Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ބިލިއާޑް ޗެމްޕިއަންޝިޕް

ފިރިހެން ސިންގަލްސް ފައިނަލްގައި ޝާޒް އާއި ސާހިލް

ފައިނަލް މެޗުތައް ކުރިއަށް ދާނީ އާދިއްތަ ދުވަހުގެ ރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2022 | އާދީއްތަ 09:54
ޤައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން

ޤައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން

ޤައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފުރަތަމަ ޑިވިޝަންގެ ފައިނަލަށް ޙަސަން ޝާޒް މުޙައްމަދު އާއި މުޙައްމަދު ސާހިލް ހަމީދު ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލުން ޝާޒް ޖާގަ ހޯދީ ސެމީ ފައިނަލްގައި މުޙައްމަދު އަކްސަމް ވަހީދު ބަލިކޮށްގެންނެވެ. އަކްސަމްގެ މައްޗަށް ޝާޒް ކުރި ހޯދީ 9-5 އިންނެވެ. ފައިނަލުން ސާހިލް ޖާގަ ހޯދީ ލުސަސް ބްރެކްޓްގައި އަކްސަމް ބަލިކޮށްގެންނެވެ. އެއީ 9-3 އިންނެވެ.

މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ އިސްލާއީލް ޝިޔާމް އާއި ހަސަން ރަޖޭޝް މުސާއެވެ. ޝިޔާމް ފައިނަލުން ފުރުސަތު ހޯދީ އިސްމާއިލް އައްފާން ޔޫސުފް 7-4 އިން ބަލިކޮށްގެންނެވެ. އަދި ފައިނަލުން ރަޖޭޝް ޖާގަ ހޯދީ 7-6 އިން ހާމިދު ފައިސަލް ބަލިކޮށްގެންނެވެ.

އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނެ ކުޅުންތެރިން ވެސް ވަނީ ޔަގީންވެފައެވެ. މި ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ އައިޝަތު އަލީ އާއި އާމިނަތު ހަލީމްއެވެ. ފައިނަލުން އައިޝަތު އަލީ ޖާގަ ހޯދީ 5-3 އިން އާމިނަތު އަޒްރާ ބަލިކޮށްގެންނެވެ. އަދި އާމިނަތު ހަލީމް ފައިނަލުން ޖާގަ ހޯދީ 3-5 އިން ދީމާ ހަމީދުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި ތިން ޑިވިޝަންގެ ފައިނަލް މެޗުތައް ކުރިއަށްދާނީ އާދިއްތަ ދުވަހުގެ ރޭއެވެ. މިއަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރަކީ ލިޓަސްއެވެ. މިއީ ލިޓަސް އިން މުބާރާތުގެ ޓައިޓަލް ސްޕޮންސްރުކަން ނަގާ ދެ ވަނަ ފަހަރެވެ.

މޯލްޑިވްސް ޕޫލް ބިލިއަރޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގައުމީ ބިލިއާޑް މުބާރާތް

އިތުރަށް ކިޔާލަން

05 އެޕްރީލު 2023

އޭޝިއާ އަދި ދުނިޔޭގެ ރޭންކިން އަށް ވާދަކުރެވޭ "މޯލްޑިވްސް އޯޕަން 2023" ގެ ލޯގޯ ލޯންޗުކޮށްފިި

05 އެޕްރީލު 2023
އޭޝިއާ އަދި ދުނިޔޭގެ ރޭންކިން އަށް ވާދަކުރެވޭ "މޯލްޑިވްސް އޯޕަން 2023" ގެ ލޯގޯ ލޯންޗުކޮށްފިި
07 ފެބުރުއަރީ 2023

ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް އޭޕްރީލް މަހު

07 ފެބުރުއަރީ 2023
ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް އޭޕްރީލް މަހު
20 ނޮވެމްބަރު 2022

އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ބަލިކޮށް ސިފައިން ތަށި އުފުލާލައިފި

20 ނޮވެމްބަރު 2022
އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ބަލިކޮށް ސިފައިން ތަށި އުފުލާލައިފި
17 އޮކްޓޯބަރު 2022

ޤައުމީ ބިލިއާޑް މުބާރާތް އަންނަ މަހުގެ ތިނެއްގައި

17 އޮކްޓޯބަރު 2022
ޤައުމީ ބިލިއާޑް މުބާރާތް އަންނަ މަހުގެ ތިނެއްގައި
11 އޮކްޓޯބަރު 2022

އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި

11 އޮކްޓޯބަރު 2022
އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު