Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް އޯޕަން 2023

އޭޝިއާ އަދި ދުނިޔޭގެ ރޭންކިން އަށް ވާދަކުރެވޭ "މޯލްޑިވްސް އޯޕަން 2023" ގެ ލޯގޯ ލޯންޗުކޮށްފިި

މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ކުރިއަށްދާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ ބިލިއާޑުގެ ބައިނަލްއަޤުވާމީ ފުރަތަަމަ މުބާރާތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 އެޕްރީލު 2023 | ބުދަ 08:39
މޯލްޑިވްސް އޯޕަން 2023 ގެ ލޯގޯ ލޯންޗުކުރުމުގެ ތެރެއިން

މޯލްޑިވްސް އޯޕަން 2023 ގެ ލޯގޯ ލޯންޗުކުރުމުގެ ތެރެއިން

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތް ކަމަށްވާ "މޯލްޑިވްސް އޯޕަން 2023"ގެ ލޯގޯ ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ މޯލްޑިބްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ލޯގޯ ލޯންޗުކޮށްދެއްވީ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް އެވެ. މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ކުރިއަށްދާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ ބިލިއާޑުގެ ބައިނަލްއަޤުވާމީ ފުރަތަަމަ މުބާރާތެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ، ބިލިއާޑް އެސޯސިއޭޝަނުން ރާވާ މުބާރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ޔޫތު މިނިސްޓްރީ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނާއެކު މިއީ ރާއްޖޭގައި ބޭއްވޭ ބިލިއާޑުގެ ފުރަތަމަ މުބާރާތް ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި މުބާރާތަކީ މިހާރު އޭޝިއާ އަދި ދުނިޔޭގެ ރޭންކިން އަށް ވެސް ޕޮއިންޓު ލިބިގެންދާ މުބާރާތަކަށްވުމުން އުންމީދު ކުރަނީ ވީހާ ވެސް ގިނަ ކުޅުންތެރިން ބައިވެރިވާނެ ކަމަށެވެ. އެމްޕީބީއޭގެ ރައީސް އަޙްމަދު ނާސިފް ވިދާޅުވީ، ރާއްޖޭގައި ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތެއް ބޭއްވުމުގެ މަސައްކަތް ފާއިތުވި އަހަރުތަކުން ފެށިގެން ކުރަމުން އައި ކަމަށާއި، މިއަހަރު މުބާރާތް ބޭއްވެނީ ޔޫތު މިނިސްޓްރީގެ ވަރަށް ބޮޑު އެހީއަކާ އެކު ކަމަށެވެ.

ރާއްޖޭގައި ބާއްވާ މުބާރާތުން އެއް ވަނަ ހޯދާ ކުޅުންތެރިޔަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މުބާރާތުގެ ގަދަ 32 ގައި ހިމެނޭ ކުޅުންތެރިންނަށް ވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތުގައި 64 ކުޅުންތެރިން ވާދަ ކުރާނެ އެވެ. އޭގެ ތެރެއިން 16 ކުޅުންތެރިންނަކީ ރާއްޖޭގެ ކުޅުންތެރިންނެވެ. މީގެ އިތުރުން ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި ކުޅޭ 16 ކުޅުންތެރިޔަކު ވެސް ބައިވެރިވާނެ އެވެ. ބާކީ 32 ޖާގަ އެއީ އެކި އެކި ޤައުމުގެތަކުގެ މަތީ ފަންތީގެ ކުޅުންތެރިންނެވެ. މި މުބާރާތަކީ ދުނިޔޭގެ ރޭންކިންގެ އިތުރުން އޭޝިއާގެ ރޭންކިން އަށް ޕޮއިންޓު ލިބޭ މުބާރާތެވެ.

މޯލްޑިވްސް އޯޕަން 2023މޯލްޑިވްސް ޕޫލް ބިލިއަރޑް އެސޯސިއޭޝަން (އެމްޕީބީއޭ)

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2023

ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް އޭޕްރީލް މަހު

07 ފެބުރުއަރީ 2023
ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް އޭޕްރީލް މަހު
20 ނޮވެމްބަރު 2022

އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ބަލިކޮށް ސިފައިން ތަށި އުފުލާލައިފި

20 ނޮވެމްބަރު 2022
އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ބަލިކޮށް ސިފައިން ތަށި އުފުލާލައިފި
06 ނޮވެމްބަރު 2022

ފިރިހެން ސިންގަލްސް ފައިނަލްގައި ޝާޒް އާއި ސާހިލް

06 ނޮވެމްބަރު 2022
ފިރިހެން ސިންގަލްސް ފައިނަލްގައި ޝާޒް އާއި ސާހިލް
17 އޮކްޓޯބަރު 2022

ޤައުމީ ބިލިއާޑް މުބާރާތް އަންނަ މަހުގެ ތިނެއްގައި

17 އޮކްޓޯބަރު 2022
ޤައުމީ ބިލިއާޑް މުބާރާތް އަންނަ މަހުގެ ތިނެއްގައި
11 އޮކްޓޯބަރު 2022

އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި

11 އޮކްޓޯބަރު 2022
އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު