Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ބިލިއާޑް މުބާރާތް

އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ބަލިކޮށް ސިފައިން ތަށި އުފުލާލައިފި

ފައިނަލްގައި ސިފައިން އީގަލްސް ބަލިކުރީ 3-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2022 | އާދީއްތަ 03:21
ޗެމްޕިއަންކަން ހޯދި ސިފައިންގެ ޓީމު

ޗެމްޕިއަންކަން ހޯދި ސިފައިންގެ ޓީމު

އެންމެ ފަހުގެ ޗެމްޕިއަން ކުލަބް އީގަލްސް ބަލިކޮށް ޤައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.

ފައިނަލްގައި ސިފައިން އީގަލްސް ބަލިކުރީ 3-2 އިންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ސިންގަލްސް ސިފައިންގެ ވަލަރިއާނޯ ޕަޖުއައި ވަނީ 9-2 އިން އީގަލްސްގެ މުޙައްމަދު ސާހިލް ހަމީދު ބަލިކޮށްފައެވެ. ނަމަވެސް ދެ ވަނަ ސިންގަލްސްގައި އީގަލްސްގައި މިގުއެލް ސެލްވިއާ ވަނީ 2-9 އިން ސިފައިންގެ އަޙުމަދު ޝާހިދު ބަލިކޮށްފައެވެ. ތިން ވަނަ އަށް ކުޅުނު ޑަބަލްސް ޓޭބަލްގައި ސިފައިންގެ ޙުސެއިން ފަޔާޒް އަދި ޙަސަން ޝަފްރާޒްގެ ޕެއާ ވަނީ 9-7 އިން އީގަލްސްގެ އިސްމާއިލް ސުވައިދު އަދި އަޙުމަދު އަފްރާހު އިސްމާއީލްގެ ޕެއާ ބަލިކޮށްފައެވެ. ހަތަރު ވަނަ ޓެބަލްގައި ކުޅުނު ޑަބަލްސް ގައި އީގަލްސްގެ އަޙުސަން ހާޝިމް އަދި އައްބާސް ސައީދު ވަނީ 4-9 އިން ސިފައިންގެ ޢަބްދުﷲ ޢަފީފް އަދި ދުންޔާޒް މުޙައްމަދު ބަލިކޮށްފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ޓޭބަލްގައި ސިފައިން ވަނީ އީގަލްސް ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ. އެ ޓޭބަލްގައި ސިފައިންގެ މުޙައްމަދު ޝަރީފް އަދި އަލީ ޝާވިން ވަނީ 9-5 އިން އީގަލްސްގެ ޙަސަން ޝާޒް މުޙައްމަދު އަދި އިބްރާހީމް އާފީގެ މައްޗަށް ކުރި ހޯދާފައެވެ.

ފައިނަލް މެޗަށްފަހު ވަނީ ވަނަވަނަ އަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްފައެވެ. މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ލިޓަސްއެވެ. މިއީ ލިޓަސް އިން މުބާރާތުގެ ޓައިޓަލް ސްޕޮންސަރުކަން ނެގި ދެ ވަނަ ފަހަރެވެ.

މޯލްޑިވްސް ޕޫލް ބިލިއަރޑް އެސޯސިއޭޝަން (އެމްޕީބީއޭ)ލިޓަސް ޤައުމީ ބިލިއާޑް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

05 އެޕްރީލު 2023

އޭޝިއާ އަދި ދުނިޔޭގެ ރޭންކިން އަށް ވާދަކުރެވޭ "މޯލްޑިވްސް އޯޕަން 2023" ގެ ލޯގޯ ލޯންޗުކޮށްފިި

05 އެޕްރީލު 2023
އޭޝިއާ އަދި ދުނިޔޭގެ ރޭންކިން އަށް ވާދަކުރެވޭ "މޯލްޑިވްސް އޯޕަން 2023" ގެ ލޯގޯ ލޯންޗުކޮށްފިި
07 ފެބުރުއަރީ 2023

ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް އޭޕްރީލް މަހު

07 ފެބުރުއަރީ 2023
ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް އޭޕްރީލް މަހު
06 ނޮވެމްބަރު 2022

ފިރިހެން ސިންގަލްސް ފައިނަލްގައި ޝާޒް އާއި ސާހިލް

06 ނޮވެމްބަރު 2022
ފިރިހެން ސިންގަލްސް ފައިނަލްގައި ޝާޒް އާއި ސާހިލް
17 އޮކްޓޯބަރު 2022

ޤައުމީ ބިލިއާޑް މުބާރާތް އަންނަ މަހުގެ ތިނެއްގައި

17 އޮކްޓޯބަރު 2022
ޤައުމީ ބިލިއާޑް މުބާރާތް އަންނަ މަހުގެ ތިނެއްގައި
11 އޮކްޓޯބަރު 2022

އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި

11 އޮކްޓޯބަރު 2022
އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު