމު މެމްބަރުންގެ ތެރެއިން އަންހެން މެމްބަރަކަށް އިންތިޚާބު ވެފައި ވަނީ، ފަގީހާ އިބްރާހީމް އެވެ. ފިރިހެނުންގެ ޖާގަ އަށް ދެ މެމްބަރުން އިންތިޚާބު ކުރާއިރު، އެ ދެ މެމްބަރުންނަކީ ޔޫސުފް ޒުބައިރު އާއި އަލީ ޝާވިން އެވެ.

ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާޕާސަން ނާސިފް އަކީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަން އެވެ. އޭގެ ކުރިން އޭނާ ވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އިތުރުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަން ވެސް ކޮށްފަ އެވެ. 

މޯލްޑިވްސް ޕޫލް ބިލިއަރޑް އެސޯސިއޭޝަން (އެމްޕީބީއޭ)އެމްޕީބީއޭގެ ޗެއާޕާސަން އަޙުމަދު ނާސިފް

އިތުރަށް ކިޔާލަން

05 އެޕްރީލު 2023

އޭޝިއާ އަދި ދުނިޔޭގެ ރޭންކިން އަށް ވާދަކުރެވޭ "މޯލްޑިވްސް އޯޕަން 2023" ގެ ލޯގޯ ލޯންޗުކޮށްފިި

05 އެޕްރީލު 2023
އޭޝިއާ އަދި ދުނިޔޭގެ ރޭންކިން އަށް ވާދަކުރެވޭ "މޯލްޑިވްސް އޯޕަން 2023" ގެ ލޯގޯ ލޯންޗުކޮށްފިި
07 ފެބުރުއަރީ 2023

ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް އޭޕްރީލް މަހު

07 ފެބުރުއަރީ 2023
ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް އޭޕްރީލް މަހު
20 ނޮވެމްބަރު 2022

އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ބަލިކޮށް ސިފައިން ތަށި އުފުލާލައިފި

20 ނޮވެމްބަރު 2022
އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ބަލިކޮށް ސިފައިން ތަށި އުފުލާލައިފި
06 ނޮވެމްބަރު 2022

ފިރިހެން ސިންގަލްސް ފައިނަލްގައި ޝާޒް އާއި ސާހިލް

06 ނޮވެމްބަރު 2022
ފިރިހެން ސިންގަލްސް ފައިނަލްގައި ޝާޒް އާއި ސާހިލް
17 އޮކްޓޯބަރު 2022

ޤައުމީ ބިލިއާޑް މުބާރާތް އަންނަ މަހުގެ ތިނެއްގައި

17 އޮކްޓޯބަރު 2022
ޤައުމީ ބިލިއާޑް މުބާރާތް އަންނަ މަހުގެ ތިނެއްގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު