Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޗައިނާ ތެޔޮ އެކްސްޕޯޓް

ޗައިނާއިން މޭ މަހުން ފެށިގެން ރާއްޖެއަށް ތެޔޮ ފޮނުވަން ނިންމައިފި

މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ޗައިނާއިން ތެޔޮ އެކްސްޕޯޓްކުރުން ހިފަހައްޓާފައި އޮތުމަށްފަހު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ލިބޭ ފައިދާ އިތުރުކުރުމަށްޓަކައި މޭ މަހުން ފެށިގެން ބޭރަށް ތެޔޮ ވިއްކާ މިންވަރު އިތުރުކުރަން އެ ގައުމުން ވަނީ ނިންމާފައި. މި ނިންމުމުގެ ދަށުން ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކަށް 500،000 މެޓްރިކް ޓަނުގެ ތެޔޮ އެކްސްޕޯޓްކުރުމުގެ ހުއްދަ ސަރުކާރުގެ ކުންފުނިތަކަށް މިހާރު ވަނީ ދީފައި. މިއީ އޭޕްރިލް މަހާ އަޅާބަލާއިރު އިތުރު އަދަދެއް ނަމަވެސް، މިއީ މިދިޔަ އަހަރުގެ އެވްރެޖް މިންވަރަށްވުރެ މަދު އަދަދެއް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 30 އެޕްރީލު 2026 | ބުރާސްފަތި 09:21
ޗައިނާގެ ޒެޖިއަންގް ޕްރޮވިންސްގެ ޒޯޝަންގެ ވައިޑިއާއޯ އައިލެންޑްގެ ކައިރީގައި އޮންނަ ތެޔޮ ޓާމިނަލެއްގައި ސާފުނުކުރާ ތެޔޮ ޓޭންކަރެއް ބަނދަރު ކުރުމަށް އެހީތެރިވަމުންދާ މަންޒަރު.

ޗައިނާގެ ޒެޖިއަންގް ޕްރޮވިންސްގެ ޒޯޝަންގެ ވައިޑިއާއޯ އައިލެންޑްގެ ކައިރީގައި އޮންނަ ތެޔޮ ޓާމިނަލެއްގައި ސާފުނުކުރާ ތެޔޮ ޓޭންކަރެއް ބަނދަރު ކުރުމަށް އެހީތެރިވަމުންދާ މަންޒަރު. | ރޮއިޓާސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޗައިނާއިން ތެޔޮ އެކްސްޕޯޓްކުރުން މަޑުޖައްސާލައިފައި އޮތުމަށްފަހު، އަންނަ މޭ މަހުން ފެށިގެން އަލުން ތެޔޮ އެކްސްޕޯޓްކުރުން އިތުރުކުރުމަށާއި، ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކަށް ތެޔޮ ވިއްކަން އެ ގައުމުން ނިންމައިފި އެވެ.

ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަހަރުގެ މޭ މަހުގެ ތެރޭގައި ހޮންކޮންގް ފިޔަވައި އެހެން ސަރަހައްދުތަކަށް 500،000 މެޓްރިކް ޓަނުގެ ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ ޗައިނާ ސަރުކާރުން މިހާރު ވަނީ ދީފަ އެވެ.

ވިޔަފާރިވެރިންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ އޭޕްރިލް މަހަށް ލަފާކުރި މިންވަރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ އެވްރެޖް މިންވަރާ އަޅާބަލާއިރު ދެބައިކުޅަ އެއްބަޔަށްވުރެ ވެސް މަދު އަދަދެކެވެ. ކެޕްލާ ޝިޕްޓްރެކިންގްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ޗައިނާއިން ވަނީ ހޮންކޮންގް ފިޔަވައި އެހެން ސަރަހައްދުތަކަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 1.6 މިލިއަން ޓަނުގެ ޕެޓްރޯލާއި، ޑީސަލް އަދި ޖެޓް ފިއުލް އެކްސްޕޯޓް ކޮށްފަ އެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން، ސާފުނުކުރާ ތެލާއި ތެލުގެ އުފެއްދުންތައް ލިބުމަށް ކުރިމަތިވެދާނެ ހުރަސްތަކުން ޗައިނާގެ ބާޒާރު ރައްކާތެރިކުރުމަށްޓަކައި، ބެއިޖިންގް އިން ވަނީ މާޗް މަހުން ފެށިގެން ތެޔޮ އެކްސްޕޯޓް ކުރުން ވަރަށް ބޮޑަށް ހިފަހައްޓާފަ އެވެ. ނަމަވެސް މިކަމުގެ ސީދާ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނި ގޮތުގައި، މޭ މަހުގެ ތެރޭގައި ޗައިނާއިން ތެޔޮ ފޮނުވާނެ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއުޒީލޭންޑް އަދި ސްރީލަންކާ ހިމެނެ އެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި، އެކްސްޕޯޓް ކުރާ މިންވަރު ކުޑަކޮށް އިތުރުކުރަން ނިންމީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައިވާއިރު، ލިބޭ ބޮޑު ފައިދާ ހޯދުމަށްޓަކައި ބޭރަށް ތެޔޮ ވިއްކުން އަލުން ފެށުމަށް ޗައިނާގެ ދައުލަތުގެ ތެޔޮ ކުންފުނިތަކުން ބާރުއެޅުމާ ގުޅިގެންނެވެ. ސާފުނުކުރާ ތެލުގެ އަގު އުފުލިފައިވީ ނަމަވެސް، ޗައިނާގެ އެތެރޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގުތައް ދަށްކޮށް ހުރުމުން، އެ ގައުމުގެ ރިފައިނަރީތަކަށް ލިބޭ ފައިދާ ވަނީ ކުޑަވެފަ އެވެ. މިގޮތުން ވޭތުވެދިޔަ ހަފުތާގައި ޗައިނާގެ އެކްސްޕޯޓަރުންނަށް ޕެޓްރޯލާއި ޑީސަލް އެކްސްޕޯޓްކޮށްގެން ޓަނަކަށް އެވްރެޖްކޮށް 2،000 ޔުއާން އާއި 4،000 ޔުއާންއާ ދެމެދުގެ ފައިދާއެއް ލިބިފައިވެ އެވެ.

އިތުރު މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، ހުއްދަ ދީފައިވާ 500،000 ޓަނުގެ ތެލުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މިންވަރު ކަނޑައަޅާފައިވަނީ އެ ގައުމުގެ އެންމެ ބޮޑު ރިފައިނަރީ ކަމަށްވާ ސިނޯޕެކް އަށެވެ. މީގެ އިތުރުން ޕެޓްރޯޗައިނާ އަށް 150،000 ޓަނު އަދި ސީ.އެން.އޯ.އޯ.ސީ އަށް 40،000 ޓަނުގެ ތެޔޮ ބޭރަށް ފޮނުވުމުގެ ހުއްދަ ވަނީ ދީފަ އެވެ. އަދި އެކްސްޕޯޓް ކުރާ ތެލުގެ ޖުމްލަ މިންވަރުގެ މަދުވެގެން 40 އިންސައްތަ ހިއްސާކުރާނީ ޑީސަލާއި ޖެޓް ފިއުލް ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

މިކަމާ ގުޅޭގޮތުން ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަނާއި މިނިސްޓްރީ އޮފް ކޮމާސް އިން ރަސްމީކޮށް ވަގުތުން އެއްޗެއް ބުނެފައެއް ނުވެ އެވެ. މި މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ވާހަކަދައްކާފައިވަނީ މީޑިއާއަށް މައުލޫމާތު ދިނުމުގެ ހުއްދަ ރަސްމީކޮށް ލިބިފައި ނުވާތީ ނަން ހާމަނުކުރުމަށް ޝަރުތުކޮށެވެ. އޭޕްރިލް 29 އާ ހަމައަށް އޭޝިއާގެ ބާޒާރުގައި ޑީސަލް ފީފާއަކުން 55 ޑޮލަރުގެ ފައިދާއެއް ލިބެމުންދާއިރު، ޖެޓް ފިއުލް ފީފާއަކުން 62 ޑޮލަރު އަދި ޕެޓްރޯލް ފީފާއަކުން 15 ޑޮލަރުގެ ފައިދާއެއް ލިބެމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޗައިނާހޮންގްކޮންގްހޮރްމޫޒް ކަނޑުއޮޅިސިނޯޕެކްދިވެހިރާއްޖެ - މެލޭޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން ބޭނުން ވަނީ ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލައިގެން ދުވާލަކު 500 މިލިއަން ޑޮލަރު ހޯދަން: ޓްރަމްޕް

އީރާން އިން ބޭނުން ވަނީ ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލައިގެން ދުވާލަކު 500 މިލިއަން ޑޮލަރު ހޯދަން: ޓްރަމްޕް

22 އެޕްރީލު 2026
އީރާންގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފެހެއްޓުމުން ޗައިނާ އިން ކަންބޮޑުވުން ފާޅުކޮށްފި

އީރާންގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފެހެއްޓުމުން ޗައިނާ އިން ކަންބޮޑުވުން ފާޅުކޮށްފި

20 އެޕްރީލު 2026
އީރާނުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއް އެމެރިކާގެ ބާރުގެ ދަށަށް ގެނައި ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެ

އީރާނުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއް އެމެރިކާގެ ބާރުގެ ދަށަށް ގެނައި ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެ

20 އެޕްރީލު 2026
އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ

އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ

18 އެޕްރީލު 2026
ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން

ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން

18 އެޕްރީލު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު