Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންސްޕާ ސީއީއޯ

އެންސްޕާގެ ސީއީއޯގެ މަގާމަށް ޝިރުނާ އައްޔަންކޮށްފި

4 މެއި 2026 | ހޯމަ 14:13

އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން. ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލާއެކު އެންސްޕާ މިހާރު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާއިރު، އާ ސީއީއޯ ޝިރުނާއަކީ މީގެ ކުރިން ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް. އެގޮތުން އޭނާ ވަނީ ނަރުހެއްގެ ގޮތުގައި 23 އަހަރު ހޭދަކުރައްވައި، އައިޖީއެމްއެޗްގެ އިސް މަގާމުތަކެއްވެސް ފުރުއްވާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 4 މެއި 2026 | ހޯމަ 14:13
އެންސްޕާގެ ސީއީއޯގެ މަގާމަށް އައްޔަންކުރި އާމިނަތު ޝިރުނާ

އެންސްޕާގެ ސީއީއޯގެ މަގާމަށް އައްޔަންކުރި އާމިނަތު ޝިރުނާ | ސޯޝަލް މީޑިއާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު ޝިރުނާ ހޯމަ ދުވަހު އައްޔަންކުރައްވައިފި އެވެ. 

ޝިރުނާ މި މަގާމަށް އައްޔަންކުރެއްވިކަން ހާމަކޮށް، ހެލްތު މިނިސްޓްރީން ވަނީ އޭނާ އަށް މަރުހަބާ ދަންނަވައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ.

Advertisement - newsAdvertisement

އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ހީނާ އާ މަގާމަކަށް ބަދަލުކުރެއްވި ދުވަހުން ފެށިގެން، އެންސްޕާގެ އެންމެ އިސް މަގާމު އޮތީ ހުސްކޮށެވެ.

އެންސްޕާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިރުނާ ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ދަމަނަވެށީގެ އިތުރުން ބްލަޑް ބޭންކުގެ ކަންކަން ބެލެހެއްޓެވުމުގެ އިސްވެރިއެއްގެ ގޮތުގަ އެވެ. މި ސަރުކާރުގެ ކުރީކޮޅު، 13 ޑިސެމްބަރު 2023 ގައި ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވުމަށްފަހު، އެންމެ ފުރަތަމަ އޭނާއާ ހަވާލުކުރެއްވީ މޯލްޑިވިއަން ބްލަޑް ސާވިސަސް ނުވަތަ ތެލެސީމިއާ ސެންޓަރުގެ ކަންކަން ބެލެހެއްޓެވުމަށެވެ.

ނަމަވެސް، ތެލެސީމިއާ ސެންޓަރުގެ ހިންގުމުގެ ތެރެއިން ބަލިމީހުންނަށް ބޭނުންވާ ބޭހާއި ފަރުވާގެ ކަންކަމުގައި ދަތިތަކެއް ކުރިމަތިވެ، އެ މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން ޝިރުނާއަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވިއެވެ. އެ ދުވަސްވަރު ބައެއް އާއިލާތަކުން ވަނީ ތެލެސީމިއާ ސެންޓަރު ތެރޭގައި މުޒާހަރާކޮށް، ޝިރުނާގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ. އެއަށްފަހު، އިދާރީ ބަދަލުތަކެއްގެ ތެރެއިން ތެލެސީމިއާ ސެންޓަރުގެ ޒިންމާތަކުން އޭނާ ވަނީ ދުރުކޮށްފަ އެވެ.

ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތުމުގެ ކުރިން ޝިރުނާއަކީ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ނަރުހެއްގެ ގޮތުގައި 23 އަހަރު ހިދުމަތް ކުރައްވާފައިވާއިރު، އައިޖީއެމްއެޗްގެ ނާސިން ޑިޕާޓްމަންޓުގެ އިސް މަގާމުތަކެއް ވެސް އޭނާ ވަނީ ފުރުއްވާފަ އެވެ.

އެންސްޕާއާމިނަތު ޝިރުނާހެލްތް މިނިސްޓްރީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 އެޕްރީލު 2026

ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ

22 އެޕްރީލު 2026
ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ
19 އެޕްރީލު 2026

ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް

19 އެޕްރީލު 2026
ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް
09 އެޕްރީލު 2026

ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވި މައްސަލައިގައި ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ، އެއީ މީޑިއާގައި ދައްކަން ޖެހޭ ވާހަކައެއް ނޫންކަމަށް!

09 އެޕްރީލު 2026
ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވި މައްސަލައިގައި ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ، އެއީ މީޑިއާގައި ދައްކަން ޖެހޭ ވާހަކައެއް ނޫންކަމަށް!
01 އެޕްރީލު 2026

އިންތިޚާބާ ދިމާކޮށް، އައްޑޫ ސިޓީގެ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

01 އެޕްރީލު 2026
އިންތިޚާބާ ދިމާކޮށް، އައްޑޫ ސިޓީގެ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި
27 މާރިޗު 2026

ތުއްތު އަޒާންގެ ފަރުވާއަށް އިހުމާލުވީ ސަރުކާރުގެ ބޮޑެތި މުސާރަވެރިން، އިސްތިއުފާގެ އަޑުގަދަވެއްޖެ!

27 މާރިޗު 2026
ތުއްތު އަޒާންގެ ފަރުވާއަށް އިހުމާލުވީ ސަރުކާރުގެ ބޮޑެތި މުސާރަވެރިން، އިސްތިއުފާގެ އަޑުގަދަވެއްޖެ!
27 މާރިޗު 2026

އިހުމާލުގެ ސަބަބުން އަޒާން ނިޔާވި މައްސަލަ ތަހުގީގުކޮށް، ތަހުގީގު އާއްމުކުރުމަށް އެމްޑީޕީ އިން ގޮވާލައިފި

27 މާރިޗު 2026
އިހުމާލުގެ ސަބަބުން އަޒާން ނިޔާވި މައްސަލަ ތަހުގީގުކޮށް، ތަހުގީގު އާއްމުކުރުމަށް އެމްޑީޕީ އިން ގޮވާލައިފި
26 މާރިޗު 2026

އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި

26 މާރިޗު 2026
އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި
25 މާރިޗު 2026

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

25 މާރިޗު 2026
ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ
07 ޖެނުއަރީ 2026

މި ސަރުކާރުން ގެންނަ 800 ބޭހަށް ވުރެ ކުރިން ގެންނަ 200 ބޭސް މާ ރަނގަޅެވެ

07 ޖެނުއަރީ 2026
މި ސަރުކާރުން ގެންނަ 800 ބޭހަށް ވުރެ ކުރިން ގެންނަ 200 ބޭސް މާ ރަނގަޅެވެ
05 ޖެނުއަރީ 2026

ޅެމުން ފަރުވާ ދެނީ ކޮންކޮން ބަލިތަކަކަށްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަކަށް ނޭނގޭ ކަމަށް

05 ޖެނުއަރީ 2026
ޅެމުން ފަރުވާ ދެނީ ކޮންކޮން ބަލިތަކަކަށްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަކަށް ނޭނގޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް