Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބިލިއާޑް

ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް އޭޕްރީލް މަހު

މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 22 އިން 26 އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2023 | އަންގާރަ 02:39
ޤައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން

ޤައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން

ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ނައިން ބޯލް އޭޝިއާ ޓުއާގައި ހިމެނޭ "މޯލްޑިވްސް އޯޕަން 2023" އަކީ މިއަހަރު ބާއްވާ އެ ޓުއާގެ ފުރަތަމަ މުބާރާތެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 22 އިން 26 އަށެވެ. ރާއްޖޭގައި ބާއްވާ މުބާރާތުން އެއް ވަނަ ހޯދާ ކުޅުންތެރިޔަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މުބާރާތުގެ ގަދަ 32 ގައި ހިމެނޭ ކުޅުންތެރިންނަށް ވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ނައިން ބޯލް އޭޝިއާ ޓުއާގެ މުބާރާތެއް ސާކް ސަހައްދުގައި ވެސް ބާއްވާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި 64 ކުޅުންތެރިން ވާދަ ކުރާނެ އެވެ. އޭގެ ތެރެއިން 16 ކުޅުންތެރިންނަކީ ރާއްޖޭގެ ކުޅުންތެރިންނެވެ. މީގެ އިތުރުން އޭޝިއާ ރޭންކިންގެ އެންމެ ކުރީގައި ކުޅޭ 16 ކުޅުންތެރިޔަކަށް ވެސް ޖާގަ ލިބޭނެ އެވެ. ބާކީ 32 ޖާގަ ލިބޭނީ ކޮލިފައިން ކުޅުމަށްފަހު ހޮވޭ ކުޅުންތެރިންނަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ މާޗު މަހުގެ އެއް ވަނަ ދުވަހު އެވެ.

މޯލްޑިވްސް ޕޫލް ބިލިއަރޑް އެސޯސިއޭޝަން (އެމްޕީބީއޭ)

އިތުރަށް ކިޔާލަން

05 އެޕްރީލު 2023

އޭޝިއާ އަދި ދުނިޔޭގެ ރޭންކިން އަށް ވާދަކުރެވޭ "މޯލްޑިވްސް އޯޕަން 2023" ގެ ލޯގޯ ލޯންޗުކޮށްފިި

05 އެޕްރީލު 2023
އޭޝިއާ އަދި ދުނިޔޭގެ ރޭންކިން އަށް ވާދަކުރެވޭ "މޯލްޑިވްސް އޯޕަން 2023" ގެ ލޯގޯ ލޯންޗުކޮށްފިި
20 ނޮވެމްބަރު 2022

އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ބަލިކޮށް ސިފައިން ތަށި އުފުލާލައިފި

20 ނޮވެމްބަރު 2022
އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ބަލިކޮށް ސިފައިން ތަށި އުފުލާލައިފި
06 ނޮވެމްބަރު 2022

ފިރިހެން ސިންގަލްސް ފައިނަލްގައި ޝާޒް އާއި ސާހިލް

06 ނޮވެމްބަރު 2022
ފިރިހެން ސިންގަލްސް ފައިނަލްގައި ޝާޒް އާއި ސާހިލް
17 އޮކްޓޯބަރު 2022

ޤައުމީ ބިލިއާޑް މުބާރާތް އަންނަ މަހުގެ ތިނެއްގައި

17 އޮކްޓޯބަރު 2022
ޤައުމީ ބިލިއާޑް މުބާރާތް އަންނަ މަހުގެ ތިނެއްގައި
11 އޮކްޓޯބަރު 2022

އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި

11 އޮކްޓޯބަރު 2022
އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު